ހުލާސާކޮށް އިއްޔެ: އޭ-ލެވަލް އިމްތިހާނަށް ބޮޑު ބަދަލެއް، އެޑެކްސެލްގެ ބަދަލުގައި ދެން ހަދާނީ ކެމްބްރިޖު

ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްސީ) ގެ ދަރިވަރުންތަކެއް އިމްތިހާނު ހަދަނީ --- ފޮޓޯ: އަދަދު

ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްސީ) ގެ ދަރިވަރުންތަކެއް އިމްތިހާނު ހަދަނީ --- ފޮޓޯ: އަދަދު

ރާއްޖޭގައި އޭލެވެލް ހަދާ ދަރިވަރުންނަށް ދެމުން ގެންދާ އެޑެކްސަލް އިމްތިހާންގެ ބަދަލުގައި ކޭމްބްރިޖް އިމްތިހާން ދޭން އެޑިޔުކޭޝަން މިނިސްޓްރީން ނިންމައި އެކަން އިއުލާނުކުރީ އިއްޔެ އެވެ.

އޭ-ލެވަލް އިމްތިހާނު ބަދަލުކުރުމާ ގުޅިގެން މިނިސްޓްރީން ބުނީ އަންނަ އަހަރުން ފެށިގެން މަތީ ސާނަވީ ގްރޭޑުތަކުގައި، އެއީ ގްރޭޑު 11 އަދި 12 ގައި، ކިޔަވައިދޭނީ މިހާރު ވެސް އޯލެވަލްގައި ކިޔަވައިދޭ ކޭމްބްރިޖް ސިލަބަހަށް ކަމަށެވެ.

މިބަދަލާ ގުޅިގެން މިނިސްޓްރީއަށް އަމާޒުވަމުންދާ ފާޑުކިިޔުންތަކަށް ރައްދުދެމުން އެޑިޔުކޭޝަނުން އިއްޔެ ބުނީ މިއީ ކުއްލިއަކަށް ނިންމި ނިންމުމެއް ނޫންކަން ސާފުކޮށްދެމުން މިކަމަށް މަޝްވަރާކުރާތާ އަހަރުތަކެއް ވެފައިވާ ކަމަށް ބުނެފަ އެވެ.

އެގޮތުން، މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި އެޑިޔުކޭޝަނުން ބުނި ގޮތުގައި މިއީ އޯލެވަލްގައި ކޭމްބްރިޖް އިމްތިހާނު ހެދުމަށް ފަހު އޭލެވަލްގައި އެޑެކްސެލް މާއްދާތައް ކިޔަވަން ޖެހުމުން ދަރިވަރުންނަށް ދިމާވާ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުން 2019 ވަނަ އަހަރުގެ ކުރީކޮޅުގައި ބޭއްވުނު ކަރިކިޔުލަމް ރިވިއު ސިމްޕޯސިއަމްގަައި ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި، ލީޑިން ޓީޗަރުންނާއި އަދި ޓީޗަރުންނާއެކު ކުރެވުނު މަޝްވަރާތަކުގެ އަލީގައި ނިންމި ނިންމުމެކެވެ.

މި ބަދަލު ގެންނަން ނިންމި އެހެން ސަބަބުތައް ފާހަގަކުރަމުން އެޑިޔުކޭޝަނުން ބުނީ ކޭމްބްރިޖް އިމްތިހާނަކީ ބައިނަލްއަގުވާމީ މުޖުތަމައަށް ހާއްސަ އިސްކަމެއްދޭ، އަދި ބައިނަލްއަގުވާމީ ދަރިވަރުންނަށް ހާއްސަ އިމްތިހާނެއް ކަމަށެވެ. އަދި ކޭމްބްރިޖްގެ އޭ-ލެވަލްއަކީ ލީނިއާ އިމްތިހާނަކަށް ވުމުން ކިޔަވައިދިނުމަށާއި އިމްތިހާނަށް ރަނގަޅަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ލިބި، ދަރިވަރުން އުނގެނޭ މަފްހޫމްތައް އެކަތިއަނެކައްޗާ ގުޅުވުމަށް މާބޮޑަށް ފަސޭހަވެ، ދަރިވަރުންގެ ޖުމުލަ ނަތީޖާ ރަނގަޅުވެ މުޖުތަމަޢަށް ލޯ ހުޅުވޭމިންވަރު ބޮޑުކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އޭގެ އިތުރުން މިއީ އިމްތިހާނުގެ ކަންކަން ރާވައި ހިންގަން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް އަދި ސްކޫލުތަކަށް އެތައް ފަސޭހަތަކެއް ލިބިގެން ދާނެ ކަމެއްގެ ގޮތުގައި މިނިސްޓްރީއަށް ފާހަގަވާ ކަމަށް ވެސް ބުންނެވެ.

ކޭމްބްރިޖް އިމްތިހާނަށް ބަދަލުކުރުމާ ގުޅުވާ މިނިސްޓްރީއަށް އަމާޒުވީ އަނެއް ފާޑުކިޔުމަކީ ކޭމްބްރިޖަކީ އެޑެކްސެލްއަށް ވުރެ ފެންވަރު ދަށް ނުވަތަ ފެންވަރުގައި ތަފާތުތަކެއް އުޅޭ އިމްތިހާނެއް ކަމަށް ބައެއް މީހުން ބުނުމެވެ. މިކަމާ ގުޅުވާ އެޑިޔުކޭޝަނުން ބުނީ ފެންވަރުގައި ތަފާތެއް ހުރިކަަމަށް ފާހަގަކުރެވިފައި ނުވާ ކަމަށާއި މި ދެ އިމްތިހާނުގެ ނަތީޖާއަކީ ވެސް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ނަތީޖާތަކެއް ކަމަށެވެ.

އަންނަ އަހަރުން ފެށިގެން ކޭމްބްރިޖް ސިލަބަސް ފެށި ނަމަވެސް މި އަހަރު މަތީ ސާނަވީ ގްރޭޑް 11 ގައި ކިޔެވުން ފަށާ ދަރިވަރުންގެ އިމްތިހާނުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް މިނިސްޓްރީން ވަނީ އަންގާފަ އެވެ.

އިމްތިހާނަށް އަމަލުކުރަން ފަށާނެ ޝެޑިއުލް

  • 2023-2024 ވަނަ އަހަރު ކެމްބްރިޖް އިންޓަނޭޝަނަލް އޭ-އެސް އިމްތިހާނު ބޭއްވުން
  • 2024 ވަނަ އަހަރުގެ އޮކްޓޫބަރު/ ނޮވެމްބަރުގައި އިމްތިހާނު ބޭއްވުން
  • 2024-2025ވަނަ އަހަރު ކެމްބްރިޖް އިންޓަނޭޝަނަލް އޭ-އެސް އިމްތިހާނު ބޭއްވުން
  • 2025ވަނަ އަހަރުގެ އޮކްޓޫބަރު/ ނޮވެމްބަރުގައި އިމްތިހާނު ބޭއްވުން

ބައެއް މުހިންމު ހަބަރުތައް

  • އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ދައުރުކުރަން ބޭނުންކުރުމާ ގުޅިގެން ފްރީޒްކޮށްފައިހުރި އެސްއޯއެފް ކުންފުނީގެ އެކައުންޓްތަކާއި އެ ކުންފުންޏާ ގުޅުންހުރި އެހެން އެކައުންޓްތައް ދޫކޮށްލުމަށް ސިވިލް ކޯޓުން އަމުރުކުރީ އިއްޔެ އެވެ.
  • އިންސާފު ހޯދުމަށްކަމަށް ބުނެ ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނާމެދު ގާނޫނުތަކާ ހިލާފު އަނިޔާވެރި އަމަލުތައް ހިނގުން ހުއްޓާލުމަށް ފުލުހުން އިލްތިމާސްކުރީ އިއްޔެ އެވެ.
  • ރައީސް އޮފީހުގެ ތަރުޖަމާނަކަށް ފޮރިން މިނިސްޓްރީގެ ކުރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މުހައްމަދު މިއުވާން ހަމަޖެއްސީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ރާއްޖޭގެ އުތުރުގައި މިހާރު އިންޑިއާގެ ރަށެއްގެ ގޮތުގައި އޮތް މަލިކަކީ އެއްވެސް އިރެއްގައި ރާއްޖޭގެ ރަށެއް ނޫން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވުމާ ގުޅިގެން "އަދަދު" އާ ވާހަކަ ދައްކަމުން ހެރިޓޭޖް މިނިސްޓްރީގެ ރިސާޗް އެނަލިސްޓް އަދި ޒުވާން ތާރީހު އިލްމުވެރިޔާ އަހުމަދު އަލާ ދީދީ ވިދާޅުވީ:

ރާއްޖޭގެ ސަރަހައްދު ބަޔާން ކުރާ އިރު މަލިކައްޑޫ މިދެމެދު، އެހެން ވެސް އެބަހުރި ލިޔެފައި. އެހެރީ ފަތްފަތްކޮޅުތަކުގައި ވެސް ފެންނަން. ހޮޅީން ރާއްޖެ އަރާ ރާއްޖެ އަޅުވެތިކުރުމާ ހަމައަށް މަލިކު އޮތީ ދިވެހީންގެ އަތްދަށުގައި. އެހެން އޮވެފައި 1752 ގައި ރާއްޖޭގެ އަތްދަށުން މަލިކު އަަސްލުގައި މި ނެއްޓުނީ،

ދުވަހުގެ ފޮޓޯ

ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގެ ފުރަތަމަ ބުރުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ދެވަނަ ޑިވިޝަނުގެ ޗެމްޕިއަން ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން. މި މެޗު 2-0 ކާމިޔާބުކުރީ ސަސް. --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގެ ފުރަތަމަ ބުރުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ދެވަނަ ޑިވިޝަނުގެ ޗެމްޕިއަން ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން. މި މެޗު 2-0 ކާމިޔާބުކުރީ ސަސް. --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގެ ފުރަތަމަ ބުރުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ދެވަނަ ޑިވިޝަނުގެ ޗެމްޕިއަން ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން. މި މެޗު 2-0 ކާމިޔާބުކުރީ ސަސް. --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox