ފޮރިން ސާވިސްގެ އޮޑިޓެއް ހަދަން ޝިޔާމް ގޮވާލައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. އޭނާ މިއަދު ވިދާޅުވީ ފޮރިން ސާވިސްގެ އޮޑިޓެއް ހަދަން ޖެހޭ ކަމަށް. ފޮޓޯ:މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. އޭނާ މިއަދު ވިދާޅުވީ ފޮރިން ސާވިސްގެ އޮޑިޓެއް ހަދަން ޖެހޭ ކަމަށް. ފޮޓޯ:މަޖިލީހުގެ އިދާރާ

ރާއްޖޭގެ ފޮރިން ސާވިސްއަށް ހިނގާ ހަރަދު މާބޮޑު ކަމަށް ވިދާޅުވެ، ފޮރިން ސާވިސްގެ އޮޑިޓެއް ހަދަން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް މިއަދު ގޮވާލައްވައިފި އެވެ.

ބައެއް ގައުމުތަކަށް ސަފީރުން އައްޔަން ކުރުމާ ބެހޭ ގޮތުން މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ޝިޔާމް ވިދާޅުވީ ސިވިލް ސާވިސް އަށް ކުރާ ވަރަށް ވުރެ ބޮޑު ހޭދައެއް ފޮރިން ސާވިސް އަށް ހިނގާ ކަން މިހާރު އެނގޭ ކަމަށެވެ.

ދައުލަތުން މުސާރަދޭ އެންމެ ގިނަ މުވައްޒަފުން ތިބި ސިވިލް ސާވިސް އަކީ ފޮރިން ސާވިސްއާ އަޅާ ބަލާއިރު މާ ގިނަ މަސައްކަތްތައް ކުރާ އަދި މާގިނަ ވަސީލަތްތައް ބޭނުންވާ ދާއިރާ އެކެވެ. ޝިޔާމް ތުހުމަތު ކުރެއްވި ގޮތުގައި ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އާއިލާތަކުގެ މެމްބަރުންނަށް ވީތީ ބައެއް މީހުންނަށް ފޮރިން ސާވިސްގެ ވަޒީފާތައް ދީފައި އެބަހުއްޓެވެ.

"އަޅުގަނޑު ގޮވައިލަން މިއަދު ފޮރިން ސާވިސްގެ އޮޑިޓެއް ހައްދަވަން. ސިވިލް ސާވިސްއަށް ވުރެ ބޮޑު ހޭދައެއް މިއަދު ކުރާކަން އަޅުގަނޑުމެންނަށް އެބަ އެނގޭ ފޮރިން ސާވިސްއަށް،" ޝިޔާމް ވިދާާޅުވި އެވެ.

ޝިޔާމް މިމޭރުމުން ވާހަކަ ދެއްކެވީ ފޮރިން ސާވިސްއަށް ގިނައިން ހަރަދުކުރާ ކުރުން ދިފާއުކުރައްވައި އެމްޑީޕީގެ ބައެއް މެމްބަރުން މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވުމުންނެވެ. އޭގެ ތެރެއިން ބައެއް މެމްބަރުންގެ ނަންތައް ވިދާޅުވެ އޭނާ ރައްދު ދެއްވި އެވެ.

ފޮރިން ސާވިސްއަށް ކުރާ ހަރަދު ދިފާއުކުރައްވައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަމީމް (އަނދުން ހުސައިން) ވިދާޅުވީ އިދިކޮޅު ބައެއް މެމްބަރުން ވާހަކަ ދެއްކެވީ ފޮރިން ސާވިސްއަށް ކުރާ ހޭދައާ އަޅާ ބަލާއިރު ދައުލަތަށް ލިބޭ އެއްޗަކާއި ވާ ފައިދާތައް އޮޅޭ ގޮތަށް ކަމަށެވެ.

އޭނާ ވިދާޅުވީ ފޮރިން ސާވިސް މުވައްޒަފުންނަށް މިހައިތަނަށް ދެމުން އަންނަނީ ކުރީގެ ސަރުކާރުން ކަނޑައަަޅާފައިވާ މުސާރަޔާއި އިނާޔަތްތައް ކަމަށެވެ.

"[ފޮރިން ސާވިސް މުވައްޒަފުންނަށް] އިތުރު އިނާޔަތްތަކެއް މި ސަރުކާރުން ގިނަކޮށްފައި ދީފައެއް ނެތް،" ހުސައިން ވިދާޅުވި އެވެ.

ރާއްޖޭގެ އެެމްބަސީތަކުގައި ތިބޭ މުވައްޒަފުން ކުރާ މަސައްކަތުން ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެއަށް އިތުބާރު ހޯދައިދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox