ހުލާސާކޮށް އިއްޔެ: ކުށްކުރާ މިންވަރު ގޯސްވެފައިވާ ކަމަށް ސީޕީ ވިދާޅުވުން

ހުލާސާކޮށް އިއްޔެ: ކުށްކުރާ މިންވަރު ގޯސްވެފައިވާ ކަމަށް ސީޕީ ވިދާޅުވުން

ސިފައިންނާއި ފުލުހުންގެ ހިދުމަތް ވަކިކޮށް، ފުލުހުންނަކީ ވަކި މުއައްސަސާއެއްގެ ގޮތުގައި ތައާރަފްކުރިތާ 18 އަހަރު ވިއިރު، އޭރު ރާއްޖޭގައި ހުރި ކުށްކުރުމުގެ މައްސަލަތަކަށް އަދިވެސް އެބަހުރިކަން އެއީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށް ޕޮލިސް ކަމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ އިއްޔެ އެވެ.

ފުލުހުންގެ މުއައްސަސާ ވަކިކުރިތާ 18 އަހަރު ފުރުން ފާހަގަކުރަން އިސްކަންދަރުކޮށީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ހަމީދު ވިދާޅުވީ މައްސަލަތައް ހައްލުނުވި މައްސަލަތަކުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަ އާއި ގޭންގް ކުށްތައް ހިމެނޭ ކަމަށެވެ.

"އަދިވެސް އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މީގެ 18 އަހަރުކުރިން ފުލުހުންގެ ހިދުމަތް ގާއިމްކުރި އިރު ހުރި ކުށްތަކާއި އެނޫން ކަންތައްތައް ވެސް އިތުރު ހައްލެއެއް ނުލިބި ވަނީ އެއް ދުވަހުން އަނެއް ދުވަހަށް ގޯސްވެފައި،" ހަމީދު އިއްޔެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަސްތުވާތަކެއްޗާއި ގޭންގްކުށްތަކާ މެދު މީގެ 18 އަހަރު ކުރިން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަދިވެސް އެގޮތުގައި އެބަހުރި ކަަމަށެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވީ ފުލުުހުންގެ ހިދުމަތަށް މިދިޔަ 18 އަހަރުގެ ތެރޭގައި ތަަރައްގީ އާއި ކުރިއެރުންތައް ލިބިފައިވާ ކަމަށެވެ. ކުރިއެރުން ލިބި ދާއިރާތަކުގެ ތެރޭގައި ތަހުގީގުކުރުމުގެ ދާއިރާ އާއި މުޅި ރާއްޖެއަށް ހިދުމަތް ފަތުރައިލުމުގެ ދާއިރާ ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންފޮމޭޝަން ޓެކްނޮލޮޖީ، ފޮރެންސިކް އަދި މި ނޫންވެސް ދާއިރާތަކަށް އައިސްފައިވާ ކުރިއެރުމަކީ މިއަދު އަޅުގަނޑުމެން އެންމެން ވެސް އަދި މީގެ ކުރިން މި މުއައްސަސާގައި ހަރަކާތްތެރިވި ފަރާތްތައް ވެސް ފަހުރުވެރިވާނެ ކުރިއެރުންތައް،" ހަމީދު ވިދާޅުވި އެވެ.

އެ ތަރައްގީ ހޯދުމުގައި ކުރިން މަސައްކަތްކުރި ފަރާތްތަކާއި މިހާރު މަސައްކަތްކުރާ ފަރާތްތައްތަކުން ކޮށްދީފައިވާ މަސައްކަތްތަކަކީ އޭނާ ވިދާޅުވި ގޮތުގައި ހަނދާން ނައްތާލައިގެން ވާނެ ހިދުމަތެއް ނޫނެވެ. ފުލުހުންގެ ހިދުމަތުގައި މަސައްކަތްކޮށްފައިވާ އަދި މިހާރު ވެސް ދެމިތިބި އެންމެނަށް އޭނާ ޝުކުރުއަދާކުރެއްވި އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ ކުރިއަށް ގެންދަވާ "އިިންޑިއާ އައުޓް" ހަރަކާތަށް ތަރުހީބެއް ނެތް ކަމަށާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ކާމިޔާބު ކުރެވޭނެ ކަމަށް އިންޑިއާ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އިއްޔެ އެވެ.
  • ތަކުރާރުކޮށް އެކި ފަހަރުމަތިން ވައްކަމުގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހަކު ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްގެން މެނުވީ ބަންދުން ދޫނުކުރަން ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.
  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބަޔަކު ހައްޔަރުކުރުމާ ގުޅޭގޮތުން "ދިޔަރެސް" ނޫހުގައި ޝާއިއުކުރި ހަބަރުގެ މައްސަލަ ބަލަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ތާވަލުކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭގޮތުން ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވަމުން ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ:

ރައީސް ސޯލިހް އަލުން އިންތިހާބު ކުރާނެ، ރާއްޖޭގެ ރައްޔިތުން ވަނީ އެމަނިކުފާނުގެ ރަނގަޅު މަސައްކަތްތަކުގެ ހެޔޮ ނަތީޖާއެއް ލިބިފައި، އެމަނިކުފާނުގެ ގާބިލް ލީޑާޝިޕް ދިވެހިން ބަލައިގަންނާނެ،

ދުވަހުގެ ފޮޓޯ

ސެޕްޓެމްބަރު 1، 2022 - ގަތަރުގައި އޮންނަ ފީފާ ވޯލްޑް ކަޕްގެ ފޯރި ރާއްޖޭގައި ގަދަކުރުމުގެ ގޮތުން ކޮކާކޯލާ ކޮމްޕެނީން ހާއްސަ ޕްރޮމޯޝަނެއް ލޯންޗުކުރުން. މި ޕްރޮމޯޝަނުގައި އަގުހުރި އިނާމުތަކެއް ވެސް ލިބޭ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ސެޕްޓެމްބަރު 1، 2022 - ގަތަރުގައި އޮންނަ ފީފާ ވޯލްޑް ކަޕްގެ ފޯރި ރާއްޖޭގައި ގަދަކުރުމުގެ ގޮތުން ކޮކާކޯލާ ކޮމްޕެނީން ހާއްސަ ޕްރޮމޯޝަނެއް ލޯންޗުކުރުން. މި ޕްރޮމޯޝަނުގައި އަގުހުރި އިނާމުތަކެއް ވެސް ލިބޭ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ސެޕްޓެމްބަރު 1، 2022 - ގަތަރުގައި އޮންނަ ފީފާ ވޯލްޑް ކަޕްގެ ފޯރި ރާއްޖޭގައި ގަދަކުރުމުގެ ގޮތުން ކޮކާކޯލާ ކޮމްޕެނީން ހާއްސަ ޕްރޮމޯޝަނެއް ލޯންޗުކުރުން. މި ޕްރޮމޯޝަނުގައި އަގުހުރި އިނާމުތަކެއް ވެސް ލިބޭ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ދިރާސާތަކުން ކިޔާލުމަށް

"ޕްރިޒަން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް"

މިއީ ރާއްޖޭގެ ޖަލުތަކުގައި ހަރުކަށި ފިކުރު ފެތުރިފައިވާ މިންވަރު ދެނެގަތުމަށާއި އަދި އެ ފިކުރުގެ ބިރުވެރިކަން އޮތް މިންވަރު ހާމަކޮށްދިނުމުގެ ގޮތުން ކަމާބެހޭ އިދާރާތަކާއި ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން 2022 ވަނަ އަހަރު ކޮށްފައިވާ ދިރާސާއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox