އަލީ ސޯލިހު ސަލާމަތްވީ ހަމަ ކިރިޔާ!

އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް މީހަކު ވަޅިން ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއަކުން ނަގާފައިވާ މަންޒަރެއް. އޭނާ މިއަދު ސަލާމަތްވީ ހަމަ ކިރިޔާ

އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް މީހަކު ވަޅިން ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއަކުން ނަގާފައިވާ މަންޒަރެއް. އޭނާ މިއަދު ސަލާމަތްވީ ހަމަ ކިރިޔާ

ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު މަރައިލަން މިއަދު މީހަކު ދިން ހަމަލާއިން އޭނާ ސަލާމަތްވީ ވަރަށް ހަނި ގޮތަކަށް ކަން އެ މަންޒަރު ފެންނަ ވީޑިއޯއަކުން އެނގިއްޖެ އެވެ.

މިހާރު ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ސައިކަލެއްގެ މަތީގައި އިން އަލީއަށް ހަމަލާދިން މީހާ ގައިގާ ހުރިހާ ބާރެއް ލާފައި ވަޅިއަޅަން މަސައްކަތްކުރީ އަލީގެ ކަރުގަ އެވެ. ފުރަތަމަ ފަހަރު އޭނާ ވަޅި މަޅައިލުމުން އަލީ ދިފާއުވީ ހަމަލާދިން މީހާއާ ދުރަށް އަރިވެގެންނެވެ. ދެވަނަ ފަހަރަށް އޭނާ ހަމަލާ ދިނީ ވީޑިއޯއިން ފެންނަ ގޮތުގައި އަލީގެ ކުރިމަތިން ވަރަށް ކައިރިއަށް ޖެހި ހުރެ އެވެ.

ކަރުގައި ވަޅި އަޅަން އުޅުމުން އަލީ އޭނާގެ ވައަތް ހުރަސްކޮށް އެ ހަމަލާއިން ސަލާމަތްވެ، ސައިކަލް ދޫކޮށްލާފައި ދުވެފައި ދާތަން ވީޑިއޯއިން ފެނެ އެވެ.

އެވަގުތު މަގުމަތީގައި ތިބި މީހުންގެ ތެރެއިން ބައެއް މީހުން، ހަމަލާދިން މީހާއާ ދިމާލަށް ދިޔަކަން ވީޑިއޯއިން އެނގެ އެވެ.

"ނާންނާތި އެއް ... ވެސް، އަތް ލައިފިއްޔާ ކަތިލާނަން،" ހަމަލާދިން މީހާ އެވަގުތު ބުނާ އަޑު އިވެ އެވެ.

އަލީ ސޯލިހަށް ހަމަލާދިން މީހާ މިހާރު ވަނީ ފުލުހުން ހައްޔަރުކޮށްފަ އެވެ. އެއީ ސަލްމާން މިސްކިތުގެ މިމްބަރަށް އަރައި ހަޅޭއްލެވި މައްސަލައެއްގައި މީގެ ކުރިން ހައްޔަރު ކުރި މީހާ އެވެ.

އަލީ "އަދަދު" އަށް ވިދާޅުވީ އޭނާއަށް ހަމަލާދިނީ ހުޅުމާލޭ މަގުމަތިން ކަމަށާއި ހަމަލާދިން މީހާ މަސައްކަތް ކުރީ ކަރުގައި ވަޅި އަޅަން ކަމަށެވެ.

"އަޅުގަނޑު ހުރީ ސައިކަލުގައި. އޭނާ ވެސް ސައިކަލުގައި ފަހަތުން އައިސް ފުރަތަމަ ހަޅޭއްލެވީ. ފަހުން ދަބަހުން ވަޅިއެއް ނަގައި ހަމަލާދިނީ،" އަލީ ސޯލިހު ކިޔައިދިނެވެ.

އޭނާ ވިދާޅުވީ ހަމަލާދިން މީހާގެ ވަޅި އޭނާގެ ކަރަށް އަމާޒުނުވީ އަތް ނެގުމުން ކަމަށެވެ. ނަމަވެސް އަތަށް ގެއްލުންވި ކަމަށާއި މިހާރު އެކަމަށް ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަޅި ނަގާ ހޫރާލިތަނާ އަޅުގަނޑު އޭނާގެ ގަޔާ ދިމާލަށް ސައިކަލު ދުއްވާލާފަ، ސައިކަލުން ފައިބައިގެން ދުވެ، ފިލީ. ޕިކަޕަކަށް ގޮސް އެރީ،" އެ ވަގުތު ކަންތައް ހިނގި ގޮތް އަލީ ސޯލިހު ތަފްސީލުކޮށްދެއްވަމުން އަލީ ވިދާޅުވި އެވެ.

ފުލުހުން ބުނީ އަލީ ސޯލިހަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލަ މިއަދު 13:26 ގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަލީއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox