ރޭ މެންދަމު ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.
ހައިވޭގައި ދުއްވާފައި ދަނިކޮށް ފުރޮޅާލާފައި ވަނީ ފުލުހުންގެ ކާރެކެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭ މެންދަމު 2:58 ހާއިރެވެ.
މި އެކްސިޑެންޓުގައި އަނިޔާވީ ކާރުގައި ތިބި ތިން މީހުންނަށް ކަމަށް ފުލުހުން ބުނެ އެވެ. އަދި ތިން މީހުންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.
މި އެކްސިޑެންޓާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.












