ގދ. ތިނަދޫ ގައި ދުވަސްވީ އަންހެނަކު ގެއްލިގެން ހޯދަންފަށައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދަނީ އެރަށު، ކަސްޓަޑުގެއާގޭ ހައްވާފާނު (ހައްވަހަންތަ)، 80 އެވެ. އޭނާ ގެއްލިގެން ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އެރަށު ކައުންސިލުން ވަނީ މި ނޫހަށް ކަށަވަރުކޮށްދީފަ އެވެ.
އެނގިފައިވާ ގޮތުގައި، އުމުރުން 80 އަހަރުގެ މި މީހާ އެންމެ ފަހުން ފެނިފައިވަނީ މިއަދު ހަވީރު 3:45 ހާއިރު ތިނަދޫ މަަފުށި ސަރަހައްދުންނެވެ. ކައުންސިލުން ބުނީ އަދި ނުފެންނަ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ ބައެއް އަދި ލިބޭގޮތެއް ނުވެ އެވެ.












