ހުލާސާކޮށް އިއްޔެ: އަހަރެއް ކުރިން މަރުވެފައިވާ މީހަކު ހޯދަން ފުލުހުން އިއުލާންކުރުން، އިހުމާލާ އެކު ބޮޑެތި ފާޑުކިޔުންތަކެއް

ހުލާސާކޮށް އިއްޔެ: އަހަރެއް ކުރިން މަރުވެފައިވާ މީހަކު ހޯދަން ފުލުހުން އިއުލާންކުރުން، އިހުމާލާ އެކު ބޮޑެތި ފާޑުކިޔުންތަކެއް

މިދިޔަ އަހަރު މަރުވެފައިވާ މީހަކު ފުލުހަށް ހާޒިރުނުވެ ހޯދަން ވެގެން އިއްޔެ އިއުލާން ކުރެވިގެން އެ ކަމަށް އެ މީހާގެ އާއިލާގެ ކިބައިންނާއި ރައްޔިތުންގެ ކިބައިން ފުލުހުން ވަނީ އިއްޔެ މާފަށް އެދިފަ އެވެ. އެކަމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އެ އިދާރާއަށް ދަނީ އަމާޒުވަމުންނެވެ.

ދެ ހާސް ވިހި ވަނަ އަހަރު ހުށަހެޅުނު މައްސަލައެއްގައި ހާޒިރުވާން އެންގި އދ. ދަނގެތި، ޝައުކަތުﷲ އަލީ މަރުވެ އޭނާގެ ކަށު ނަމާދު ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހު ކޮށްފަ އެވެ.

ފުލުހުންގެ ތަހުގީގަށް ހާޒިރުވާން އަންގައި ކުރި އިއުލާނުގައިވާ ގޮތުން އެއީ ޖުލައި 27، 2020 ގައި ފުލުހަށް ހުށަހެޅި މައްސަލައެކެވެ. އިއުލާނުގައި ވަނީ އޭނާ ސެޕްޓެމްބަރު 2 ވަނަ ދުވަހުގެ މެންދުރު ހާޒިރު ވުމަށެވެ.

ފުލުހުން ވަނީ އިއްޔެ އެކަން އެނގުމުން ވަގުތުން އެ އިއުލާން ނަގައިފަ އެވެ.

އެކަމާ ގުޅިގެން ފުލުހުން އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުން، އެ މީހާ ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރެވިފައި ވަނީ އިދާރީ އޮޅުމަކުންނެވެ.

"މި ފުރުސަތުގައި، ނިޔާވެފައިވާ މީހާގެ އާއިލާއާއި އާންމުންގެ ކިބައިން، ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ނިހާޔަތަށް މައާފަށް އެދެމެވެ،" ފުލުހުން އިއްޔެ ކުރި ޓްވީޓްގައިވެ އެވެ.

އެ ފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ވެސް ފުލުހުން ކުރި އެ ޓްވީޓްގައިވެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • އިސްލާމިކް މިިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބް އަބްދުﷲއަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން 1.18 މިލިއަން ރުފިޔާ ދިނުމަށް ހައި ކޯޓުން އަމުރުކުރީ އިއްޔެ އެވެ.
  • ފަނޑިޔާރުންގެ ތެރެއިން ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ފަނޑިޔާރުންނަށް އެފަދަ ތަނެއް ހޯދޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ދޫކުރާ ބިމާއި ފްލެޓަށް ކުރިމަތިލެވޭނެ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ފޮނުވާފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.
  • ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ ކުރި މައްޗަށް ގެންނަ ކުރެހުންތަކާއި ޕްލޭންތަކާ އެއްގޮތަށް އަމަލުތައް ބަހައްޓާ، ކަންކަން ކުރާނީ ކޮން ބައެއްތޯ ފުންކޮށް ވިސްނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގަތީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

އެސްއޯއީތަކުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމާ ސަރުކާރުން ދެކޮޅު ނަމަވެސް ސްޓެލްކޯއިން ކުރިއަށްގެންދާ އެފަދަ މަޝްރޫއުތައް ހުއްޓާލުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަން ހާމަކުރައްވަމުން އެ ކުންފުނީގެ އެމްޑީ އަހްމަދު ޝަރީފް ވިދާޅުވީ:

އަޅުގަނޑުމެން އެއްވެސް ވަރަކަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕޮލިސީ ތެރެއަކަށް އަޅުގަނޑުމެން ޕެނިޓްރޭޓެއް ނުވަން، އަޅުގަނޑުމެން އަޅުގަނޑުމެންގެ ސްޓާފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތަކެއް މި ކުރަނީ، އެއީ ދެން ސްޓެލްކޯއިން އަބަދުވެސް ކުރަން ރާވާފައި އޮތް ކަމެއް އެ ކަމަކީ،

ދުވަހުގެ ފޮޓޯ

މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މ. ވޭވަށަށް ވަޑައިގެންނެވުމުން އެ ރަށުން މަރުހަބާ ދެންނެވުމަށް ނުކުމެ ތިބި ރައްޔިތުންގެ ތެރެއިން ކުޑަކުއްޖަކާ ރައީސް ސޯލިހު ސަލާމް ކުރައްވަނީ. މިއީ ފާއިތުވެދިޔަ 10 އަހަރު ތެރޭ ވޭވަށަށް ރައީސް ކަމުގައި ހުންނެވި ބޭފުޅަކު ޒިޔާރާތްކުރެއްވި ފުރަތަމަ ފަހަރު --- ރައީސް އޮފީސް
މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މ. ވޭވަށަށް ވަޑައިގެންނެވުމުން އެ ރަށުން މަރުހަބާ ދެންނެވުމަށް ނުކުމެ ތިބި ރައްޔިތުންގެ ތެރެއިން ކުޑަކުއްޖަކާ ރައީސް ސޯލިހު ސަލާމް ކުރައްވަނީ. މިއީ ފާއިތުވެދިޔަ 10 އަހަރު ތެރޭ ވޭވަށަށް ރައީސް ކަމުގައި ހުންނެވި ބޭފުޅަކު ޒިޔާރާތްކުރެއްވި ފުރަތަމަ ފަހަރު --- ރައީސް އޮފީސް

މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މ. ވޭވަށަށް ވަޑައިގެންނެވުމުން އެ ރަށުން މަރުހަބާ ދެންނެވުމަށް ނުކުމެ ތިބި ރައްޔިތުންގެ ތެރެއިން ކުޑަކުއްޖަކާ ރައީސް ސޯލިހު ސަލާމް ކުރައްވަނީ. މިއީ ފާއިތުވެދިޔަ 10 އަހަރު ތެރޭ ވޭވަށަށް ރައީސް ކަމުގައި ހުންނެވި ބޭފުޅަކު ޒިޔާރާތްކުރެއްވި ފުރަތަމަ ފަހަރު --- ރައީސް އޮފީސް

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox