ހުލާސާކޮށް އިއްޔެ: މީޑިއާ ކައުންސިލްގެ އިންތިހާބާ ގުޅިގެން އައިއެފްޖޭ އަދި އެމްޖޭއޭގެ ކަންބޮޑުވުން

ހުލާސާކޮށް އިއްޔެ: މީޑިއާ ކައުންސިލްގެ އިންތިހާބާ ގުޅިގެން އައިއެފްޖޭ އަދި އެމްޖޭއޭގެ ކަންބޮޑުވުން

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އިންތިހާބުގައި ނުހިންގާ މީޑިއާތަކާއި ނޫސްތަކަށް ވޯޓު ނުލެވޭ ގޮތް ހެދުމަށް ބައިނަލްއަގްވާމީ ނޫސްވެރިންގެ ޖަމިއްޔާ, އައިއެފްޖޭ އަދި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން ގޮވާލީ އިއްޔެ އެވެ.

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)ން މިދިޔަ ހަފުތާ ތެރޭ ރާއްޖެއަށް ކުރި ޒިޔާރަތަށްފަހު ނެރުނު ނޫސް ބަޔާނުގައި ބުނީ މީޑިއާ ކައުންސިލްގެ މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ރަޖިސްޓްރީކޮށްފައިވާ ހުރިހާ މީޑިއާތަކަކަށް ވެސް ލިބިގެންވާތީ، ނޭދެވޭ ނަތީޖާ ވަރަށް ބޮޑު ކަމަށެވެ.

އެމްއެމްސީގެ އިންތިހާބުގެ ތާރީހު މި ހަފުތާގައި އިއުލާންކޮށްފައިވާއިރު، އައިއެފްޖޭ އާއި އެމްޖޭއޭއިން ދެކޭ ގޮތުގައި، ގަވާއިދުން މަސައްކަތް ނުކުރާ މީޑިއާތައް ކުރިއަށް އޮތް އިންތިހާބުގައި ވޯޓު ދިނުމުން އެއްކިބާ ކުރަން ޖެހޭ ކަމަށް ބަޔާނުގައިވެ އެވެ.

"މިގޮތަށް ބަދަލު ގެނެސްފިނަމަ، ސައްހަ މީޑިއާތަކުގައި މަސައްކަތް ކުރާ މީހުންގެ މަސްލަހަތު ތަމްސީލު ކުރެވޭނެކަން ކަށަވަރު ވެގެންދާނެ," އައިއެފްޖޭގެ ބަޔާނުގައިވެ އެވެ.

އެމްއެެމްސީގައި މިހާރު ތިއްބެވި މެމްބަރުންގެ ދައުރު އަންނަ ޑިސެމްބަރު މަހު ނިމޭތީ އެ ކައުންސިލްގެ މެމްބަރު ކަަމަށް ކުރިމަތިލާން ހޯމް މިނިސްޓްރީން މި ހަފުތާގެ ހޯމަ ދުވަހު އިއުލާން ކުރުމަށްފަހު, މިއަދު ވަނީ އެ އިއުލާން ބާތިލްކޮށްފަ އެވެ. ނަމަވެސް, އިއުލާން ބާތިލްކުރި ސަބަބެއް ހޯމް މިނިސްޓްރީން ނުބުނެ އެވެ.

މިދިޔަ ހޯމަ ދުވަހު ހޯމް މިނިސްޓްރީން އިއުލާން ކޮށްފައި އޮތީ މިމަހުގެ 31 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ނިޔަލަށް ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލެވޭ ގޮތަށެވެ.

އައިއެފްޖޭއިން އިތުރަށް ބުނި ގޮތުގައި ސިޔާސީ ނުފޫޒު ފޯރުވުމަށް އުފައްދާފައިވާ 'ޝެލް މީޑިއާ ކުންފުނިތަކު'ގެ މައްސަލަ ވީހާ ވެސް އަވަހަކަށް ބަލަން ޖެހެ އެވެ. އަދި އެ ތަހުގީގުގެ ހޯދުންތައް ދެ ފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ވެސް އައިއެފްޖޭއިން ދިވެހި ސަރުކާރަށް ވަނީ ގޮވާލާފަ އެވެ.

އެއް ހަފްތާގެ މުއްދަތަށް އައިއެފްޖޭއިން ރާއްޖެއަށް ޒިޔާރަތްކުރިއިރު އެ ޖަމިއްޔާގެ މިޝަނުން ވަނީ ނޫސްވެރިންނާއި އެޑިޓަރުންނާއި ދިވެހި ފުލުހުންގެ ހިދުމަތް އަދި މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިތުރުން މި ދާއިރާގެ އިސް ފަރާތްތަކާއި ގާނޫނީ މާހިރުންނާ ބައްދަލުކޮށްފަ އެވެ. މި މަޝްވަރާތަކުގައި ފާހަގަކުރެވުނު ގޮތުގައި، ހެއްކާ ބެހޭ ގާނޫނަށް ގެނައި ބަދަލުތަކަކީ މި ދާއިރާގެ ފަރާތްތަކުގެ މެދުގައި އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެކެވެ. ނަމަވެސް ރާއްޖޭގައި ފުރިހަމަ އަދި ދިރުންހުރި މިނިވަން މީޑިއާއެއް ކުރިއެރުވުމަށް ހުރަސްއެޅޭ އެހެނިހެން މައްސަލަތައް ވެސް އައިއެފްޖޭގެ ސަމާލުކަމަށް ވަނީ އައިސްފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

"ނޫސްވެރިން އެދެވޭ ގޮތުގައި މަސައްކަތް ނުކުރާ ކަމަށް ބުނެ ނުވަތަ ދުވާލެއްގެ މައްޗަށް ވަކި އަދަދަކަށް ހަބަރު ނުއުފައްދާ ކަމަށް ބަލައި މީޑިއާ ކުންފުނިތަކުން ނޫސްވެރިންގެ މުސާރަ އުނިކުރުމުގެ ސިޔާސަތެއް ފުޅާ ދާއިރާއެއްގައި ގެންގުޅެމުންދާކަން އެނގުމުން އައިއެފްޖޭ އިން ނުހަނު ކަންބޮޑުވި. މި އުސޫލަކީ ނޫސްވެރިންގެ މަސައްކަތެރިކަމުގެ ހައްގުތަކަށް (ލޭބާ ރައިޓްސް) އަރައިގަތުން. މިއީ ފެންވަރު ރަނގަޅު ނޫސްވެރިކަމެއް އާލާކުރުމަށް މަގުފަހިވާނެ ކަމެއް ނޫން،" އައިއެފްޖޭ އިން ބުންޏެވެ.

އޭގެއިތުރުން ވަޒީފާގެ އެއްބަސްވުމެއް ނެތުމާއި، ނޫސްވެރިން، ހާއްސަކޮށް ފްރީލާންސް ނޫސްވެރިން އެކްރެޑިޓޭޝަން ހޯދުމުގައި ހުރި ހުރަސްތައް ވެސް ފާހަގަކުރެވުނު ކަމަށް ބަޔާނުގައިވެ އެވެ.

"މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރުމުގެ ބޭނުން ނުހަނު ބޮޑަށް އެބައޮތް. އެކަން ކުރެވޭނީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭ އޮނިގަނޑު ހަރުދަނާ ކޮށްގެން." އައިއެފްޖޭއިން ބުންޏެވެ.

އައިއެފްޖޭއިން ފާހަގަކޮށްފައިވާ ބައެއް ކަންކަން

  • ނޫސްވެރިޔާގެ މައްޗަށް ނުވަތަ މީޑިއާއަކަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ގޮތަށް ހެއްކާ ބެހޭ ބިލުގައި އޮތުން
  • މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި ޕަބްލިކް ސާވިސް މީޑިއާއަށް ސިޔާސީ މީހުން އައްޔަންކުރުމުގެ ސަބަބުން އެ ތަންތަނަށް ސިޔާސީ ނުފޫޒު ފޯރުން
  • ނޫސްވެރިންގެ މުސާރައިން އުނިކުރުމުގެ އުސޫލެއް ފުޅާ ދާއިރާއެއްގައި ގެންގުޅުމުގެ ސަބަބުން މަސައްކަތްތެރިކަމުގެ ހައްގުތައް ނިގުޅައިގަތުން
  • ނޫސްވެރިންނަށް ޕްރޮފެޝަނަލް ތަމްރީނުގެ ފުރުސަތުތަކާއި މީޑިއާގެ ހައްގުތަކާއި ޒިންމާތަކާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ތަމްރީނުގެ ފުރުސަތުތައް ނެތުން
  • އެކަށީގެންވާ މުއްދަތެއްގައި މައުލޫމާތު ނުލިބުމާއި ސަރުކާރާއި ދައުލަތުގެ އެކި ޑިޕާޓްމަންޓްތަކުން މައުލޫމާތު ހޯދައި ލިބިގަތުމަށް ދިގު މުއްދަތެއް ހޭދަވުން

ބައެއް މުހިންމު ހަބަރުތައް

  • މާލޭގެ ބައެއް މިސްކިތްތަކުގައި ނަމާދު ކުރާ އަޑު މަޑުކުރަން އެންގީ، ނަމާދު ކުރާ ވަގުތު ލައުޑު ސްޕީކަރު ޖައްސާފައި ހުރުމުން ބައެއް އާންމުންގެ ޝަކުވާ އެކަމާ ގުޅިގެން ލިބުމުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނީ އިއްޔެ އެވެ.
  • މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އަމީނީ މަގު ހެދުމުގެ މަސައްކަތް ފެށުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އިން ތައްޔާރުވިއިރު އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުގައި އޮތްކަން ރިޕޯޓުކުރީ އިއްޔެ އެވެ.
  • ލ. އަތޮޅު ކަލައިދޫން ދަނބިދޫއަށް ކޯޒްވޭ އަޅައި ގުޅާލުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްދޭން އެ ރަށު ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެންނެވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ސަރުކާރުން ކުރިއަށްގެންދާ ޕްރޮޖެކްޓުތަކުގެ ސްޕީޑާއި ގުޅޭގޮތުން ސުވާލުކުރުމުން ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު "އަދަދު" ނޫހަށް ވިދާޅުވީ:

ޕްރޮޖެކްޓުތަކުގެ ސްޕީޑް ލަހެއް ނޫން. ކޮވިޑް ޕެންޑެމިކްގެ ދެ އަހަރަށް ފަހު ބާރު ސްޕީޑުގައި މަސައްކަތް ފެށިގެން ކުރިޔަށްދާއިރު، މި ޕްރޮޖެކްޓުތަކަކީ ޕްލޭނިން، ޑިޒައިނިން ފަދަ މަސައްކަތްތަކަށް ވެސް ވަގުތު ނަގާނެ މަސައްކަތްތައް. އަވަސް އަރުވާލައިގެން، ނަމަކަށް ޕްރޮޖެކްޓު ހިންގުމަކީ ސަރުކާރުން ކުރާނެ ކަމެއް ނޫން،

ދުވަހުގެ ފޮޓޯ

މާލޭ ސިންތެޓިކް ޓްރެކުގައި ފެށި މައިލޯ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ 100 މީޓަރު ދުވުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ނިންމަނީ. މި ރޭހުގެ އެއް ވަނަ ސާއިދު ހޯދީ 10.63 ސިކުންތުން ރޭސް ނިންމައިގެން --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
މާލޭ ސިންތެޓިކް ޓްރެކުގައި ފެށި މައިލޯ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ 100 މީޓަރު ދުވުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ނިންމަނީ. މި ރޭހުގެ އެއް ވަނަ ސާއިދު ހޯދީ 10.63 ސިކުންތުން ރޭސް ނިންމައިގެން --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މާލޭ ސިންތެޓިކް ޓްރެކުގައި ފެށި މައިލޯ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ 100 މީޓަރު ދުވުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ނިންމަނީ. މި ރޭހުގެ އެއް ވަނަ ސާއިދު ހޯދީ 10.63 ސިކުންތުން ރޭސް ނިންމައިގެން --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox