ހުލާސާކޮށް އިއްޔެ: މެމްބަރުންގެ އަދަދު 87 ގައި ހިފަހައްޓަން ގާސިމާއި ނަޝީދު އެއްގަލަކަށް

ހުލާސާކޮށް އިއްޔެ: މެމްބަރުންގެ އަދަދު 87 ގައި ހިފަހައްޓަން ގާސިމާއި ނަޝީދު އެއްގަލަކަށް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު, 87 ގައި ހިފަހައްޓައި އެއަށްވުރެ އެ އަދަދު ގިނަ ނުވާނެ ގޮތް ހެދުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ގާނޫނުއަސާސީއަށް ހުށަހެޅުއްވި އިސްލާހަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތާއިދުކުރެއްވީ އިއްޔެ އެވެ.

ގާސިމްގެ އިސްލާހާ ގުޅޭ ގޮތުން "އަދަދު"އިން ޝާއިއުކުރި ހަބަރު ރީޓްވީޓް ކުރައްވަމުން ނަޝީދު ވިދާޅުވީ ގާސިމް ހުށަހެޅުއްވި އިސްލާހަކީ މުހިންމު އިސްލާހެއް ކަމަށެވެ. މަޖިލިސް އެކުލެވިގެންވާ ގޮތާއި މަޖިލީހުގެ ދައުރާ ބެހޭ ގޮތުން ވެސް ވިސްނުން ވަރަށް ބޭނުންތެރި ކަމަށެވެ.

ނަޝީދު މިހެން ވިދާޅުވިއިރު, އެމަނިކުފާނު ގެންދަވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމަނީ ނިޒާމަކަށް ބަދަލުކުރުމަށް ކެމްޕެއިން ކުރައްވަމުންނެވެ. އެ ނިޒާމްގައި ސަރުކާރު އުފެދިގެން އަންނާނީ މަޖިލީހުގެ ތެރެއިންނެވެ. އެގޮތުން, ބޮޑު ވަޒީރާއި މިނިސްޓަރުން އައްޔަންވެގެން ދާނީ މަޖިލިސް މެންބަރުންގެ ތެރޭންނެވެ.

ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި މިހާރު ބުނެފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ ފުރަތަމަ ފަސްހާސް މީހަކަށް ނުވަތަ ފަސްހާސް މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން ތިބެންޖެހޭނެ އެވެ.

އަދި, އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީ ފަސްހާހަށްވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ ފަސްހާސް މީހުންނަށްވުރެ އިތުރުވާ ކޮންމެ ފަސްހާސް މީހަކަށް މެންބަރެއް ހުންނަން ޖެހޭނެ އެވެ.

ގާސިމް, އިސްލާހު ހުށަހަޅުއްވާފައިވަނީ މި މާއްދާ ބަދަލުކުރުމަށެވެ. އެގޮތުން އޭނާގެ ހުށަހެޅުމަކީ, ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދަކީ 87 ކަމަށް އެ މާއްދާގައި ބަޔާން ކުރުމެވެ. އަދި, 87 އިންތިހާބީ ދާއިރާ ކަނޑައެޅުމަށްފަހު, އެއިން ކޮންމެ އިންތިހާބީ ދާއިރާއަކުން އެއް މެންބަރަކު އިންތިހާބު ކުރުމެވެ.

މި އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް ގާސިމް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިފެހެއްޓުމެއް ނެތި އިތުރުވަމުންދާނަމަ, އެއީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް ބޭނުންވާ ނުވާ މިންވަރުގެ އަދަދުގެ މެންބަރުން ކަމަށެވެ.

"އިގުތިސޯދީ ގޮތުންނާއި އަދި އެ ނޫން ވެސް ގޮތްގޮތުން ގޮންޖެހުންތައް މިކަމުގައި ކުރިމަތިވާނެތީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ވަކި އަދަދަކަށް ކަނޑައަޅާފައި ގާނޫނުއަސާސީން ނިންމާފައި ބޭއްވުމަކީ މުހިންމު ކަމެއް," ގާސިމް ވިދާޅުވެފައިވެ އެވެ.

ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބާރު އޮތީ، 261 ވަނަ މާއްދާގައި ލިޔެފައިވާ ގޮތުން، މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައި އަޣުލަބިއްޔަތަށެވެ. އެއީ، މެންބަރުންގެ 75 ޕަސެންޓެވެ. މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ އެމްޑީޕީގައި އެ އަދަދަށް، 65 މެމްބަރުން އެބަތިއްބެވެ.

ފެހި ގާނޫނުއަސާސީގެ ދަށުން އެންމެ ފުރަތަމަ އިންތިހާބުކުރި ރައްޔިތުންގެ މަޖިލީހުގައި 77 މެންބަރުން ތިއްބެވެ އެވެ. އޭގެފަހުން 2014 ވަނަ ބޭއްވި އިންތިހާބުގައި 85 މެންބަރުން އިންތިހާބު ކުރަން ޖެހުނުއިރު, މިހާރު އޮތް މަޖިލީހުގައި ތިއްބަވަނީ 87 މެންބަރުންނެވެ.

އަންނަ 2024 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނެއިރު, އާބާދީއަށް މިހާރު އައިސްފައިވާ ބަދަލާއެކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އަނެއްކާވެސް އިތުރުވާނެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • މާލެ އާއި ވިލިމާލެ، ތިލަފުށްޓާ އެކު ގުޅައިލުމަށް އަޅާ ބްރިޖްގެ މަސައްކަތުގައި ބޭނުންކުރާ ޕްލެޓްފޯމެއް، ވިލިމާލޭ ފަރަށް އަރާފައި އޮންނަތާ ހަފްތާއެއްހާ ދުވަސްވެ ކަންބޮޑުވުންތައް އިތުރުވެފައިވަނިކޮށް، ދެ ދުވަސް ތެރޭ ޕްލެޓްފޯމު ނަގާނެ ކަމަށް އެ މަސައްކަތްކުރަމުންދާ އެފްކޯންސް އިން ބުނީ އިއްޔެ އެވެ.
  • ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު އިސްތިއުފާ ދެއްވީ މިއަދު އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ބަހުގެ ހިދުމަތް ފަށަން ކުރި އިންވެސްޓްމަންޓު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށް ބަދަލުކުރީ 10 އަހަރުން ދައްކާ ހަލާސްކުރާ ގޮތަށް ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ވ. އާރަށް ކުއްޔަށް ދޫކޮށްގެން ހިންގި ހިޔާނާތުގެ މައްސަލާގައި މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގައި އެމްއެމްޕީއާރުސީ ހިޔާނާތުގެ މުއާމަލާތްތަކެއް ހުރި ތިން އައިފޯނެއް ތަހުލީލުކޮށް ބެލި ފަރަޑޭ ފޮރެންސިކްސްގެ މާހިރު، މާކް ހެކިބަސް ދެމުން ބުނީ:

ދިވެހި ފުލުހުންގެ ހިދުމަތުން އަޅުގަނޑާ ހަމައަށް އައީ، ގައުމެއްގެ ގާނޫނީ ޝަހްސަކުން އެ މައުލޫމާތުތައް އެދުމުން ދެން އަޅުގަނޑު އެ މައުލޫމާތުތަކެއް ފޯރުކޮށްދިނިން،

ދުވަހުގެ ފޮޓޯ

ހއ. ހޯރަފުށީގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއިން ގާއިމުކުރި އެވިއޭޝަން އެކަޑަމީގެ ފަޔާ ސިމިއުލޭޓާ ލޯންޗުކުރުމުގެ ތެރެއިން. ފަޔާ ސިމިއުލޭޓާއަށް ތައްޔާރުކުރާ މަތިންދާބޯޓު ބިނާކުރަން އެއާޕޯޓްގެ ފަންނީ މުވައްޒަފުންނާއެކު ހޯރަފުށި އެކިއެކި ފަންނީ މީހުން ވެސް މަސައްކަތް ކުރި. އަސްލު މަތިންދާބޯޓަކާ ވައްތަރުކޮށް ފެންނަ އެ ބޯޓަކީ، އެތައް އަލިފާން ރޯކޮށް ނިއްވާލުމަށް ފަހު ވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައި ހުންނަ ބޯޓެއް. --- ފޮޓޯ: އާރުއޭސީއެލް
ހއ. ހޯރަފުށީގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއިން ގާއިމުކުރި އެވިއޭޝަން އެކަޑަމީގެ ފަޔާ ސިމިއުލޭޓާ ލޯންޗުކުރުމުގެ ތެރެއިން. ފަޔާ ސިމިއުލޭޓާއަށް ތައްޔާރުކުރާ މަތިންދާބޯޓު ބިނާކުރަން އެއާޕޯޓްގެ ފަންނީ މުވައްޒަފުންނާއެކު ހޯރަފުށި އެކިއެކި ފަންނީ މީހުން ވެސް މަސައްކަތް ކުރި. އަސްލު މަތިންދާބޯޓަކާ ވައްތަރުކޮށް ފެންނަ އެ ބޯޓަކީ، އެތައް އަލިފާން ރޯކޮށް ނިއްވާލުމަށް ފަހު ވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައި ހުންނަ ބޯޓެއް. --- ފޮޓޯ: އާރުއޭސީއެލް

ހއ. ހޯރަފުށީގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއިން ގާއިމުކުރި އެވިއޭޝަން އެކަޑަމީގެ ފަޔާ ސިމިއުލޭޓާ ލޯންޗުކުރުމުގެ ތެރެއިން. ފަޔާ ސިމިއުލޭޓާއަށް ތައްޔާރުކުރާ މަތިންދާބޯޓު ބިނާކުރަން އެއާޕޯޓްގެ ފަންނީ މުވައްޒަފުންނާއެކު ހޯރަފުށި އެކިއެކި ފަންނީ މީހުން ވެސް މަސައްކަތް ކުރި. އަސްލު މަތިންދާބޯޓަކާ ވައްތަރުކޮށް ފެންނަ އެ ބޯޓަކީ، އެތައް އަލިފާން ރޯކޮށް ނިއްވާލުމަށް ފަހު ވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައި ހުންނަ ބޯޓެއް. --- ފޮޓޯ: އާރުއޭސީއެލް

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox