ޓީޗަރަށް އަނިޔާކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުކޮށް ފިރިހެނަކަށް އަނިޔާކުރި ދުވަހު ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ކައިރިއަށް މީހުން ޖަމާވެ؛ ޓީޗަރaށް އަނިޔާކުރި މައްސަލާގައި މީހަކު ވަނީ ހައްޔަރުކޮށްފައި

ޖިންސީ ގޯނާގެ ތުހުމަތުކޮށް ފިރިހެނަކަށް އަނިޔާކުރި ދުވަހު ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ކައިރިއަށް މީހުން ޖަމާވެ؛ ޓީޗަރaށް އަނިޔާކުރި މައްސަލާގައި މީހަކު ވަނީ ހައްޔަރުކޮށްފައި

ޓިއުޝަނަށް ކިޔަވަން ދިޔަ ފިރިހެން ކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުކުރާ ފިރިހެން ޓީޗަރަށް އަނިޔާކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

މިދިޔަ މަހު 24 ވަނަ ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޓީޗަރަށް އަނިޔާކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެކެވެ. ކޯޓު އަމުރެއްގެ ދަށުން އެމީހާ ހައްޔަރުކުރީ އިއްޔެ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ޓިއުޝަނަށް ކިޔަވަން ދިޔަ ފިރިހެން ކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުކުރާ އުމުރުން 29 އަހަރުގެ އެ ޓީޗަރު ހިފަހައްޓައި އަނިކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މިދިޔަ މަހު 24 ވަނަ ދުވަހުގެ ރޭ ވަނީ ދައުރުވެފަ އެވެ. އެ ރޭ ފުލުހުން ވަނީ ފިރިހެން ޓީޗަރު ހައްޔަރުކޮށްފަ އެވެ.

އޭނާގެ ބަންދަށް ކޯޓުން ދިނީ ފަސް ދުވަހުގެ މުއްދަތެކެވެ. އެފަހުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރިތޯ ނޫންތޯ ސާފުވާގޮތް ވަނީ ނުވެފަ އެވެ.

ދަރިވަރަކަށް ބަދުއަހުލާގީ މަންޒަރު ދެއްކި މައްސަލާގައި، މާލޭގެ ސްކޫލެއްގައި ވެސް ވަޒީފާ އަދާކުރަމުން ދިޔަ އެ ޓީޗަރު މިހާރު ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއިން ފެންނަ ގޮތުން، ޒުވާން ފިރިހެނަކު އަތަށް އޭނާއަކީ އެއް ޖިންސުން ގުޅުން ހިންގާ މީހެއް ކަމަށް ލިޔެފައިވާ ކަރުދާހެއް ދީފައި ހުރެ އެވެ.

އެ ސަރަހައްދަށް ގިނަ އަދަދެއްގެ މީހުން އެއްވެފައި ތިބިއިރު، ފިރިހެން ކުއްޖާއާ މެދު އޭނާ ކަންތައް ކުރީ ކިހިނެއްތޯ މީހުން ސުވާލު ކުރާ އަޑު އިވެ އެވެ. އަދި ކިތައް ކުދިންނާ ބެހުނުތޯ ވެސް ސުވާލު ކުރެ އެވެ. އޭރު "އެންމެ ކުއްޖެކޭ" އޭނާ ބުނާ އަޑު ވެސް އެއިން އިވެ އެވެ.

އޭނާ ޖަވާބު ނުދީ ރޯން އެ ތަނުގައި ހުރުމުން ބައެއް މީހުން އައިސް އޭނާގެ ގައިގައި ޖަހާ މަންޒަރު ވެސް އިވެ އެވެ. ޖަހަން ފަށާއިރަށް ބަޔަކު އައިސް އޭނާއާ ދުރުކުރާ މަންޒަރު ވެސް ފެނެ އެވެ.

އަދި ފަހުން އޭނާ ލައިގެން ހުރި ހެދުން ބޭލުމަށް ފަހު ބިންމައްޗަށް ވައްޓާލައި އަނިޔާ ކުރާ މަންޒަރު ވެސް ފެނެ އެވެ. އިރުކޮޅެއް ފަހުން، އަނެއްކާ ވެސް ބަޔަކު އައިސް އޭނާ ގައިގައި ޖަަހަމުން ދިޔަ މީހުން ދުރަށް ޖައްސަ އެވެ.

ވީޑިއޯގައި އަންހެނަކު އޭނާއަށް ތުހުމަތުކޮށް ވާހަކަ ދައްކާ އަޑު އިވެ އެވެ. އެ ވާހަތަކުން އެނގެނީ އޭނާގެ މައްޗަށް ތުހުމަތު ކުރަނީ އޭނާ ޓިއުޝަން ނަގައިދޭ ފިރިހެން ކުއްޖަކަށް ބަދު އަހުލާގީ އަމަލުތަކުގެ ވީޑިއޯ ދައްކައި، އެ ކުއްޖާއާ ބެހެން އުޅުނު ކަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox