ދިގު ވާހަކަ: އަލިފާން ކޮކާ

ދިގު ވާހަކަ: އަލިފާން ކޮކާ

(ހަ ވަނަ ބަޔާ ގުޅޭ)

ހީވީ ރަނގަޅަށެވެ. އަހަރެންގެ ލެޕްޓޮޕް ނަގައި ދޮންބެގެ އަތުކޮޅަށް، ފާރާ ދިމާއަށް ހޫރައިލީ އެވެ. އެއާއެކު ލެޕްޓޮޕް އެކުގައި ކުދިކުދިވީ އެވެ. އެކި އެތި އެކިތަނަށް ބުރައިގެން ދިޔައީ އެވެ. އެ އަޑަށް ދޮންބެދައްތަ ވެސް ހުއްޓުނެވެ. އޭނާ ވެސް ދެ ލޯ ބޮޑުވި އެވެ. އަހަންނަށް ވެސް ވީ އެވަރެވެ. ގަދަކަމުން ކަހަލަ ގޮތަކަށް އަހަންނަށް ހިންދިރުވާލެވުނެވެ. ފެނުނު މަންޒަރާއެކު މުޅި މީހާ ހުއްޓުން އެރީ އެވެ. ހިތުގައި ޖެހުނީ އެވެ.

މާދަމާއަށް ސުންގަޑި ހަމަވުމަށް އޮތް އެސައިންމަންޓް އޮންނާނީ ގާތްގަނޑަކަށް ނިމިފަ އެވެ. ޖެހިގެން އޮތް ހަފުތާއަށް ސުންގަޑި ހަމަވުމަށް އޮތް ހުށަހެޅުން އޮންނާނީ ދެ ދުވަހެއްވަރު ކުރިން ނިންމާފަ އެވެ. އެ ހުރިހާ އެއްޗެއް އެ ގެއްލުނީ އެވެ. ކޯހުގައި ކުރި ހުރިހާ މަސައްކަތެއް އެއާއެކު ގެއްލުނީ އެވެ. އެހެން އެއްވެސް ތަނަކަށް އަހަރެން އެ ސާމާނު ރައްކާ ނުކުރަމެވެ. އެހެންވެ މޮޅިވެރިކަން ވަށައިލި އެވެ. ދެން އެ ތަކެތި އަލުން އިއާދަކުރެވޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތުމުންނެވެ. ލެޕްޓޮޕްގެ ހުރިހާ ބައިތަކެއް އެ ހުރީ ކުދިކުދި ވެފަ އެވެ.

އެކަންކަން ހަނދާނަށް ތިލަވުމުން އަހަންނަށް ބޭއިހުތިޔާރުގައި ފެންކަޅިވެވުނެވެ. އެ ކަން ދޮންބެ ދައްތައަށް ރަނގަޅަށް އެނގުނެވެ.

އޭނާ ގިސްލަން ފެށީ އެހައި ހިސާބުންނެވެ. އަހަރެން ދެ ލޯ ފޮހެލީމެވެ.

"ކޮއްކޯ!" ދޮންބެ ދައްތަގެ އަޑު އިވުމުން ބަލައިލެވުނެވެ.

އޭނާ ހުރީ އަހަރެންގެ ގާތުގަ އެވެ.

"މި ކަހަލަ ކިތައް ކަންތަކާ ކޮއްކޮމެން ކުރިމަތި ލައިފިން. އެކަމަކު މި ވަރަށް ދިޔައީމަ ދެން ކިހިނެއް ކެތްކުރާނީ." ދޮންބެދައްތަ ބުނެލި އެވެ.

"އިރާދަކުރެއްވިއްޔާ އަހަންނަށް ކެތް ކުރެވޭނެ. ކެތްތެރިވެވޭނެ." އަހަރެން އަޒުމާއެކު ބުނެލީމެވެ.

"އާދޭސްކޮށްފަ ބުނަން އަހަރުމެން ރަށަށް ފޮނުވައިދީ." ދޮންބެދައްތަ ތިރިވެލީ އަހަރެންގެ ފައިބުޑަށެވެ.

އަހަންނަށް އެ މަންޒަރު ބަލަން ކެތެއް ނުކުރެވުނެވެ. އެހެންވެ އޭނާގެ ކޮނޑުގައި ހިފައި މަޑުމަޑުން ހިއްލައިލީމެވެ.

"އަދި އަހަރެންގެ ދެ ފައިގަ ހިފައި ހިސާބަކަށް ކަމެއް ނުދޭ." ގަދަކަމުން ހިނިތުންވުމެއް މޫނުގައި ކުރަހައިލެވޭތޯ ބެލީމެވެ.

"އެކަމަކު މި ކަންކަމަށް އަހަންނަށް ކެތެއް ނުކުރެވޭނެ." ދޮންބެދައްތަ ގިސްލަން ފެށި އެވެ.

"އަހަރެން އެއްޗެކޭ ނުބުނަމެއްނު. ޝަކުވާއެއް ނުކުރަމެއްނު. މިއީ މިއަދު އަހަރެންގެ ޒިންމާއެއް ނޫންތަ؟ ވާޖިބެއް ނޫންތަ؟ ދޮންބެ ހާލުގައި ޖެހުނު ދުވަހު އަހަރެންވީ ދޮންބެއާއި ދޮންބެދައްތަ ބިކަކޮށްލާ އެއްލައިލަންތަ؟" އަހަރެން ލޮލަށް ކަރުނަތައް ގިނަވަމުން ދިޔަ އެވެ.

އަހަރެންގެ އަޑުން ވެސް އެކަން ފާޅުވަމުން ދިޔަ އެވެ. އަޑު މަޑުމަޑުން ކުރެހެމުން ދިޔަ އެވެ.

"ބުނެބަލަ! އަހަރެން އަހަރެންނަށް ހަދައިދިނީ އެ ދޮންބެއެއް ނޫންތަ؟ އަހަންނަށް އަމިއްލަ ފައި މައްޗަށް ތެދުވާނެ ހިތްވަރު ހޯދައިދިނީ ތިޔަ ދެ މަފިރިންނެއް ނޫންތަ؟ އެކަން އަހަންނަށް އެނގެޔޭ. ވަރަ ފަޅައި އުދުއްސައިގަނެވުނީމަ ކާންދިން މީހާގެ އަތުގައި ދަތްއެޅީމަ އަހަންނެކޭ އެހެން ޖަނަވާރުންނެކޭ ތަފާތެއް އެބަ އޮތްތަ؟" ލަސްލަހުން އަހަރެން ބުނެލީމެވެ.

"ކޮއްކޯ!" ދޮންބެދައްތަ އަހަރެންގެ ދެ އަތުގައި ހިފި އެވެ.

"ޕްލީޒް ދޮންބެދައްތާ! ތި ނޫން ކަމަކަށް އެދޭ. އަހަރެން ހިތުން ރުހުމުން އެކަމެއް ކޮށްދޭނަން."

"ކޮއްކޯ! އަހަރެން ދެރަވަނީ އަގުބޮޑެތި ތަކެއްޗަށް ދޮންބެ އެހަދައިލާ ގޮތުން. މިއަދު އެ ހަލާކުކޮށްލީ ދެ މަސް ވެސް ނުވެ އޮތް މުޅީން އާ ލެޕެއް. ކުރިން ދުވަހު ފުނޑުފުނޑު ކޮށްލީ އާމިރާ އެ ދުވަހު ގަނެގެން ގެނައި އެހާ އަގުބޮޑު ފޯނު." ދޮންބެދައްތައަށް ގިސްލެވެން ފެށުނެވެ.

އަހަންނަށް ހިންދިރުވާލެވުނެވެ. އެއީ ކުރިން އަހަންނަށް ނޭނގި އޮތް ކަމެކެވެ. އާމިރާ ވެސް އެ ވާހަކަ އަހަރެން ގާތަކު ނުބުނެ އެވެ. އެކަހަލަ ވާހަކައެއް ނުވެސް ދައްކަ އެވެ.

"އާމިރާގެ ފޯނ.." އަހަންނަށް އެހައި ހިސާބަށް ބުނެލެވުނެވެ.

"އާނ! އާމިރާ ކުރިން ދުވަހު ގަނެގެން ގެނައި ފޯނެއް. އަހަންނަށް ދައްކައިލަން ހުއްޓާ ދޮންބެއަށް ފެނިގެން ބަލައިލަން ދޭށޭ ކިޔާން ހެދީމަ އާމިރާ ދިނީ. ދިން އިރަށް ވަރަށް ލޯބިން އެއަށް ބަލަން ހުރެފަ ގައިގަ ހުރި ބާރެއް ލައިފަ ފާރާ ދިމާއަށް ހޫރައިލީ. އެހައި ހިސާބުން އޭގެ ދުވަސް ދިޔައީ." ދޮންބެދައްތަ އޮޅުންފިލުވައިދިނެވެ.

"އެހެންތަ؟ އާމި ނުވެސް ބުނޭ."

"އަހަންނަށް ފެނުނު އާމިރާއަށް އައި ބަދަލު. އޭނާ ހިތުގައި ޖެހުނު މިންވަރު. އޭނާ ވެސް ކެތްކޮށްލައިގެން އެކަން ދިރުވާލައިގެން ހުރީ."

"އެހެންވީމަ އެއީ މައްސަލައެއް ނޫނެއްނު. މައްސަލައަކަށްވާނީ އާމި ވެސް އެކަން ބޮޑުކޮށްގެން އެކަމާ އުޅުނު ނަމައެއްނޫންތަ؟"

"އެކަމަކު މި ހުރިހާ ކަމެއް ބޮލަށް ލައިގެން. ވާކަންކަން ނުވާ ކަމަށް ހަދައިގެން ކިހިނެއް އަހަރެން މިހެން އުޅޭނީ. މި ހުރިހާ މަންޒަރެއް މިފެންނަނީ އަހަންނަށް. ދެން މާދަމާ އޭނާ ކޮށްލާނީ ކޮންކަމެއް ކަމެއް، އޭނާ ހަދާނީ ކިހިނެއް ކަމެއް އެކަކަށް ވެސް ބުނާކަށް ނޭނގޭ. ހުރިހާ ގެއްލުމެއް މި ލިބެނީ ކޮއްކޮމެންނަށް."

"ދޮންބެދައްތަ ދެން މި ކަންކަމާ ނުވިސްނާ. އެއްވެސް ކަމެއް ގޯސްކޮށް ނުވާނެ ކަމަށް ވިސްނަމާ. އިރާދަކުރެއްވިއްޔާ އަދި ދޮންބެ ނޯމަލް މީހަކަށްވާނެ. ޑޮކުޓަރު ވެސް ބުންޏެއްނު އުއްމީދު ކަނޑައިނުލާށޭ. ހަނދާންތައް ރިކަވަރވެ ހަމައަކަށް އެޅެން ވަގުތުކޮޅެއް ނަގާނޭ."

އެތައް ވާހަކައެއް ދެއްކުމުން ދޮންބެދައްތަގެ ޚިޔާލުތައް ބަދަލުވިހެން ހީވި އެވެ. ހިތައި ދެކޮޅަށް ނަމަވެސް އޭނާ ކޮޓަރިއަށް ދިޔައީ އަހަރެން ބުނީތީ އަހަރެންގެ ވާހަކަތައް ގަބޫލުކޮށްގެންނެވެ. އަމިއްލަ ސިކުނޑިއަށް ވިސްނައިދީގެންނެވެ.

އެ ދުވަހުގެ ރެޔެ އެވެ. އޮފީހުގެ މަސައްކަތެއްގައި ވަރަށް އަވަދި ނެތި އުޅެނިކޮށް އާމިރާ ގުޅި އެވެ. ގެއަށް ނުގޮސް ލަސްވާތީ އެވެ.

"ނުނިމި ހުރި ލައްކަ މަސައްކަތް އެބަހުރި. އެބަ ޖެހޭ މިކަންކަން ނިންމަން މާދަމާ ބޯޑު މީޓިންއަށްދާންވާ އިރަށް. ހީވަނީ ދަންކޮށްލައިފަހެން ދެވޭ ވަރުވާނީ." ފޯނު ކަންފަތުގައި ޖައްސައިގެން ފައިލަތައް ހާވަމުން ބުނެލީމެވެ.

"ވަރަށް ނިދި އައިސްގެން. ނިދައިލަނީ އިނގޭ." އާމިރާ ބުނެލި އެވެ.

"ކޮބާ ދޮންބެމެން؟"

"ވަރަށް އަވަހަށް ނިދައިފިހެން ހީވަނީ. ދޮންބެދައްތަ އެކަހަލަ އެއްޗެއް ބުނި."

"އެހެންވީމަ ނިދައިލާ! ހަނދާން ނެތިގެން ރޫމު ކީ ނުލައި މިއާދެވުނީ. ލޮކް ނުކޮށް ބަހައްޓާ."

"ބޭރު ދޮރު؟" އާމިރާ އަހައިލި އެވެ.

"އެބައޮތް."

"ކިހާ އިރަކު އާދެވޭނީ؟"

"ހީވަނީ ވަން ހާއިރުހެން."

ފޯނު ބޭއްވުމަށްފަހު ގަޑި ބަލައިލީމެވެ. އޭރު ބާރަ ޖަހަން އުޅެނީ އެވެ. އަތްމަތި އަވަސްކޮށްލައި މަސައްކަތްތައް ކުޑައަޑި ކޮށްލެވޭތޯ އުޅުނީމެވެ. އަހަންނާ އެކު ސެކުޝަންގެ ދެ ކުއްޖަކު ވެސް މަސައްކަތުގައި އަވަދި ނެތި އުޅުނެވެ.

އަހަންނަކީ ސުން ސިކުންތަށް މަސައްކަތް ބަހައްޓާ މީހެއް ނޫނެވެ. ނަމަވެސް، މިއަދުގެ ހާދިސާގެ ސަބަބުން މި މަސައްކަތް މި ވަގުތު ނުކޮށް ވާކަށް ވެސް ނެތެވެ. މިއީ ކުރިން ނިންމައިފަ އޮތް މަސައްކަތެކެވެ. ގޭގައި އިނދެގެން ފުރިހަމަ ކުރި މަސައްކަތެކެވެ. ނަމެވެސް ލެޕްޓޮޕް ފުނޑުނު ހާދިސާއާއި މި މަސައްކަތާ ގުޅުންވަން އަހަރެން ބޭނުން ނުވީ އެވެ. ދޮންބެއަށް ބަދުނާމެއް އެޅޭނެ ގޮތަށް އެކަން ކުރާން އަހަރެން ހިތް ނޭދުނީ އެވެ. އެހެންވެ މި ހުރިހާ ކަމެއްގައި އަމިއްލަ ނަފުސު ބަދުނާމަށް ހުށަހަޅައިގެން ވިޔަސް އަހަރެން ބޭނުންވަނީ ގަޑި ޖެހުމުގެ ކުރީން މިކަންތައް ފުރިހަމަ ކުރާށެވެ.

ހިތްވަރާއެކު ކުރެވުނު ބުރަ މަސައްކަތުން އަމާޒަށް ވާސިލުވެވުނެވެ. އޭރު ގަޑިން މެންދަމުން އަލިވެ އެކެއް ޖަހައި ބޮޑު ވެއްޖެ އެވެ. ވަރުބަލި ކަންމަތީ ހުރެ ގެއަށް އައިސް ވަނީމެވެ. ގޭތެރެއަށް ނަޒަރު ހިންގައިލެވުނެވެ. އެއްވެސް އާދަޔާޚިލާފުކަމެއް ފާހަގައެއް ނުކުރެވެ އެވެ. މުޅި ގޭތެރެ ވަނީ ނިދައި މަރުވެފަ އެވެ.

ކޮޓަރިއާ ދިމާއަށް މިސްރާބު ޖެހުނެވެ. ލޮލުގައި އަޅައިގަތީ ހުޅުވިފައިވާ ކޮޓަރީގެ ދޮރެވެ. އާމިރާއަކީ ކޮޓަރީގެ ދޮރު ހުޅުވައި މާބިއްކޮށްގެން ނިދާނެ މީހެއް ނޫންކަން އަހަންނަށް ޔަގީންކުރެވުނެވެ. ކޮންމެވެސް ގޯހެއް އުޅެނީ ކަމަށް ހިތްބުނެލި އެވެ. ހިތުގައި ސުވާލުތައް އެކި ގޮތްގޮތަށް އުކެމުން ދިޔަ އެވެ. މަޑުމަޑުން ފަރުވާތެރިކަމާއެކު އަހަރެން ކޮޓަރިއާދިމާއަށް ހިނގައިގަތީމެވެ. ދޮރު ހުޅުވިފައިވާ ތަނަށް ރަނގަޅަށް ބަލައިލެވުނެވެ. އެއާއެކު ދެ ލޯ ބޮޑުވެގެން ދިޔަ އެވެ.

(ނުނިމޭ)

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox