ބައެއް މިސްކިތްތަކުން ނަމާދުކުރާ އަޑު މަޑުކުރަން އެންގީ އާންމުންގެ ޝަކުވާއާ ގުޅިގެން: މިނިސްޓްރީ

މާލޭގެ މިސްކިތެއްގައި ބަޔަކު ނަމާދުކުރަނީ؛ ބައެއް މިސްކިތްތަކުގައި ނަމާދު ކުރާ އަޑު މަޑުކުރަން ވަނީ އަންގާފައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާލޭގެ މިސްކިތެއްގައި ބަޔަކު ނަމާދުކުރަނީ؛ ބައެއް މިސްކިތްތަކުގައި ނަމާދު ކުރާ އަޑު މަޑުކުރަން ވަނީ އަންގާފައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާލޭގެ ބައެއް މިސްކިތްތަކުގައި ނަމާދު ކުރާ އަޑު މަޑުކުރަން އެންގީ، ނަމާދު ކުރާ ވަގުތު ލައުޑު ސްޕީކަރު ޖައްސާފައި ހުރުމުން ބައެއް އާންމުންގެ ޝަކުވާ އެކަމާ ގުޅިގެން ލިބުމުން ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ބަންގި ގޮވުމަށް ފަހު، ނަމާދުކުރާ ވަގުތު ލައުޑު ސްޕީކަރު ނިއްވާލަން އަންގާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހް މިއަދު މި ނޫހަށް ވިދާޅުވި އެވެ.

"ބައެއް މިސްކިތްތަކުގެ އިމާމުންނަށް އަންގާފައިމިވަނީ ބާރަށް އެގޮތަށް [ނަމާދު ކުރާ ވަގުތު] އަޑު ހުރެގެން ޝަކުވާ ލިބިފައިވާތީ ހަމައެކަނި އެ މިސްކިތްތަކުގެ އިމާމުންނަށް،" އޭނާ ވިދާޅުވި އެވެ.

އަފްރާހު ވިދާޅުވި ގޮތުގައި މިނިސްޓްރީން އަބަދުވެސް އަމަލު ކުރަމުން އަންނަ އުސޫލަކީ ނަމާދު ކުރާ ވަގުތުގައި ވެސް ބޭރަށް އަޑު އިވޭ ގޮތަށް ހުރުން ކަމަށެވެ.

"އެހެންނަމަވެސް ޝަކުވާ އާންމުކޮށް އައިސްފައި މި ހުންނަނީ [ނަމާދު ކުރާ ވަގުތު] ލައުޑު ސްޕީކަރަށް އަޑު ދީފައި ހުންނާތީވެ، ބަންގި ގޮވަން އާންމުކޮށް ލައުޑު ސްޕީކަރު މި ބޭނުން ކުރަނީ، ނަމާދު ކުރާއިރު މި ހުންނަނީ ވަށައިގެން ހުންނަ ސްޕީކަރުތައް،" އޭނާ ވިދާޅުވި އެވެ.

މިއީ އާންމު އެންގުމެއް ނޫން ކަމަށް ވެސް އަފްރާހު ވިދާޅުވި އެވެ.

ނަމަވެސް، މިގޮތަށް އަންގާފައިވަނީ މާލޭގެ ކިތައް މިސްކިތަށް ކަމާއި އެއީ ކޮންކޮން މިސްކިތްތަކެއް ކަން އޭނާ ވިދާޅުވެފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox