ލ. ގަމުގެ ތުނޑީ އަވަށުގެ ބަނދަރުން މޫދަށް ވެއްޓުނު ކާރެއްގައި އިން މީހަކު މިއަދު ސަލާމަތްކޮށްފި އެވެ.
ފުލުހުން ބުނީ، އެ ހާދިސާ ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު ހެނދުނު 10:03 ހާއިރު ކަމަށެވެ.
އެ ކާރު މޫދަށް ވެއްޓުނީ ހާދިސާ ހިނގާފައި ވަނީ ދުއްވާފައި ދަނިކޮށް ގަލަކަށް އެރުނު ވަގުތު ރޭހަށް ފިތާލެވިގެން، ކާރު ކޮންޓްރޯލް ނުކުރެވި ގޮސް ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މި ހާދިސާގައި ކާރާއެކު، ދުއްވަން އިން މީހާވެސް މޫދަށް ވެއްޓުމުނު ކަމަށާއި ނަމަވެސް އޭނާ ސަލާމަތްކޮށްފައިވާ ކަމަށެވެ.
ކާރެއް މޫދަށް ވެއްޓުމުން ދޮރު ހުޅުވުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އަދި އެފަދަ ހާދިސާތަކުގައި ކާރު ތެރޭގައި މީހުން ތާށިވެ ވަރަށް ގިނައިން މަރުވެ އެވެ.

ރާއްޖޭގައި މަދުން ނަމަވެސް މިފަދަ ހާދިސާތައް ހިނގަމުންދާކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން ގިނަ ހާދިސާތައް ހިނގަނީ ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން ކާރު ކޮންޓްރޯލް ނުކުރެވި ގޮހެވެ.













