ޒުވާނުންގެ ކަންބޮޑުވުންތައް އަޑުއަހައި އެ ކަންތައްތައް ހައްލުކޮށްދިނުމަށް އަމާޒުކޮށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ހާއްސަ މޫވްމަންޓެއް ކުރިއަށްގެންދަން ނިންމައިފި އެވެ.
މިއީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ޒުވާނުންގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. ކޮންމެ އަހަރެއްގައި ވެސް މި ދުވަސް ފާހަގަކުރަނީ އޮގަސްޓު 12، ގަ އެވެ.
"ހިއަރ ދި ޔަންގް" ގެ ނަމުގައި ކުރިއަށްގެންދާ މޫވްމެންޓުގައި ބައިވެރިވެވޭނީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. އުމުރުން 15 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންނަށް މި ހަރަކާތުގައި ބައިވެރިވެވޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.
އެގޮތުން، ވީޑިއޯ އެއް (#HearTheYoung) ހޭޝްޓެގް ބޭނުންކޮށްގެން ކޮންމެ ޒުވާނަކުވެސް އެ ފަރާތެއް ކަންބޮޑުވާ ކަމެއް ހާމަކޮށް އެ ވީޑިއޯ ސޯޝަލް މީޑިޔާ ޕްލެޓްފޯމަށް އަޕްލޯޑްކުރެވޭނެ ކަމަށާއި އެ ވީޑިއޯގައި ސްކޮލަޝިޕް މަދުވުމާއި، ކުޅިވަރު ކުޅުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތަކާއި، އިންޓާންޝިޕް ނުވަތަ އެޕްރެންޓިސްޝިޕްގައި ހުރި ދަތިތައް ފަދަ ކަންތައްތަކާއި ބެހޭގޮތުން ވާހަކަދެކެވޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.
މިފަދަ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަކީ މުޖުތަމައުގައި އުފެއްދުންތެރި ޒުވާނުން އުފެއްދިގެންދާނެ ކަމެއް ކަމަށް އެޗްޑީސީން ބުނެ އެވެ.













