އޭޑީކޭގައި ލައުންޖެއް؛ ލިބެނީ ހާއްސަ ހިދުމަތާއި އެހީތެރިކަން

Aug 4, 2022, 10:38 AM
އޭޑީކޭގައި ލައުންޖެއް؛ ލިބެނީ ހާއްސަ ހިދުމަތާއި އެހީތެރިކަން

އޭޑީކޭ ހޮސްޕިޓަލުން ދޭ ހިދުމަތްތަކުގެ ދާއިރާ ފުޅާކުރުމަށް އެންމެ ފަހުން އިތުރުކުރީ އެ ހޮސްޕިޓަލުން ހާއްސަ ހިދުމަތް ލިބިގަންނަން ބޭނުންވާ މީހުންނަށް ހިތްގައިމު ލައުންޖަކާ އެކު ވީއައިޕީ ހިދުމަތެވެ. ކޮންމެ މަހަކު ދައްކާ ސަބްސްކްރިޕްޝަން ފީއަކާ އެކު ބޭނުން ވަގުތެއްގައި އަރާމު ކޮޓަރިއަކުން އޭޑީކޭގެ ހުރިހާ ހިދުމަތެއް ލިބިގަތުމުގެ ފުރުސަތެވެ.

މި ތައާރަފަށް ފަހު މި ލައުންޖެއްގެ ހިދުމަތް އާންމު މީހަކަށް ހޯދޭނެ ގޮތެއް ނެތޭ ހީވާނަމަ، ތި ވިސްނުން އަދި މުޅިން ރަނގަޅެއް ނޫނެވެ. މި ހިމަނާލަނީ އޭޑީކޭ "ކުންފު" ލައުންޖުގެ ހިދުމަތް ހާއްސަ ވެފައި މި ހިދުމަތެއްގެ ފަސޭހައާއި ހިތްހަމަޖެހުން ހޯދަން ބޭނުންވާ މީހަކަށް އެނގެންވީ ހުރިހާ މައުލޫމާތެކެވެ.

ސަބްސްކްރިޕްޝަން އިހުތިޔާރުތަކާއި އަގުތައް

އޭޑީކޭ "ކުންފު" ލައުންޖްގެ ހިދުމަތް ފަރުމާކޮށްފައި ވަނީ އެ ހޮސްޕިޓަލުން ދޭ ހުރިހާ ހިދުމަތްތަކެއް ހޯދަން ބޭނުންވާ އެހީތެރިކަން ކޮންމެ މަހަކު ދައްކާ ސަބްސްކްރިޕްޝަން ފީގެ ތެރޭގައި ހިމެނޭ ގޮތަށެވެ. މީގެ މާނަ އަކީ، ލައުންޖް ސާވިސް އަށް ސަބްސްކްރައިބް ކުރާ ޕޭޝަންޓަކަށް، އާންމު އުސޫލުން އެޕޮއިންޓްމަންޓް ހޯދުމަށް އަމިއްލަ އަށް ހޮސްޕިޓަލަށް ގުޅުމާއި، ފޮލޯއަޕް އެޕޮއިންޓްމަންޓް ފަދަ ކަންކަން ހަމަޖެއްސުމުގައި އަމިއްލައަށް ގުޅައިގެން ކިއޫގައި މަޑުކުރަން ނުޖެހޭނެ އެވެ. ލައުންޖް ސާވިސް ހޯދާ މެންބަރަކަށް މިފަދަ ހިދުމަތްތައް ލައުންޖް ސްޓާފުން ހަމަޖައްސައިދީ، ކަންކަން ކުރިއަށް ގެންދަންވީ ގޮތުގެ އިރުޝާދުތައް ދޭނެ އެވެ.

"މިސާލަކަށް، މިވެނި އެޕޮއިންޓްމަންޓެއް ހަމަޖައްސަދޭން ލައުންޖްގައި އެދުނީމަ، އެ ސްޓާފުން އެކަން ހަމަޖައްސާފައި، ގަޑި ބުނެދިނުމާއި ރިމައިންޑާ ދިނުން ފަދަ ހިދުމަތް ދޭނެ،" އޭޑީކޭ އިން ބުންޏެވެ.

އެކަމަކު ލައުންޖް ސާވިސް ހޯދާ މީހުންނަށް ވެސް ޑޮކްޓަރަށް ދެއްކުމާއި ހިދުމަތް ހޯދުމުގައި އޮންނާނީ ހަމަހަމަ އުސޫލެވެ.

"އެގްޒެކެޓިވް ހިދުމަތް ހޯދަން ބޭނުންވާ މީހުންނަށް އެ ޕްރޮސެސްތައް އަމިއްލަ އަށް ހަމަޖެއްސުމުގެ ބަދަލުގައި އެހެން ބަޔަކު ލައްވައި ކަންކަން ކުރުވައި އެޕޮއިންޓްމަންޓް ހަމަޖެއްސުން ފަދަ އެހީތެރިކަން މި ހިދުމަތް ހޯދުމުން މި ލިބެނީ. ދެން ހިދުމަތް ހޯދަން އައިސް ހޮސްޕިޓަލުގައި މަޑުކޮށްގެން އިންނަ ވަގުތަކީ ވެސް ހިތްގައިމު، އަރާމު ވަގުތަކަށް އެބަ ހަދާލެވޭ. އެހެންވީމަ، ބޭނުންވާ މީހުންނަށް މިއީ ފައިދާހުރި ފަސޭހަ ހިދުމަތެއް،" އޭޑީކޭ އިން ބުންޏެވެ.

އޭޑީކޭ "ކުންފު" ލައުންޖް

ލައުންޖް ސާވިސް ޕެކޭޖުތައް

އިންޑިވިޑުއަލް ޕެކޭޖް

މަހުން މަހަށް ލާރި ދައްކާ ގޮތަށް މަންތުލީ ސަބްސްކްރިޕްޝަން އަކަށް ދާނަމަ މި ޕެކޭޖްގެ އަގަކީ 1000 ރުފިޔާ އެވެ. މި ޕެކޭޖްގެ ދަށުން ސަބްސްކްރައިބް ކުރާ ޕޭޝަންޓަށް ލިބޭ ހިދުމަތްތަކުގެ އިތުރުން އެ ޕޭޝަންޓާ އެކު ދާ އެހީތެރިއަކަށް ވެސް ލައުންޖްގައި ރެސްޓް ކުރުމުގެ ފުރުސަތު ހިލޭ ލިބޭނެ އެވެ. މީގެ ތެރޭގައި ހިދުމަތަށް އިންތިޒާރުކުރާ ވަގުތު ލައުންޖުގައި ހޭދަކުރުމާއި، ލައުންޖުން ދޭ ރިފްރެޝްމަންޓް ހިލޭ ލިބޭނެ އެވެ.

އިންޑިވިޑުއަލް ޕެކޭޖެއްގެ އެއް އަހަރުގެ ފީ ވަގުތުން ދައްކާނަމަ، ޑިސްކައުންޓް އަގަކާ އެކު 11000 ރުފިޔާ އަށް ހިދުމަތް ސަބްސްކްރައިބް ކޮށްލެވޭނެ އެވެ.

ފެމިލީ ޕެކޭޖް

މަހުން މަހަށް ލާރި ދައްކާ ގޮތަށް މަންތުލީ ސަބްސްކްރިޕްޝަން އަކަށް ދާނަމަ މި ޕެކޭޖްގެ އަގަކީ 1500 ރުފިޔާ އެވެ. މި ޕެކޭޖްގެ ދަށުން ސަބްސްކްރައިބް ކުރާ ޕޭޝަންޓަށް ލިބޭ ހިދުމަތްތައް ބައިވެރިޔާ އާއި ދަރިފުޅަށް ވެސް ހިލޭ ލިބޭނެ އެވެ. މީގެ ތެރޭގައި ހިދުމަތަށް އިންތިޒާރުކުރާ ވަގުތު ލައުންޖުގައި ހޭދަކުރުމާއި، ލައުންޖުން ދޭ ރިފްރެޝްމަންޓް ހިލޭ ލިބޭނެ އެވެ.

ފެމިލީ ޕެކޭޖެއްގެ އެއް އަހަރުގެ ފީ ވަގުތުން ދައްކާނަމަ، ޑިސްކައުންޓް އަގަކާ އެކު 16،500 ރުފިޔާ އަށް ސަބްސްކްރައިބް ކޮށްލެވޭނެ އެވެ.

އޭޑީކޭއިން ބުނީ، ލަސް ނުވެ، ދުވަހު ސަބްސްކްރިޕްޝަނަށް ވެސް ލައުންޖް ސާވިސް ހުޅުވާލާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox