ދިގު ވާހަކަ: އަލިފާން ކޮކާ

ދިގު ވާހަކަ: އަލިފާން ކޮކާ

(ފަސް ވަނަ ބަޔާ ގުޅޭ)

އެ މޮޅިވެރިކަމާއި ނުތަނަވަސްކަމުގެ ފަރުދާގެ ކެހިގެން ދިޔައީ އަހަރެންގެ މޫނަށެވެ. އަހަރެންގެ ދިރިއުޅުމަށެވެ. ހުރިހާ ކަމެއް ބަދަލުވެގެން ދިޔައީ އަހަރެން ހީކުރި ގޮތަކަށް ނޫނެވެ. އަހަރުމެން އުއްމީދު ކުރި ގޮތަކަށް ވެސް ނޫނެވެ.

ދޮންބެގެ ސިކުނޑިއަށް ލިބުނު ގެއްލުމުގެ ސަބަބުން ހަނދާންތައް އެކުގައި ގެއްލިގެންދިޔައީ އެވެ. ކުޑަ ކުއްޖެއްގެ ދަރަޖައަށް ދޮންބެގެ ހާލަތު ވެއްޓިގެން ދިޔައީ އެވެ. އެއީ ބައެއް ފަހަރު ވަރަށް ހޭޖެހޭ ވާހަކަ ދައްކާ މީހެކެވެ. އަނެއްބައި ފަހަރު ބުއްދި ހަމަ ނުޖެހޭ މީހެކެވެ. ބައެއް ފަހަރު އަމިއްލަ ކަންކަން ކުރާން ޖެހެނީ ވެސް އެހެންމީހުންނަށެވެ. ބަލައިބެލުމަށް އެއްވެސް އުނިކަމެއް ނެތެވެ. އައިބެއް ނުފެނެ އެވެ.

Advertisement

އެހެންވެ ދޮންބެ ބެލަހައްޓަން ހާއްސަވެ މީހަކަށް ހުންނަން މަޖުބޫރުވީ އެވެ. ދޮންބެދައްތައަށް އެކަނި އެކަން ނުކުރެވޭ ވަރުވުމުން އަހަންނަށް ވެސް މަޖުބޫރުވާންފެށީ ދޮންބެއަށް އެހީތެރިވުމަށް ގިނަ ދުވަސްދުވަހު ގޭގައި މަޑުކުރާށެވެ. ވަޒީފާއަށް ނުދެވޭ ދުވަސްތައް ގިނަވާން ފެށި އެވެ. ކޮންމެ ހާލެއްގައި ވެސް އަހަރެން ކޯސް ނިންމޭތޯ މަސައްކަތް ކުރާން ފެށީމެވެ.

"ކޮއްކޯ!" ދޮންބެދައްތަ މާޔޫސް ރާގެއްގައި ބުނެލި އެވެ.

"ކިހިނެއްވީ ދޮންބެދައްތާ؟" އެސައިންމަންޓެއް ހަދަން ލެޕުޓޮޕަށް ގެއްލިފައި އިން އަހަންނަށް ދޮންބެދައްތަގެ އަޑު ޖެހުމާއެކު ބަލައިލެވުނެވެ.

"ދޮންބެދައްތަ ވަރަށް ވިސްނައިފިން." ދޮންބެދައްތަ ވަރަށް އަސަރާއެކު ބުނެލި އެވެ.

"ކޮންކަމެއް؟" އަހަންނަށް މަޖުބޫރުވީ ދޮންބެދައްތަގެ ވާހަކައަށް ސަމާލުކަން ދޭށެވެ.

"ދެން ދޮންބެމެން އެކޮޅަށް، މި ބުނީ ރަށަށް ފޮނުވާލަންވީނުއްހޭ." ދޮންބެދައްތަ ފެންކަޅިވި މަންޒަރު އަހަންނަށް ފެނުނެވެ.

"ކިހިނެއްވީ؟ އަހަރުމެންނަށް ކަމެއް ގޯސްކޮށް ކުރެވެނީތަ؟" އަހަންނަށް އަހައިލެވުނެވެ.

"ނޫން. ނޫން އެއްގޮތަކަށް ވެސް އެހެންނެއް ނޫން." ދޮންބެދައްތަ އަވަސްއަވަހަށް ބުނެލި އެވެ.

"ދެން؟" އަހަރެންގެ ހިތުގައި ސުވާލުތައް އެކި ގޮތްގޮތަށް އެނބުރެން ފެށި އެވެ.

"މި ދޮންބެދައްތަ ރުޅި އައިސްގެން، ހިތްހަމަ ނުޖެހިގެން ބުނާ ވާހަކައެއް ނޫން. މިއީ ހަމަ ކޮއްކޮމެންނަށް ހެޔޮ އެދޭތީ ދޮންބެދައްތަ ބުނާ ވާހަކައެއް." ދޮންބެދައްތަ ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ.

"ކޮބާ އަސްލު މައްސަލައަކީ؟" އަހަންނަށް ނުވިސްނުނީ ދޮންބެދައްތަ ބުނާން އުޅުނު ވާހަކަ އެވެ.

"މިހާރު އާމިރާގެ މަސައްކަތަށް ވެސް އަހަންނަށް އެހީއެއް ވެވެނީއެއް ނޫން. އޭނާ ވެސް އެކަނިމާ އެކަނި ހުރިހާ ކަމެއް އެ ކުރަނީ. ދޮންބެ ގޮވައިގެން އިންޑިޔާއިން އައި ފަހުން ވެސް މިހާރު ދެ މަސްވަރު މިވީ. ކޮއްކޮމެންގެ އަތުން ވެސް ކިހާ ބޮޑު ހަރަދެއް މިދަނީ ވެސް. އަހަރުމެންނަށް ޓަކައި މި ވަރުގެ ބޮޑު ތަކުލީފެއް އުފުލަމުން ކޮއްކޮމެންގެ ކަންކަން ކުރާން އުނދަގޫވާނެ." ދޮންބެދައްތަ ފެންކަޅިވި އެވެ.

"ދޮންބެދައްތާ!" އަހަންނަށް އަޑުއަހަން ފަސޭހައެއް ނުވި އެވެ.

"ކޮއްކޯ! މިކަމަށް އާނއެކޭ ބުނޭ." ދޮންބެދައްތަ ކުރިއަށް ޖެހިލި އެވެ.

"އަހަންނަށް އުނދަގުލެއް ނޫނޭ. އެއްވެސް ތަކުލީފެއް ނުޖެހެޔޭ. ދޮންބެ ކަންތައް މި ކުރަނީ ކުރާހިތުން. ކޮށްދޭ ހިތުން. އެއީ އަހަންނަށް އުނދަގުލެއް ނޫނޭ. އެއީ އަހަރެންގެ ޒިންމާއެކޭ." އަހަންނަށް ތެދުވެވުނެވެ.

މަޑުމަޑުން ދޮންބެދައްތައާ ކައިރިވެލީމެވެ. އޭނާގެ ކޮނޑުގައި އަތްބާއްވާލީމެވެ. އެއަށްފަހު އޭނާގެ ދަތްދޮޅީގައި ކަނާއަތުގެ ޝަހާދަތް އިނގިލީގެ ކުރި ޖައްސައިލަމުން ހިއްލައިލީމެވެ.

ކަރުނުން ބަރުވެފައިވާ ދެ ލޮލަށް އަހަންނަށް ބަލައިލެވުނެވެ. މާޔޫސްކަމާއެކު އޭނާ ވެސް އަހަރެންގެ ލޮލަށް ބަލައިލި އެވެ. އެއާއެކު އަހަރުމެންގެ ހަތަރު ކަޅި ހަމަވި އެވެ. ކުއްލިއަކަށް އަހަންނަށް ދުރަށް ޖެހިލެވުނެވެ. އަޑެއް އިވުމުންނެވެ.

"ވާވާ! ސަޔިއޭ! ސަޔިޔޭ. ފިލްމެއް؟ ފިލްމެއް؟ ސާހުރުކް؟ ކެތުރީނާ؟" އަހަންނަށް ބަލައިލެވުނީ ފަހަތަށެވެ.

އެއީ ދޮންބެ އެވެ. އަކުރުތައް ކިޔުމުގައި ހުރި އުނދަގޫ ގޮތާއި އަނގައިގައި ވަރު ނެތްގޮތަށް ބަސްތައް އެމުނުމުން އެކަން ޔަގީންވި އެވެ.

"ދޮންބޭ." އަހަންނަށް ދުއްވާ ގަނެވުނީ ދޮންބެއާ ދިމާއަށެވެ.

"ދޮންބެ... ހެއްހެއް... ދޮންބެ.. ސާހުރުކުހާން ދޮންބެ... މަ މި ދޮންބެތަ؟" ދޮންބެ ފާޑަކަށް އަތްޖަހަމުން ވައްތަރުތަކެއް ޖައްސާން ފެށި އެވެ.

އޭނާ އިނީ އަނގަހުޅުވައިގެން ހެވިފަ އެވެ. ދެ އަތް ދެ އަތަށް ޖަހަމުން ހަޅޭއްލަވަން ފެށި އެވެ.

"ދޮންބޭ!" އަހަރެން އުޅުނީ ދޮންބެ ކޮޓަރިއަށް ގެންދެވޭތޯ އެވެ.

ނަމަވެސް ދޮންބެ ކުރިއަށް ޖެހިލި އެވެ. އޭނާގެ މިސްރާބު ހުރީ އަހަރެން އިށީނދެއިން މޭޒާ ދިމާއަށެވެ. ކޮންމެވެސް އެއްޗެއް އޭނާއަށް ފެނުނީ ކަންނޭނގެ އެވެ. އަވަސްއަވަހަށް ދުވެފައި ކަހަލަ ގޮތަކަށް ދޮންބެ ދިޔަ އެވެ.

"ސަޔި! ސަޔި! ވަރަށް ސަޔި؟" ދޮންބެގެ ލޮލުގައި އަޅައިގަތީ އަހަރެން މަސައްކަތް ކުރާން ހުޅުވާފައި ހުރި ލެޕްޓޮޕެވެ.

"އިށީނދެބަލަ." އަހަރެން ބުނެލީމެވެ.

"ދޮންބެއަށް ސަޅި އެއްޗެއް ވެސް ދައްކާލާނަމޭ." އަހަރެން އުޅުނީ ލެޕްޓޮޕްގައި ހުރި އަހަރުމެންގެ ފޮޓޯތަކެއް ދައްކާލަން ވެގެންނެވެ.

"ދައްކާ! ދައްކާ!" ކުޑަކުއްޖެއް ފަދައިން ދޮންބެ ރޯންފެށި އެވެ.

"މަޑުކުރޭ މި ދައްކަނީއޭ." މައުސްގައި އަތް ޖައްސާލީމެވެ.

މައުސްގައި އަތް ޖައްސާލުމުން މައުސްއާ މޭޒާ ދެމެދުން ފެވިގެން ދިޔަ ރަތްކުލައިގެ އަލި ދޮންބެއަށް ފެނުނެވެ. އޭނާ ބިރުގަންނަ ގޮތްވީ އެހެންވެ އެވެ.

"އެއްލަލާ! އެއްލަލާ! އެއްލަލާ."

ދޮންބެ ބުނަމުން ދިޔައީ ކޮން ވާހަކައެއް ކަން އަހަންނަށް ފަސޭހައިން ދޭހައެއް ނުވި އެވެ. އޭނާ ހިތްހަމަ ނުޖެހުނީ ކީއްވެ ކަމެއްކަން ވެސް ނޭނގުނެވެ. ދޮންބެ އުޅުނީ ތެދުވާށެވެ. އެތަނުން ދުރަށްދާށެވެ.

"މަޑުކޮށްބަލަ ދޮންބޭ." އަހަރެން އުޅުނީ ދޮންބެއަށް ފޮޓޯތަކެއް ދައްކާށެވެ.

ބައެއްފަހަރު ފޮޓޯފެނުމުން ދޮންބެ އެއަށް ބަލައިގެން އެތައް އިރަކު އިންނާތީ އެވެ. އޭނާ ކަންތައްތަކެއް ހަނދާން ކުރާހެން ހީވާތީ އެވެ. ޑޮކުޓަރު ވެސް އިރުޝާދުދީފައި ވަނީ އެކަހަލަ ކަންކަން ތަކުރާރުކޮށްދިނުމަށެވެ. އެއީ ވެސް ހަނދާންތައް އިއާދަވުމަށް މަގުފަހިވެދާނެ ކަމަކަށްވާތީ އެވެ.

"ނޫން. ކެތުރީނާ އާދެބަޔަ. ސާހު މި އުޔެނީ އަހަންނާ ފައިޓްކުރާން." ރާގުގައި ދޮންބެ ބުނެލި އެވެ.

ދޮންބެދައްތަ ބަލައިލީ އަހަރެންގެ މޫނަށެވެ. އޭނާ ދެ ލޮލަށް ކަރުނަތައް ގިނަވި އެވެ. އެންމެފަހުން އެ ކަރުނަތައް އޭނާގެ ކޯތާފަތް މައްޗަށް އޮހިގަތެވެ. އެ މަންޒަރު ދޮންބެއަށް ފެނުނެވެ.

"ކެތު ރޮނީތަ؟ ސާހު ދޭ ބަލަ ކެތަށް އުއްމައެއް ދޭން." ދޮންބެ ހޭންފެށި އެވެ.

"ދޮންބޭ." އަހަންނަށް އަޑު އަހަން ވެސް އުނދަގޫވި އެވެ.

"ޕްލީޒް. ސާހު ގޯ. ގޯ އެންޑް.." އަހަރެންގެ ބުރަކަށީގައި އަޅައި ކޮށްޕާލި އެވެ.

ނުވިސްނާ ހުއްޓާ އެ ކަހަލަ ކަމެއް ކުރުމުން އަހަރެން ވެސް އެއްލިގެން ދިޔަ އެވެ. ނަސީބަކުން ވަކި ހިސާބަކުން އަހަންނަށް ކޮންޓްރޯލް ކުރެވުނެވެ.

"ދޮންބޭ." އަހަންނަށް ބާރުބާރަށް ގޮވާލެވުނެވެ.

އޭނާ ހުރީ ލެޕްޓޮޕް ނަގައިގެން އަތުކޮޅަށް ހިއްލައިގެންނެވެ.

"އުއްމައެއްދީ. އެހެންނޫނީ އެއްލައިލާނީ." ދޮންބެ ބުނެލި އެވެ.

ދޮންބެދައްތަ ކޮޓަރިއާ ދިމާއަށް ދުއްވާގަތެވެ.

އެއާއެކު އިވުނީ ބާރު އަޑުފަށް ގަނޑެކެވެ. އަހަންނަށްބަލައިލެވުނީ އަޑު އިވުނު ދިމާއަށެވެ.

(ނުނިމޭ)

ފަހުގެ ޚަބަރު

އެޒްޓެކް ލިޔުމެއް 186 އަހަރަށްފަހު މެކްސިކޯއަށް

ސްޕޭނުގެ އިސްތިއުމާރީ ދުވަސްވަރުގެ އެޒްޓެކް ހަޟާރަތުގެ ތާރީޚު ކިޔައިދޭ "ކޯޑެކްސް އަޒްކަޓިޓްލާން" ކުރެހުން، 186 އަހަރަށްފަހު ފަރަންސޭސިވިލާތުން މެކްސިކޯއަށް ގެންގޮސްފިއެވެ. މި ލިޔުން މެކްސިކޯއަށް ދޫކުރީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް 200 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ދެ ގައުމުގެ އާސާރީ ދެ ލިޔުމެއް ވަގުތީގޮތުން ބަދަލުކުރުމަށް ވި އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮއްކޯފުޅުގެ ފޮތުގައިވާ ތުހުމަތުތައް ގަނޑުވަރުން ދޮގުކޮށްފި

ޕްރިންސަސް ޑަޔާނާގެ ކޮއްކޯފުޅު އާލް ޗާލްސް ސްޕެންސާ ނެރުއްވާ ފޮތެއްގައި، ޑަޔާނާގެ ޖަނާޒާގެ ކުރިން ރަސްގެފާނު ޗާލްސް ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއް ބަކިންހަމް ޕެލެސްއިން ދޮގުކޮށްފިއެވެ. ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާއިލާގެ މީހަކު ވަކިވުމުން ލިބޭ ހިތާމައިގެ ސަބަބުން ކަންކަން ހަނދާން ހުންނަ ގޮތަށް ބަދަލު އަތުވެދާނެ ކަމަށް ރަސްގެފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

މީދަލުގެ ސިކުނޑީގެ ތެރޭގައި އިންސާނުންގެ ސެލް ހިމަނައިފި

އެމެރިކާގެ ސައިންސްވެރިން މީދަލުގެ ސިކުނޑީގައި އިންސާނުންގެ ސެލްތައް އަށަގަންނުވައިގެން ކާމިޔާބު ތަހުލީލެއް ކޮށްފިއެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ އިންސާނުންނަށް މެދުވެރިވާ ނަފްސާނީ އަދި ސިކުނޑީގެ ބަލިތައް ދެނެގަނެ، އެފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

އެޑް ދިފާއުކުރަން ނުކުތީ ކޮންސެޓް ބާއްވާ ތަނުގެ ޔަހޫދީ ވެރިޔާ

ފަލަސްތީނަށް ތާއީދުކުރާ ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ކޮންސަޓުން ވަކިކުރުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ އެކު، ސްޓޭޑިއަމްގެ ވެރިޔާ ރޮބަޓް ކްރާފްޓް ވަނީ ޝީރަންގެ ދިފާއުގައި ވާހަކަދައްކާފައެވެ. ކްރާފްޓް ހާމަކުރި ގޮތުގައި ޝީރަން ވަނީ ފަލަސްތީނު ހިމެނޭ ސަރަހައްދަށް އިންސާނީ އެހީގެ ގޮތުގައި ދެ މިލިއަން ޑޮލަރު ހަދިޔާކުރުމަށް އެދިފައެވެ. މީގެ އިތުރުން، މެކްލްމޯ ވަކިކުރީ އޭނާ ނަފުރަތު އުފައްދާ ވާހަކަދައްކާތީ ކަމަށާއި، ޝީރަން އަކީ އެ ސަރަހައްދުގެ ސުލްހައަށް މަސައްކަތްކުރާ ފަރާތެއްކަން ކްރާފްޓް ފާހަގަކުރިއެވެ.

މެކްލްމޯ ވަކިކުރުމުން އެހެން ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ޓުއާ އިން ވަކިކުރުމާ ގުޅިގެން އެ ދަތުރުގައި ބައިވެރިވާ އެހެން ހުރިހާ ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފިއެވެ. މީގެ ތެރޭގައި ފިނިއަސް އާއި ލޫކަސް ގްރަހަމް ފަދަ މަޝްހޫރު ފަންނާނުން ހިމެނޭއިރު، އެ ފަރާތްތަކުން ބުނެފައިވަނީ މިއީ ހައްގު ބަސް ބުނާ ފަންނާނުންގެ އަޑު ކަނޑުވާލުމާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށެވެ.

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު އެއްލައްކައަށް

ޖަޕާނުގައި އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު ފުރަތަމަ ފަހަރަށް އެއްލައްކައަށް ވުރެ މައްޗަށް އަރާފައިވާއިރު، މީގެ ތެރޭގައި ގިނައީ އަންހެނުންނެވެ. މިގޮތަށް އުމުރު ދިގުވުމުގެ މައިގަނޑު ސަބަބުތަކަކީ އެ ގައުމުގެ މީހުންގެ ދުޅަހެޔޮ ކެއުމުގެ އާދަތަކާއި ހަރަކާތްތެރި ދިރިއުޅުމެވެ. ނަމަވެސް، އާބާދީ މުސްކުޅިވަމުންދާތީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ދެމެހެއްޓުމުގައި ޖަޕާނަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

ސިންގަޕޫރު މީހުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި

ދުނިޔޭގެ އެންމެ ދިގު އުމުރެއް އޮންނަ ގައުމުގެ ގޮތުގައި ސިންގަޕޫރު ފާހަގަވި ނަމަވެސް، އެ ގައުމުގެ ރައްޔިތުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ. ސިންގަޕޫރުގެ ހަރުދަނާ ސިއްހީ ނިޒާމުގެ ސަބަބުން އެވްރެޖް އުމުރު 85 އަހަރަށް ވުރެ މަތިވެފައިވާއިރު، ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ އުމުރާއި މަރުވާ އުމުރާ ދެމެދު އޮންނަ ފަރަގު ނުވަތަ "މޯބިޑިޓީ ގެޕް" ވަނީ ކުރިއަށްވުރެ ބޮޑުވެފައެވެ.

Newsletter

Get the latest news delivered straight to your inbox