މާލެއިން ފުރައިގެން ނ. އަތޮޅަށް ދަތުރު ކުރަމުންދަނިކޮށް ފަރަށް އުރުނު ބޯޓުން މުދަލާއި ތަކެތި އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާއިރު ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
މިއަދު ހެދުނު، ގާތްގަނޑަކަށް 10:55 ހާއިރު ލަންދޫ ބޯޓު ފަރަށް އެރިއިރު އޭގައި 30 މީހުން ތިއްބެވެ. ހާދިސާގެ ރިޕޯޓު ލިބިގެން އެމްއެންޑީއެފުން އެ ސަރަހައްދަށް ދިޔަައިރު ގާފަރުގެ މީހުންނާއި އެ ސަރަހައްދުން ދަތުރުކުރި އުޅަނދުތަކުން ވަނީ މީހުން ސަލާމަތްކުރުމަށް އެހީތެރިވާން ފަށާފަ އެވެ.
ސޯޝަލް މީޑިއާ އިން ފެންނަ ވީޑިއޯތަކުން، ގިނަ އަދަދެއްގެ ގޭސްފުޅިއާއި މުދާ ހުރި އެ ބޯޓުގެ ތަކެތި އޮޔާދާ މަންޒަރު ފެނެ އެވެ. ފުލުހުން ވަނީ، ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް، އެ ސަރަހައްދުން ދަތުރުކުރާއިރު އޮޔާދާ ތަކެއްޗަށް ސަމާލުވެގެން ދަތުރުކުރުމަށް އިލްތިމާސްކޮށްފަ އެވެ.













