މަލިކައްޑޫގެ ނިމުމާއި އިންޑިއާ އާއި ރާއްޖޭގެ ބޯޑަރު އެގްރީމެންޓުގެ އުފެދުން

މަލިކުގެ ގޮނޑުދޮށުގައި އެ ރަށުގެ ބަޔަކު މަޑުކޮށްލައިގެން --

މަލިކުގެ ގޮނޑުދޮށުގައި އެ ރަށުގެ ބަޔަކު މަޑުކޮށްލައިގެން --

އައްޑޫ އަތޮޅު މީދޫގައި ހުރި މިސްކިތަށް ވަގުފު ފަތްކޮޅެއް އެރުވުމަށް އިސްކަންދަރު ރަސްގެފާނުގެ ވެރިކަމުގައި އެމަނިކުފާނުގެ އަމުރަށް މީލާދީން 1675 ހާއިރު ލިޔެފައި އޮތް ފަތްކޮޅެއްގެ އޮތް އިބާރާތެއްގައި ލިޔެފައި ވަނީ "ބަސިސަލޯކަމެދުން، ފުރަގަޅަ އުއްދަޅަކޮޅު ސަވާދަސާސްތުރަ ސަވާލައްކަ ފަށަމިދީ މަލިކައްޑޫ މިދެމެދު އެކަށުއޮންނަމިކޮށު އަނެކަށެއްނެތީކޮށު" އެވެ.

އެ އިބާރާތްކޮޅުގައި އެ ވަނީ ރާއްޖޭގެ ކުރު ތައާރަފެކެވެ. އޭގައި ބުނާ ގޮތުން ރަސްގެފާނަކީ މަލިކުން ފެށިގެން އައްޑޫއާ ހަމައަށް ބެހިފައިވާ ރަށްތަކުގެ ވެރިޔާ އެވެ. އެހެން އިތުރު ބަޔަކަށް، މަލިކާއި އައްޑޫއާ ދެމެދުވާ އެއްވެސް ރަށަކަށް ހައްގެއް ނެތް ކަމަށް ފަތްކޮޅުގައި ބުނެފައިވެ އެވެ.

އިސްކަންދަރު ރަސްގެފާނުގެ ސިޓީގެ ދިވެހި ތަރުޖަމާއެއް
އިސްކަންދަރު ރަސްގެފާނުގެ ސިޓީގެ ދިވެހި ތަރުޖަމާއެއް

އިސްކަންދަރު ރަސްގެފާނުގެ ސިޓީގެ ދިވެހި ތަރުޖަމާއެއް: އެ ސިޓީގައި ބުނަނީ މަލިކުން ފެށިގެން އައްޑޫއާ ދޭތެރޭގައި ހިމެނެނީ ދިވެހިން ރަށްތައް ކަމަށް -- ފޮޓޯ: ނާޖިހް ދީދީ

އިސްކަންދަރު ރަސްގެފާނުގެ އެ ފަތްކޮޅުގައިވާ ފަދައިން އިހު ޒަމާނުގެ ގިނަ ފަތްފުށްތަކުގައި ރާއްޖޭގެ ސަރަހައްދު ބަޔާންކޮށްފައި އޮތް ނަމަ މަލިކަކީ ރާއްޖޭގެ ރަށެއްގެ ގޮތުގައި ވަނީ ގުނައިފަ އެވެ.

"މަލާބާރީން 1752 ގައި ރާއްޖެ ހިފުމާ ހަމައަށް ރާއްޖޭގެ ސަރަހައްދުގެ ވާހަކަ ދައްކާފައި ހުރި ނަމަ މަލިކައްޑޫގެ ވާހަކަ ލިޔެފައި ހުރި. އެކަމަކު އޭގެ ފަހުން ރާއްޖެއިން މަލިކު ހިފާކަށް ނުއުޅޭ މަލިކަކީ ރާއްޖޭގެ ރަށެއް ކަމަށް ވެސް ނުބުނޭ،" ދިވެހިރާއްޖޭގެ ތާރީހު ދިރާސާ ކުރައްވާ ނާޖިހް ދީދީ މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

އިންޑިއާގެ ލަކްޝަޑީޕު ޔޫނިއަން ޓެރިޓަރީގެ މަލިކަކީ މީގެ ކުރިން ދިވެހިރާއްޖޭގެ ރަށެއް ކަމަށް ދިވެހިންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ދަނެ އެވެ. ހީވެފައި އަދި އަޑު އިވިފައި އޮންނަނީ ވެސް އެގޮތަށެވެ. އެކަމަކު އެންމެނަށް ވެސް ހައިރާން ކަމެއް ލިބުނީ ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މަލިކަކީ "ދުވަހަކު ވެސް" ރާއްޖޭގެ ރަށެއް ނޫން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވުމުންނެވެ.

"ސާފުކޮށް އަޅުގަނޑު މި ދެންނެވީ ދިވެހިރާއްޖޭގެ ޓެރިޓަރީގައި ހިމެނޭ ރަށެއްގެ ގޮތުގައި ދުވަހަކު ވެސް އަޅުގަނޑުމެން ހިމަނާފައި އޮތް ރަށެއް ނޫން މަލިކަކީ،" އަސްލަމް އިއްޔެ ވިދާޅުވި އެވެ.

އަސްލަމްގެ އެ ވާހަކައާއެކު ތާރީހު ދިރާސާ ކުރާ ވަރަށް ގިނަ މީހުން އޭނާއަށް ރައްދު ދިނެވެ. މަލިކަކީ ތާރީހުގެ ތެރެއިން އެއް އިރެއްގައި ނުވަތަ ދުވަސްވަރުތަކެއްގައި ރާއްޖޭގެ ރަށެއް ކަމަށް ސާބިތު ކުރުމަށް ކުރީގެ ފަތްފުށްތަކާއި ތާރީހީ ލިޔުންތަކުން ހެކި ދެއްކި އެވެ. ތިރީގައި މި ވަނީ ރާއްޖޭގެ ރަށެއްގެ ގޮތުގައި މަލިކު ބަލައިގަތުން ހުއްޓާލި ގޮތާއި އޭގެ ފަހުން އިންޑިއާ އާއި ރާއްޖެއާ ދެމެދު ހެދި ކަނޑުގެ ސަރަހައްދު ވަކިކުރުމުގެ އެގްރިމެންޓުން އެކަން ރަސްމީވި ގޮތުގެ ވާހަކަ އެވެ.

އިހު ޒަމާނުގައި އުޅުނީ ގައުމުތަކުގެ ބޯޑަރު ވަކިކޮށް އެކަން އެނގޭނެ ގޮތަށް އެގްރިމެންޓުތައް ހަދައިގެނެއް ނޫނެވެ. ތާރީހު ދިރާސާ ކުރާ ފަރާތްތަކުން ސިފަ ކުރާ ގޮތުގައި އެ ޒަމާނުގައި އޮންނަނީ "ގަދަ މީހާއަށް" މޮޅު ގޮތެވެ. އާރާއި ބާރު ހުރި ނަމަ ދިވެހިރާއްޖެއިން އެހެން ގައުމަކަށް މީހުން ފޮނުވައިގެން އެ ގައުމަށް ހިސޯރުކުރަންވީ އެވެ. ހަމަ އެގޮތަށް އެ ފުރުސަތު އެހެން ގައުމުތަކަށް ވެސް އޮތެވެ. މިފަދައިން ކަންތައް ހިނގަމުންދިޔަ ޒަމާނުގައި ދިވެހިރާއްޖެ ހިފުމަށް ވަރަށް ގިނަ ފަރާތްތަކުން މަސައްކަތް ކުރި އެވެ. އޭގެ ތެރެއިން އެކަކީ ކަންނައްނޫރުގެ އަލީރާޖާ އެވެ.

"އަލީރާޖާއަކީ އަޅުގަނޑުމެން މިހާރު މި ކިޔާ އިންޑިއާ ސަރަހައްދުގައި އޮތް ކުޑަ ގައުމެއްގެ ރަސްގެފާނެ. އޭނާއަކީ ދިވެހިންނާ ނަސްލީ ގޮތުން ވެސް ގުޅުމެއް އޮތް މީހެއް ނޫން. އެކަމަކު އޭނާއަކީ ވެސް މުސްލިމެއް. އެ ނޫން ގޮތަކަށް ގުޅުމެއް ނެތް. އެކަމަކު މަލިކާއި ރާއްޖެއަކީ ވެސް އަލީރާޖާ ދުށް ގޮތުގައި އޭނާގެ ތަންތަން،" ރާއްޖެ އަޅުވެތިކުރަން މަސައްކަތް ކުރި އަލީރާޖާގެ ވާހަކަ ކިޔައިދެމުން ނާޖިހް ވިދާޅުވި އެވެ.

މީލާދީން 1752 ވަނަ އަހަރު އަލީރާޖާ ރާއްޖެ ހިފުމަށް އައިސް އެކަން ކާމިޔާބުކޮށް ހަތަރު ވަރަކަށް މަސް ދުވަހު އޭނާގެ ބާރުގެ ދަށުގައި ރާއްޖެ ބޭއްވި އެވެ. އެ ދަތުރުގައި އޭނާ އެންމެ ފުރަތަމަ ހިފީ މަލިކެވެ. ދެން މާލެ ހިފުމަށް އައީ ކަނޑުފަޅު ދަންނަ މީހުން މަލިކުން ގޮވައިގެނެވެ. އަލީރާޖާގެ ފަރާތުން މާލޭގެ ވެރިއަކަށް ވެސް ހަމަޖެއްސީ މަލިކު މީހެކެވެ.

"އޭގެ ފަހުން އެއްވެސް ލިޔުމެއްގައި ނެތް މަލިކަކީ ރާއްޖޭގެ ރަށެއް ކަމަށް. އަދި ފަހުން މަލާބާރީން ބަލި ކުރެއްވިއިރު ވެސް ރާއްޖެއިން މަލިކު ހޯދާކަށް ނޫޅޭ،" ނާޖިހް ވިދާޅުވި އެވެ.

ރާއްޖޭގެ ތާރީހުގައި ދިވެހިންގެ ރަށެއް ކަމަށް ލިޔެފައި އޮތީ ގިނަ މީހުންނަށް ހީވެފައި އޮންނަ ގޮތާ ހިލާފަށް ލަކްޝަޑީޕަށް ނިސްބަތްވާ ރަށްރަށުގެ ތެރެއިން މަލިކު އެކަންޏެވެ. އަލީރާޖާގެ އަތަށް 1752 ގައި މަލިކު ދިޔަފަހުން ރާއްޖޭގެ ވެރިން މަލިކަކީ ރާއްޖޭގެ ރަށެއްގެ ގޮތުގައި ބަލާފައެއް ނުވެ އެވެ. ރާއްޖޭގެ "ސިޔާސީ ކުށްވެރިންތަކެއް" މަލިކަށް ގޮސް ހިމާޔަތް ހޯއްދެވުމުން ޝަމްސުއްދީން ރަސްގެފާނު 1908 ގައި މަލިކަށް ފޮނުއްވި ފަތްކޮޅުން ވެސް އެކަން ވަރަށް ސާފުވެ އެވެ.

"އެ ފަތްކޮޅު ޝަމްސުއްދީން ރަސްގެފާނު ފޮނުއްވީ ސީދާ މަލިކަކަށް ނޫން. ފޮނުއްވީ ސްރީ ލަންކާގެ ކޮޅުނބުގައި ހުންނަ ދިވެހި ސަފީރު މެދުވެރިކޮށް. އެހެންވެ އޭގެން ވެސް އެނގޭ ޝަމްސުއްދީން ރަސްގެފާނު މަލިކު ދެކެވަޑައިގެންނެވީ ރާއްޖޭގެ ރަށެއްގެ ގޮތުގައި ނޫންކަން،" ނާޖިހް ވިދާޅުވި އެވެ.

މަލިކަކީ ރާއްޖޭގެ ރަށެއްގެ ގޮތުގައި ނުބެލި ނަމަވެސް ދިވެހިން ދިޔައީ އެ ރަށާ ދެމެދު ގާތް ގުޅުމެއް ބާއްވަމުންނެވެ. އެއިރު މަލިކު މީހުން ދަތުރު ހަދައިގެން ރާއްޖެ އައިސް އުޅުނެވެ. އަދި ދިވެހިން ވެސް އެކި ކަންކަމުގައި މަލިކަށް ގޮސް އުޅުނެވެ. އެކަމަކު 1956 ވަނަ އަހަރު ރާއްޖެ އާއި މަލިކާ ދެމެދު ދަތުރު ކުރުން މުޅިން މަނާވި އެވެ.

ރާއްޖެ އާއި މަލިކާ ދެމެދު ދަތުރު ކުރުން އާންމު ގޮތެއްގައި މަނާވިތާ 20 އަހަރު ފަހުން ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު ބޯޑަރު ކަނޑައެޅުމުގެ އެގްރިމެންޓެއް 1976 ވަނަ އަހަރު ހެދި އެވެ. އެ އެގްރިމެންޓުގައި ވަރަށް ސާފުކޮށް އުތުރުން ރާއްޖޭގެ ބޯޑަރު ކަނޑައެޅި އެވެ. އިންޑިއާގެ ފަރާތުން އެ އެގްރިމެންޓުގައި ސޮއި ކުރެއްވީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޔަޝްވަންތްރާއޯ ޗަވަން އެވެ. ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ އެއިރު މަސްވެރިކަމާ ބެހޭ ވަޒީރަކަށް ހުންނެވި މަންމާފުޅުގެ ފަރާތުން މަލިކަށް ނިސްބަތްވާ އަހުމަދު ހިލްމީ ދީދީ އެވެ.

"އެ އެގްރިމެންޓު ހެދުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ މީގެ ބޯޑަރު ކަނޑައަޅާ އެގްރިމެންޓެއް ކުރިން ހެދިފައި ނެތުން. ދެން މަސްވެރިކަމަށް އަދި ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ކަނޑައެޅުމަށް ވެސް މުހިންމު އެގްރިމެންޓެއް މިއީ،" ނާޖިހް ވިދާޅުވި އެވެ.

ރާއްޖެއިން 1976 ވަނަ އަހަރު ސޮއި ކުރި އެގްރިމެންޓުގައި ދެ ގައުމުގެ ބޯޑަރު ބެހި ގޮތުގެ ޗާޓު: އެ އެގްރިމެންޓުގެ ސަބަބުން ދެ ގައުމަށް ވެސް ފައިދާވި -- ފޮޓޯ: ފައިލް
ރާއްޖެއިން 1976 ވަނަ އަހަރު ސޮއި ކުރި އެގްރިމެންޓުގައި ދެ ގައުމުގެ ބޯޑަރު ބެހި ގޮތުގެ ޗާޓު: އެ އެގްރިމެންޓުގެ ސަބަބުން ދެ ގައުމަށް ވެސް ފައިދާވި -- ފޮޓޯ: ފައިލް

ރާއްޖެއިން 1976 ވަނަ އަހަރު ސޮއި ކުރި އެގްރިމެންޓުގައި ދެ ގައުމުގެ ބޯޑަރު ބެހި ގޮތުގެ ޗާޓު: އެ އެގްރިމެންޓުގެ ސަބަބުން ދެ ގައުމަށް ވެސް ފައިދާވި -- ފޮޓޯ: ފައިލް

އިންޑިއާ އާއި ރާއްޖެއާ ދެމެދު ބޯޑަރު ކަނޑައެޅުމުގެ އެގްރިމެންޓުގައި ޑިސެމްބަރު 28، 1976 ސޮއި ކުރުމުން އިތުރު ފައިދާތަކެއް ވެސް ލިބިގެންދިޔަ އެވެ. އެ އެގްރިމެންޓް ވެގެންދިޔައީ ކުރިއަށް އޮތް ތަނުގައި ވެސް ދެ ގައުމުގެ މެދުގައި އުފަންވެދާނެ މައްސަލައެއްގެ ހައްލަކަށެވެ. އެކަން އެނގެނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން އެ އޮފީހުގެ ވެބްސައިޓުގައި ޝާއިއު ކުރި "އިންޑިއާ-މޯލްޑިވްސް ބައިލިޓެރަލް ރިލޭޝަންސް" ޑޮކިއުމަންޓުންނެވެ.

"އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތީ ސިޔާސީ އެއްވެސް އަރައިރުމެއް ނެތް ބަދަހި ގުޅުމެއް. މިނިކޮއި އައިލެންޑަކީ ރާއްޖޭގެ ސަރަހައްދެއް ކަމަށް ދިވެހިން ކުރިން ކުރި ދައުވާ 1976 ވަނަ އަހަރު ސޮއި ކުރި މެރިޓައިމް ބައުންޑަރީ ޓްރީޓީގެ ސަބަބުން ވަނީ ހައްލުވެފަ. މިނިކޮއި އައިލެންޑަކީ އިންޑިއާގެ މުހިންމު ސަރަހައްދެއްކަން ރާއްޖެއިން އެގްރިމެންޓުގައި ގަބޫލު ކުރޭ،" ސެޕްޓެމްބަރު، 2020 ގައި ޝާއިއު ކުރި އެ ޑޮކިއުމެންޓުގައި ބުނެ އެވެ.

މަލިކާ ރާއްޖެއާ ދެމެދު އޮތް ގުޅުން ފަތްފުށްތަކުން ވަރަށް ސާފުކޮށް އެނގެ އެވެ. މިހާރު މަލިކަކީ އިންޑިއާގެ ރަށެއްކަމާމެދު ދެބަސް ނުވެވުނު ނަމަވެސް މަލިކަކީ މީގެ ކުރިން ރާއްޖޭގެ ރަށެއް ނޫން ކަމަށް ބުނެވޭނެ އެއްވެސް ޖާގައެއް ނެތެވެ. ތާރީހު އެކަން ދޮގު ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox