ދިގު ވާހަކަ: އަލިފާން ކޮކާ

ދިގު ވާހަކަ: އަލިފާން ކޮކާ

(ދެ ވަނަ ބަޔާ ގުޅޭ)

"ކިހިނެއްވީ؟" އަހަރެންގެ މޫނަށް ބަލައިލަމުން އާމިރާ އަވަސްއަވަށް އަހައިލި އެވެ.

"ދޮންބެ؟" އަހަންނަށް ބުނެވުނީ އެވަރަށެވެ.

ދޮންބެދައްތަ ހުރީ އައިސް އަލަމާރި ކައިރީގަ އެވެ. އޭނާ އަހަންނާ ދިމާއަށް ދުވެފައިއަ އެވެ.

"ކިހިނެއްވީ؟ ދޮންބެއަށް ކިހިނެއްވީ؟" ދޮންބެދައްތަ އައިސް އަހަރެން ކުރިމައްޗަށް ހުއްޓިލި އެވެ.

"ދޮންބެ..." އަހަންނަކަށް ނުބުނެވުނެވެ.

"ކިހިނެއްވީ؟" އާމިރާގެ ނޭވާ އަވަސްވި އެވެ.

"ހިނގާދާން. އަވަސްކުރޭ. އަވަސްކުރޭ." އަހަންނަށް ދޮރާ ދިމާއަށް ހިނގައިގަނެވުނެވެ.

"ކިހިނެއްތަވީ؟ ވީގޮތެއް ބުނެބަލަ. ދޮންބެއަށް ކިހިނެއްތަވީ؟ ކޮންތާކަށްތަ؟" އާމިރާ އަވަސް އަވަހަށް ބުނެލި އެވެ.

"ރަޔާން." ދޮންބެދައްތަ އަހަންނަށް ގޮވާލި އެވެ.

ދޮންބެދައްތަގެ ވޭނީ އަޑު ކަންފަތުގައި ޖެހުމާއެކު އަހަންނަށް ހުއްޓިލެވުނެވެ. އަހަންނަށް ވިސްނައިލެވުނީ އެހައި ހިސާބުންނެވެ. މި ކުރެވުނީ ކިހާ ބޮޑު ކަމެއް ހެއްޔެވެ؟ މި ހެދުނީ ގޯހެކޭ ހިތް ބުނެލި އެވެ. ވީގޮތެއް ނުބުނު ބޭރަށް ނުކުންނާން އުޅުވުނީމަ އެވެ. އަހަރެން ހަމަޖެހިލަމުން ތުންފަތަށް ބާރުކޮށްލީމެވެ.

"އެނގިއްޖެދޯ! އުފާވެރި ޚަބަރެއް ނޫންކަން ދޭން އޮތީ." އަހަރެން ގަދަކަމުން ބުނެލީމެވެ.

އާމިރާގެ ގައިގައި ދޮންބެދައްތަ އޮޅުލައިގަތެވެ. ދެ މީހުން އެކުގައި ބޯ ޖަހައިލި އެވެ.

"ދެން ބުނޭ. ކީއްތަވީ؟" އާމިރާގެ އަޑު ފެވުނެވެ.

"އަހަރެންގެ ކޮންމެ ހަބަރެއް ދިނަސް ކެތްކުރާނެ ކަމަށް ވައުދުވޭ. އަޑުގަދަކޮށް ނުރޯނެ ކަމަށް އަހުދުވޭ."

އަހަރެން ބޭނުންވީ ޔަގީންކުރާށެވެ. އެހެންނޫނީ ދެ މީހުން އެކުގައި ހޭނެތި ދެ މީހުންގެ ކަންތައް އަހަންނަށް އެކަނިމާ އެކަނި ނުބެލެހެއްޓި ދާނެތީ އެވެ. މި ކަހަލަ ނާޒުކު ދަނޑިވަޅެއްގައި ކަންކަން ކުރާން ވެސް ހުރީ އަހަރެންނެވެ. ކަންކަން ބަލަހައްޓާން ވެސް ހުރީ އަހަރެންނެވެ. ހުރިހާ އިންތިޒާމެއް ކުރާން ވެސް ހުރީ އަހަރެންނެވެ. އަނެއްކޮޅުން ދޮންބެ އެވެ.

"އަހަރެން މި ހުރީއެއްނު،" އާމިރާ އަޒުމާއެކު ބުނެލި އެވެ. "ކަންކަން މެދުވެރިވާނެ. ކަންކަން ކުރިމަތި ވެސް ވާނެ. އަބަދު އެއްގޮތަކަށް އެއް މިސްރާބަކަށް ކަންކަން ނުހިނގާނެ."

ދޮންބެދައްތަ އޮތީ އާމިރާގެ ފަހަތުން އޭނާގެ ކޮނޑުގައި ބޯއަޅައިގެންނެވެ. ދޮންބެދައްތަގެ މޫނުގައި އާމިރާގެ ދެ އަތުން ފިރުމައިލަ ދިނެވެ. ލޯތްބާ އޯގާތެރިކަމާ އެކުގަ އެވެ. ކުލުނާއި ހަމްދަރުދީން ފުރިގެންވާ ގޮތަކަށެވެ. އެ އިހުސާސްތައް ބަލަން ހުރި ކޮންމެ މީހަކަށް ވަޒަންކުރެވޭނެ ހެންނެވެ.

"ކެތް ކުރާންވާނެ. ކަންކަން ކުރިމަތި ކުރައްވަނީ ވެސް އިމްތިހާނަށް ޓަކައި. ކަންކަން މެދުވެރި ކުރައްވަނީ ވެސް އިމްތިހާނަށް ޓަކައި. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ." އާމިރާގެ ބަސްކޮޅު އިވިފައި އަހަންނަށް ކޮންމެ ވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ.

"ދޮންބެ އެކްސިޑެއްޓެއް ވެގެން،" އަހަންނަށް ގަދަކަމުން ކަހަލަ ގޮތަކަށް ބުނެލެވުނެވެ. "މިހާރު މާލެ ގެންނަނީ. އައިޖީއެމް އެޗަށް."

އަހަންނަށް ނުބެނެވެނީސް ދޮންބެދައްތަ ބަޑިފަޅައިގެން ދިޔަ އެވެ. އޭނާއަށް ކެތް ނުވީ އެވެ. ކެތްތެރިކަން ކޮޅުންލީ އެވެ. ދޮންބެދައްތަ މަސަލަސް ކުރެވޭތޯ އާމިރާ ވަރަށް ހިތްވަރު ކުރަމުން ދިޔަ އެވެ. އަހަންނަށް ވެއްޓި ގަނެވުނީ ސޯފާއަށެވެ. ސޯފާއަށް ވެއްޓިގަނެވުނު ގޮތަށް އިނދެވުނީ އެވެ. ހަރަކާތެއް ވެސް ކޮށްލާން ނޭނގި ފައެވެ.

ހިތަށް ލިބުނު ވޭނަށްވުރެ ލޮލަށް ފެންނަމުން ދިޔަ މަންޒަރުން ކުރި އަސަރުގެ ބޮޑު ކަމުންނެވެ. ހުރިހާ ވާހަކައެއް ކިޔައިދީފި ނަމަ ދެން ވެދާނެ ގޮތަކާ މެދުގައި ވިސްނައިލެވުމުންނެވެ. ދޮންބެދައްތަގެ މޫނަށް ބަލައިލެވޭ ކޮންމެ ފަހަރަކު އަހަރެންގެ ލޮލުން ވެސް ކަރުނަ ހިލެ އެވެ.

ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެމުން އާމިރާ ވެސް ކެތްތެރި ކަމާއެކު މި ހަނގުރާމައާ ކުރިމަތިލަމުން ދިޔަ އެވެ. އެ މަންޒަރު ފެނިފައި އަހަންނަށް އިތުރު ހިތްވަރެއް ލިބުނެވެ. އާމިރާގެ ވާހަކަތައް ކަންފަތުގައި ތަކުރާރުވާން ފެށި އެވެ.

ހަނދާނުގެ ދޮރުގައި ބޮސްދެމުން ދިޔައީ ކުޑައިރުގެ ހަނދާންތަކެވެ. ދޮންބެއާއެކު މޫދަށް އެރި މަޖާކުރާން އުޅުނު ގޮތެވެ. ދޮންވެލި ތުނޑިތަކުގައި ދިޔަރެސްމަތީގައި ޖެހުނު ސަކަރާތްތަކެވެ. މޫދަށް ފީނައިގެން ވެލި ނަގައި އެކަކަށްވުރެ އަނެއްކަކު މޮޅުވަން ޖެހުނު ސަކަރާތްތަކެވެ. ބޮއްކުރާއަށް އަރައި ފުންމަމުން، ފަތަމުން ފީނަމުން އުޅެވުނު ގޮތެވެ. އެކަކު އަނެއްކަކަށް އަތު ނުވާން ވެގެން ދޯނިތަކުގެ ފަށަށް ދަށުން ފީނާ އުޅެވުނު އުފާވެރި މާޒީ އެވެ. އެ ހަނދާންތަކެވެ. ހީނހީނފައި ދެ މީހުން ޖެހި ސަކަރާތްތަކެވެ. ރައްޓެހިންނާއެކު ނެގުނު މަޖާތަކެވެ. މޫދުކުޅިވަރުތަކުގައި އިސްވެ އުޅެވުނު ގޮތްތަކެވެ.

މީހުންނަށް އަހަރުމެން ދެމީހުން ފެންނާނީ އެއްބަނޑު އެއްބަފާ ދެބެއިންގެ ގޮތުގަ އެވެ. ނަމަވެސް، ދޮންބެއަކީ އަހަރެން ފުރަމިތުރެވެ. ހުރިހާ ކަމެއް ހިއްސާކުރެވޭ ހަމައެކަނި ފަރާތެވެ. ދޮންބެ ވެސް ހުރިހާ ކަމެއް ހިއްސާ ކުރަނީ އަހަންނާ އެވެ.

އަހަރުމެން ބޮޑުވެގެން އައީ އެކު އެކީގަ އެވެ. ދޮންބެއޭ ކީ ކަމުގައިވީ ނަމަވެސް ބަލައި ބެލުމަށް އަހަރުމެންވާނީ އެއްވަރެވެ. އިސްކޮޅާއި ރޫފައިގައި ތަފާތެއް ނެތެވެ. މޫނުމަތީގެ ކުލައާއި ބައްޓަމުގައި ފަރަގެއް ނުވެ އެވެ.

ބައެއް މީހުންނަށް އަހަރުމެން ދެމީހުން އޮޅެން ވެސް އޮޅެ އެވެ. އެހައި ވައްތަރު ކަމުންނެވެ. ނަމަވެސް ރަނގަޅަށް ވިސްނައިލުމުން އަހަރުމެން ދެ ބެއިންގެ ތަފާތަކީ ބޮލުގެ އިސްތަށިގަނޑުގެ ތަފާތުކަން އެނގޭނެ އެވެ. ދޮންބެގެ ވަރުގަދަ އިސްތަށިގަނޑާއި އަހަރެންގެ ފަތްމަދު އިސްތަށިގަނޑެވެ.

"އަހަންނަށް ހީވަނީ ދޮންބެ ކިޔާންވީ ރަޔާނަށް ހެން."

ބޮލުން އިސްތަށި ފައިބާތީ އެކަމާ ކަންބޮޑުވެ ލޯގަނޑު ކުރިމަތީ ހުރެ އެ ވާހަކަ ދެއްކި ދުވަހު އަހަންނާ ދިމާކުރުމުގެ ގޮތުން ދޮންބެ ބުނެލި އެވެ.

"ނޫނޭ މަށަށް ކިޔަންވީ އަންކަލް." ޖެއްސުމުގެ ރާގުގައި އަހަރެން ވެސް ބުނެލީމެވެ.

"މިހާރު ވެސް އަންކަލްއެކޭ ތިޔައީ. ބަލައިބަލަ ރެކުމަތީ ތި ހިރަ ފޮޓޯ ވެސް. އޭގައި ވެސް މުސްކުޅިކަމަށް ފެންނަނީ ތިޔަ އަންކަލް." އަނެއްކާ ވެސް ދޮންބެ ދިމާކޮށްލި އެވެ.

"އެކަމަކު އައިޑީ ކާޑުގައި އޮންނަނީ ނަވާރަ ސަތޭކަ އަށްޑިހަ މަ އުފަން އަހަރަކަށް ނޫން. މަށަށް އޮންނަނީ އަށްޑިހަ ހަތަރެއް. ކާކުބާ އަންކަލްއަކީ؟" އަހަރެން ރުޅި އައި ކަމަށް ހަދައިލަމުން ދޮންބެއާ ދިމާއަށް ދިޔައީމެވެ.

"އާން ދޯ! އެކަމަކު އެންމެ ވެސް އެ ކިޔަނީ ރަޔާން މާ މުސްކުޅިއޭ." ދޮންބެ ބޯދަށުގައި އޮތް ބާލީސް އަހަންނާ ދިމާއަށް އެއްލި އެވެ.

"ހިނގައިބަލަ ޕިލޯ ފައިޓެއް ޖައްސަން! ބަލިވާނީ އަންކަލް." އަހަރެން ބުނެލީމެވެ.

"ބެޓިން. މަ ނުވާނެ ބައްޔެއް؟" ދޮންބެ އޮތީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ.

"ރިއަލީ!" އަހަރެން އަދި މާ ޝައުގުވެރިވި އެވެ.

"ފަށަމާ." ބާލީސް ނަގައި ހަމަޖެހިލަމުން ދޮންބެ ބުނެލި އެވެ.

"ކާކު ފަށާނީ؟" އަހަރެން ވެސް ހަމަޖެހިލީމެވެ.

"ގުރުލަމާ ދޯ." ދޮންބެ ހިޔާލެއް ދިނެވެ.

"ހިނގާ." އާމިރާގެ އަޑު އިވިމުން އަހަންނށް ލޯ ހުޅުވާލެވުނެވެ.

ކުރިމަތީގައި ތިބީ ދޮންބެދައްތައާއި އާމިރާ އެވެ. ދެ މީހުންގެ މޫނުމަތިން މޮޅިއާއި ހިތާމަވެރި މަންޒަރުތައް ފެނުނު ނަމަވެސް އެ ދެ މީހުން މިހާރު ތިބީ ހަމައަކަށް އެޅިފަ އެވެ. އާމިރާގެ މަސައްކަތުން ދޮންބެދައްތަ ހަމައަކަށް އެޅުވީކަން އަހަންނަށް ޔަގީން ކުރެވުނެވެ.

ބޭރަށް ނިކުންނަން ހިނގައިގަތީމެވެ. ހަމަ އެ ވަގުތު ފޯނު ވައިބުރޭޓްވާން ފެށި އެވެ. އެ ގުޅަނީ އެ ނަންބަރުންނެވެ. އަހަންނަށް ބަލައިލެވުނީ އާމިރާގެ މޫނަށެވެ. ދެވަނަ ކަޅި އެއްލުނީ ދޮންބެދައްތަގެ މޫނަށެވެ.

"ކިހިނެއްވީ؟" އާމިރާ އަހައިލި އެވެ.

(ނުނިމޭ)

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox