ސިއްހަތާއި ޕެންޝަނަށް ކުރާ ހޭދަ ތަރައްގީވެފައިވާ ގައުމުތަކާ އެއް ހަމައިގައި

އާސަންދަ ހެލްތު އިންޝުއަރެންސް ލިބޭ ބޭސް ފިހާރައެއްގެ ބޭރުގައި މީހަކު މަޑުކޮށްލައިގެން: އާސަންދައިން ފައިދާތަކެއްވީ ނަމަވެސް މައްސަލަތައް ހައްލުނުކޮށްފި ނަމަ ހަރަދުތައް ބޮއްސުންލައިގެން ގޮސްދާނެ ކަމަށް ވާލްޑް ބޭންކުން އިލްތިމާސްކުރޭ. -- ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

އާސަންދަ ހެލްތު އިންޝުއަރެންސް ލިބޭ ބޭސް ފިހާރައެއްގެ ބޭރުގައި މީހަކު މަޑުކޮށްލައިގެން: އާސަންދައިން ފައިދާތަކެއްވީ ނަމަވެސް މައްސަލަތައް ހައްލުނުކޮށްފި ނަމަ ހަރަދުތައް ބޮއްސުންލައިގެން ގޮސްދާނެ ކަމަށް ވާލްޑް ބޭންކުން އިލްތިމާސްކުރޭ. -- ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ދިވެހި ސަރުކާރުން ބޭސް ފަރުވާއަށާއި ޕެންޝަނަށް ކުރާ ހޭދަ ތަރައްގީވެފައިވާ އިގުތިސޯދުތަކާ އެއް ހަމަ ކަމަށް ވާލްޑް ބޭންކުން ބުނެފި އެވެ.

ވާލްޑް ބޭންކުން އެންމެ ފަހުން ނެރުނު ދިވެހި ދައުލަތުގެ "ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު"ގައިވާ ގޮތުގައި، ބޭސް ފަރުވާއަށް އެކަނި ވެސް އިގުތިސޯދީ އުފެއްދުންތެރިކަމުގެ ހަތް ޕަސެންޓު ނުވަތަ ސަރުކާރުގެ ބަޖެޓުގެ ފަސްބައިކުޅަ އެއްބަޔާ އެއްވަރުގެ ހަރަދެއް ކުރެ އެވެ. ތަރައްގީވެފައިވާ ގައުމުތަކުން ސިއްހީ ފަރުވާއަށް ހޭދަކުރާ އެވަރެޖު އުޅެނީ އުފެއްދުންތެރިކަމުގެ 5.5 ޕަސެންޓުގަ އެވެ.

ބޭސް ފަރުވާގެ ކަންކަމަށް ކުރަމުންދާ ހޭދަ އަހަރުން އަހަރަށް އިތުރުކުރަމުންދާއިރު، މިހާރު ވެސް ރާއްޖެއަކީ ދެކުނު އޭޝިއާ ގައުމުތަކުގެ ތެރެއިން "ހެލްތު އައުޓްކަމްސް" ނޫނީ ފަރުވާގެ ސަބަބުން އެންމެ ރަނގަޅު ނަތީޖާއެއް ނެރޭ ގައުމު ކަމަށް ވާލްޑް ބޭންކުން ބުންޏެވެ.

ބޭސް ފަރުވާއަށް ކުރާ ހޭދައިގެ ބޮޑު ބަޔެއް ހިއްސާކުރަނީ ކޮންމެ ދިވެއްސަކަށް ލިބޭ އާސަންދަ ހެލްތު އިންޝުއަރެންސެވެ.

މި ސްކީމުގައި ހުރި ރަނގަޅުކަންކަން ފާހަގަކުރަމުން ވާލްޑް ބޭންކުން މިހާރު ރާއްޖޭގައި ތިބެގެން ފަރުވާ ހޯދުން އިތުރުވެފައިވާ ކަމަށެވެ. އެކަމަކު ބޭހުގެ އަގާއި ޑޮކްޓަރަށް ދެއްކުމުގެ އަގު އުފުލުމުން ދިޔުމާ ގުޅިގެން އާސަންދައަށް ކުރާ ހޭދަ އިތުރުވުމަކީ މައްސަލައެއް ކަމަށް ބުންޏެވެ.

އެ ރިޕޯޓުން ދައްކާ ގޮތުގައި ރާއްޖޭގައި ބޭހުގެ އަގުތައް ހުރީ، ބައިނަލްއަގުވާމީ ބެންޗުމާކުތަކަށް ވުރެ 15 ގުނައާ 75 ގުނަ މަތީގަ އެވެ.

ސަރުކާރުން ވަނީ މި މައްސަލަތައް ހައްލުކުރުމުގެ ގޮތުން ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅުމާއި ބޭހުގެ ބަލްކް ޕްރޮކިޔުމަންޓް ފަދަ ކަންކަން ތައާރަފުކުރުމުގެ މަސައްކަތް ފަށާފަ އެވެ. މިކަންކަން އިއުލާނުކުރި ނަމަވެސް މިއަދާ ހަމައަށް އަދި އެއިން އެއްވެސް ކަމެއް ތަންފީޒުކޮށްފައި ނުވެ އެވެ.

ހަމައެގޮތަށް ކުރިއަރާފައިވާ އިގުތިސޯދުތަކާ އަޅާކިޔާއިރު ރާއްޖޭގެ ޕެންޝަންގެ ނިޒާމަކީ ވެސް ދީލަތި އަދި ފުދޭ ނިޒާމެއް ނަމަވެސް މުސްތަގުބަލަށް ވިސްނާއިރު ހައްލުކުރަން ޖެހޭ މައްސަލަތައް ވެސް އެބަހުރި ކަމަށް ވާލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކުރި އެވެ.

މިހާރު ޕެންޝަން ނިޒާމު ބައްޓަން ކުރެވިފައިވާ ގޮތުން ވަޒީފާ އަދާކުރާ މީހަކު ރިޓަޔާކުރުމުން އެ މީހެއްގެ އެވަރެޖު އާމްދަނީގެ 107 ޕަސެންޓު ލިބެ އެވެ. އަދި 65 އަހަރުން މަތީގެ ކޮންމެ މީހަކަށް 5000ރ. ލިބެ އެވެ.

ޕެންޝަން ނިޒާމު ރަނގަޅު ނަމަވެސް މުސްކުޅިވާ އާބާދީ އިތުރުވަމުންދާ ވަރަކަށް ޕެންޝަނަށް ކުރާ ހަރަދު އިތުރުވެ މައްސަލަތަކެއް ނުކުމެދާނެ ކަމަށް ވާލްޑް ބޭންކުން ބުންޏެވެ. މިހެން ދިމާވަނީ ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރާ މަސައްކަތްތެރިންގެ އާބާދީ ކުޑަވުމާއި ޕެންޝަން ނިޒާމު އެކުލަވާލެވިފައި އޮތް ގޮތުން ޑަބަލް ޕެންޝަން ފަދަ އިނާޔަތްތައް ލިބޭތީ އެވެ.

ޕެންޝަން އޮފީހާ ހަވާލާދީ ވާލްޑް ބޭންކުން ބުނީ ރާއްޖޭގައި ޕެންޝަން ސްކީމަށް ފައިސާ ޖަމާކުރަނީ މަސައްކަތްތެރިންގެ އާބާދީގެ ތިންބައިކުޅަ އެއްބައި ކަމަށެވެ. މިއީ ބޮލަކަށް ޖެހޭ އާމްދަނީ އެއްވަރު އެހެން ގައުމުތަކާ އަޅާކިޔާއިރު މާ ދަށް އަދަދެކެވެ. ޑަބަލް ޕެންޝަންގެ މައްސަލައަށް ބަލާއިރު، ސަރުކާރު މުވައްޒަފުންގެ ތިންބައިކުޅަ އެއްބަޔަށް މި ޕެންޝަނަށް ޝަރުތު ހަމަވެ އެވެ.

ޕެންޝަނާ ގުޅޭ ކަންކަން ހައްލުކުރަން ވާލްޑް ބޭންކުން ލަފާދެނީ 2009 ވަނަ އަހަރުގެ ކުރިން ސަރުކާރާއި ދައުލަތަށް ހިދުމަތް ކުރި މުވައްޒަފުންނަށް ޑަބަލް ޕެންޝަނުގެ ބަދަލުގައި ކްރެޑިޓެއް ނޫނީ ސަރުކާރުން ހަރަދުކޮށްގެން ޕެންޝަން "ޓޮޕް-އަޕް" ކޮށްދޭން ނުވަތަ ރިޔަޓާވާން ހުންނަ ޝަރުތުތައް މުރާޖާކުރާށެވެ. އަދި ޕެންޝަން ސްކީމުގައި ބައިވެރިވާން ބާރުއެޅުމުގެ ގޮތުން ކޮމްޕްލަޔަންސް އިތުރުކޮށް ވަޒީފާ ނެތް ހާލަތުގައި އެލަވަންސް ދިނުން ފަދަ ކަންކަން އެ ސްކީމުގައި ހިމަނާށެވެ.

ވަޒީފާ ނެތް މީހުންނަށް އެލަވަންސް ދިނުމުގެ މަސައްކަތަކީ ވާލްޑް ބޭންކާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީ އާއި ޕެންޝަން އޮފީހުން މިހާރު ފަށާފައިވާ މަސައްކަތެކެވެ. އެކަމަކު ޑަބަލް ޕެންޝަނާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި މަޝްވަރާތަކެއް ކުރެވުނު ނަމަވެސް އަދި އެކަމާ ގުޅޭ ހައްލެއް ހުށަހަޅާފައި ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox