ހުލާސާކޮށް އިއްޔެ: ހާރިޖީ މަސްލަހަތުގެ ބިލަށް ފާޑު ކިޔުމާއި ކަންބޮޑުވުން

Sep 1, 2022, 2:43 AM
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުންވާ އަމަލުތައް ޖިނާއީ ކުށަކަށް ހަދަން ގާނޫނުލް އުގޫބާތަށް ބަދަލު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ މެދު އިދިކޮޅު ބައެއް މެމްބަރުން އިއްޔެ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރައްވައިފި އެވެ.

ހާރިޖީ މަސްލަހަތަށް ގެއްލުންވާ އަމަލުތަކަށް ކުށްތަކަކަށް ހަދަން ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ނިހާދު ހުށަހަޅުއްވާފައިވާ ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ޕީއެންސީ އަށް ނިސްބަތްވާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވީ އެ ބިލު ސަރުކާރުން ހުށަހެޅީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ހިންގާ ހަރަކާތާ ހެދި ސަރުކާރަށް "ގޮތް ހުސްވެގެން" ކަމަށެވެ. އެއީ ގާނޫނު އަސާސީގެ މާއްދާތަކަކާ ތައާރުޒުވާ ބިލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފުރަތަމަ ކަމަކަށް [ގާނޫނު އަސާސީގެ] 32 ވަނަ މާއްދާ، އެއްވެ އުޅުމުގެ މިނިވަންކަން އެބަ ނަގައިލާ. އެކަމެއް ނުކުރެެވޭނެ. ހަޅުތާލު ކުރުުމުގެ މިނިވަންކަން އެބަ ހަނިކުރޭ އިއްޒަތްތެރި ރައީސް. ނޫސްވެރިކަމުގެ މިނިވަންކަން އެބަ ހަނިކުރޭ، ހިޔާލުފާޅުކުރުގެ މިނިވަންކަން އެބަ ހަނިކުރޭ،" އާދަމް ޝަރީފު ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ ފަސް މާއްދާއަކުން ލިބިދޭ މިނިވަންކަން ހަނިކޮށްގެން ސަރުކާރުން ކުރަން އުޅެނީ ކޮންކަމެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ. އެ ބިލު މިހާރު އޮތް ގޮތައް ފާސްކޮށްފިއްޔާ އެންމެ ބޮޑަށް ގެއްލުން ވާނީ ސަރުކާރު ހިންގާ ކޯލިޝަނުގެ މައި ޕާޓީ އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީއަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ވެސް ވިދާޅުވީ ގާނޫނު އަސާސީން ލިބިދީފައި ހުރި އަަސާސީ ހައްގުތަކެއް އެ ބިލުން އެބަ ނިގުޅައިގަންނަ ކަމަށެވެ. ބިލު އަނބުރާ ގެންދަވަން ފޭދޫ ދާއިރާގެ މެމްބަރު މުހަައްމަދު ނިހާދަށް އޭނާ ގޮވައިލެއްވި އެވެ.

"މިއީ ދިވެހި ގައުމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް. ދިވެހި ރައްޔިތުންގެ އަނގަ ބަންދުވެގެން އެބަދޭ. ދިވެހި ނޫސްވެެރިންގެ ގަލަންތައް އެބަ އަތުލާ،" ޝިޔާމް ވިދާޅުވި އެވެ.

ސަރުކާރާ އެއްކޮޅު ބައެއް މެމްބަރުން ވެސް ފާޑު ވިދާޅުވި

ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލުތައް ޖިނާއީ ކުށްތަކަކަށް ހެދުމަށް ޓަކައި ގާނޫނުލް އުގޫބާތަށް ބަދަލުގެންނަން ހުށަހަޅާފައިވާ ބިލަށް މަޖިލީހުގެ، ސަރުކާރާ އެއްކޮޅު ބައެއް މެމްބަރުން ވެސް މިއަދު ފާޑުވިދާޅުވި އެވެ.

މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ އެ ބިލު މިހާރު އޮތް ގޮތުން އެހާ ހިތްހަމަ ޖެހޭ ކަންތައްްތަކެއް ނެތް ކަމަށެވެ. އެއީ އެހެން ނަމަވެސް ކޮމިޓީ މަރުހަލާގައި ރަނގަަޅު ކުރެވޭނެ ކަންތައްތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބިލުގައި ޖިނާއީ ކުށަކަށް ހަދަން ހުށަހަޅާފައިވާ ބައެެއް ކަންތައްތަކަކީ ކުށްކުށަށް ހަދަން ކަމު ނުދާ ކަންތައްތައް ކަމަށާއި އަނެއްބައި ކަންތައްތަކަކީ މިހާރު ވެސް ކުށުގެ ގޮތުގައި ގާނޫނުތަކުގައި ހުރި ކަންތައްތައްް ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ.

"ރާއްޖެ ދޫކޮށް ބޭރު މީހެއް ވީމާ ދިއުމަށް ގޮވައިލުމަކީ ކުށެެއް. އެހެންވީމާ މިއީ ތަންކޮޅެއް، ފަހަރުގައި ބޮޑުވަރަކަށް ވެދާނެ. މިނޫން ގޮތަކަށް މި ޑްރާފްޓް އެބަ ކުރެވެން ޖެހޭ ކަމަށް. ރާއްޖެ ދޫކޮށް މީހަކު ދިއުމަށް އަދި ބުނެލުމަކީ އެއީ އެހާ އަވަހަށް ޖިނާއީ ކުށަކަށް ހަދާވަރު ކަމަކަށް ނުވޭ،" އިމްތިޔާޒް ވިދާޅުވި އެވެ.

އެހެން ނަމަވެސް ރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުންވާ ގޮތަށް ރޭވިގެން ހިނގާ ކަންތައްތަކަށް އެޑްރެސްކުރަން ޖެހޭ ކަމަށާއި އެކަމަށް ހައްލު ހޯދަން ޖެހޭ ކަމަށް ވެސް އިމްތިޔާޒް ވިދާޅުވި އެވެ.

ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ ތަމްސީލު ކުރައްވާ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ގާނޫނު އަސާސީގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދީފައި އޮތީ އޮޅިގެން ނޫން ކަމަށާއި އެއީ އާދައިގެ މިނިވަންކަމެއް ނޫން ކަމަށެވެ. ގާނޫނު އަސާސީން ލިބިދޭ އެހެން ހުރިހާ މިނިވަންކަމެއް ގެ އަސްލަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެހެންވެ އެ ބިލު މަޖިލީހުން ބޭރުކުރަން ޖެހޭ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑު [މަސައްކަތްކުރާ] މިއީ ދެވަނަ ދައުރު. ބިލެއް މަޖިލީހުން ބޭރުކުރަން ޖެހެންޏާ، އެންމެ ބިލެއް މަޖިލީހުން ބޭރުކުރަން ޖެހެންޏާ ވެސް ބޭރުކުރަން ޖެހޭ ބިލަކީ މިއީ،" އަލީ ހުސައިން ވިދާޅުވި އެވެ.

އޭނާ ވެސް ވިދާޅުވީ ގައުމެއްގެ ދިދަޔަކަށް ގެއްލުން ދިނުން ރާއްޖޭގައި ކުށަކަށް ހަދަން އުޅޭ އިރު ޑިމޮކްރެޓިކް އެހެން ގައުމުތަކުގައި އެގައުމެއްގެ ދިދަޔަށް ގެއްލުން ދިނުން ވެސް ކުށަކަށް ނުވާ ކަމަށެވެ. އެކަން ރާއްޖޭގައި ކުށަކަށް ހަދަން އުޅުމަކީ ލަދުވެތިވެވަަޑައިގަންނަވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ބިލާ ދެކޮޅަށް އިދިިކޮޅު މެމްބަރުން ދެއްކެވި ވާހަކަތަކަށް އެމްޑީޕީގެ ބައެއް މެމްބަރުން ރައްދު ދެއްވައި ވަރަށް ބޮޑަށް ނުރުހުން ފާޅުކުރެއްވި އެވެ.

ބައެއް މުހިންމު ހަބަރުތައް

ރާއްޖެ ދޫކޮށް މީހަކު ދާން ބުނުމަކީ ޖިނާއީ ކުށަކަށް ހަދާވަރު ކަމެއް ނޫން ކަމަށް ވިދާޅުވެ، "ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލަކީ ކުށަކަށް ހަދަން" ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ އިއްޔެ ފާޑުވިދާޅުވި އެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި ސިފައިންނާއި ފުލުހުން އަދި ތަންފީޒީ އެހެން އިދާރާތައް އެކުވެގެން މަސައްްކަތްކުރާ ހާއްސަ ފައުޖެއް އުފައްދަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް އިއްޔެ މައްސަލަައެއް ހުށަހެޅި އެވެ.

މާލެއިން ފުރައިގެން ނ. އަތޮޅަށް ދަތުރު ކުރަމުންދަނިކޮށް ލަންދޫ ބޯޓު އިއްޔެ ހެނދުނު ފަރަށް އެރި އެވެ. ބޯޓު އަޑިއަށް ގޮސްފައިވާއިރު، ބޯޓުގައި ތިބި މީހުން ސަލާމަތްކޮށް ކ. ގާފަރަށް ގެންދިޔަ އެވެ.

ޕޯސްޓުގެ ޒަރިއްޔާއިން އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ދެ ބާވަތެއް އަތުލައިގަތް ކަމަށް ކަސްޓަމްސްއިން އިއްޔެ ބުންޏެވެ. އަތުލައިގަތް މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1.6 ކިލޯ ހުއްޓެވެ. އެތަކެތީގެ މަގުމަތީ އަގު ފަސް މިލިއަން ރުފިޔާ އެވެ.

ގިނަ އަދަދެއްގެ މީހުންނާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވެފައިވާ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރު ޝަރީއަތުގެ މަޖިލީހުގައި ތައުބާވުމުން އަދަބު ކުޑަކުރުމަށްފަހު އިއްޔެ ޖަލަށް ލުމަށް ހުކުމްކުރި އެވެ. އަލަމްގީރްގެ އިއުތިރާފާއި ތައުބާއަށް ރިއާޔަތްކުރުމަށްފަހު އަދަބު ލުއި ކުރުމަށްފަހު މައްސަލަ ބައްލަވާ ގާޒީ އިއްވެވީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާތަކެއްގައި ދައުވާ އުފުލި ސަބަބެއްގެ ގޮތުގައި "މިނިވަން ފިކުރު" ގެ ބަޔަކަށް ފާރަލުން ހިމަނާފައި އޮތުމުން، އެ ފިކުރަކީ ކޮބައިކަން ސާފުކޮށްދޭން ދިފާއުން އެދުމުން އެކަން ކުރެވޭނީ ސިއްރު އަޑުއެހުމެއްގައި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިއްޔެ ބުންޏެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާ އާ ސްކޫލް، ކާމިލްދީދީ ޕްރައިމަރީ ސްކޫލު ހުޅުވުމަށް ތައްޔާރުވެއްޖެ ކަމަށް އެޑިއުކޭޝަން ޑރ. މިިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ އިއްޔެ އެވެ. އެއީ 824 ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ.

މި އަހަރު އަތޮޅުތަކުގައި ކިޔަވަމުން ދިޔަ 1500 އެއްހާ ދަރިވަރުން މާލޭގެ ސްކޫލުތަކަށް ބަދަލުވެފައިވާ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވި އެވެ.

ދުވަހުގެ ކޯޓޭޝަން

ރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުން ހުއްޓުވުމުގެ ނަމުގައި ބައެެއް ކަންތައްތައް ޖިނާއީ ކުށްތަކަށް ހަދަން ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ:

ރާއްޖެ ދޫކޮށް ބޭރު މީހެއް ވީމާ ދިއުމަށް ގޮވައިލުމަކީ ކުށެެއް. އެހެންވީމާ މިއީ ތަންކޮޅެއް، ފަހަރުގައި ބޮޑުވަރަކަށް ވެދާނެ. މިނޫން ގޮތަކަށް މި ޑްރާފްޓް އެބަ ކުރެވެން ޖެހޭ ކަމަށް. ރާއްޖެ ދޫކޮށް މީހަކު ދިއުމަށް އަދި ބުނެލުމަކީ އެއީ އެހާ އަވަހަށް ޖިނާއީ ކުށަކަށް ހަދާވަރު ކަމަކަށް ނުވޭ،"

ދުވަހުގެ ފޮޓޯ

އިއްޔެ ފަރަށް އުރުނު ލަންދޫ ބޯޓު އަޑިއަށް ދަނީ. -- ފޮޓޯ: ސޯޝަލް މީޑިއާ
އިއްޔެ ފަރަށް އުރުނު ލަންދޫ ބޯޓު އަޑިއަށް ދަނީ. -- ފޮޓޯ: ސޯޝަލް މީޑިއާ

އިއްޔެ ފަރަށް އުރުނު ލަންދޫ ބޯޓު އަޑިއަށް ދަނީ. -- ފޮޓޯ: ސޯޝަލް މީޑިއާ

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox