ހަރަދުކުޑަކުރުމަށް މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އާއި ފުޅަނދުބުރު ކެންސަލްކޮށްފި

2016، މިނިވަން ދުވަހުގެ ފުޅަނދުބުރުގެ ތެރެއިން

2016، މިނިވަން ދުވަހުގެ ފުޅަނދުބުރުގެ ތެރެއިން

މިނިވަން ދުވަަހުގެ ރަސްމީ ޖަލްސާ އާއި އެ ދުވަސް ފާހަގަ ކުރުމަށް ސަރުކާރުގެ އޮފީސްތަކުން ތައްޔާރުކުރަން ނިންމި ފުޅަނދުބުރު، ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅެއްގެ ގޮތުން މިއަހަރު ނުބާއްވާ ގޮތަށް ނިންމައިފި އެވެ.

އެ މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަފްސީ އަބްދުﷲ "އަދަދު" އަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ލަފާގެ މަތިން، ހަރަދު ކުޑަކުރުމުގެ ގޮތުން ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބޭއްވުމުގެ އިތުރުން އެހެން ކަމެއް ނުކުރާނެ ކަމަށެވެ.

ހަރަދު ކުޑަކުރުމުގެ ގޮތުން މިނިވަން ދުވަހުގެ ހަރަކާތްތައް ކެންސަލް ކޮށްފައި މިވަނީ ދެ އަހަރުގެ މެދުކެނޑުމަށްފަހު މިއަހަރު ފުޅަނދުބުރު ބާއްވަން ރޭވުމަށްފަހު އެވެ. ސަރުކާރުން ޝަރަފުވެރިކަމުގެ އިނާމު އެރުވުމަށް ބާއްވާ ހާއްސަ ޖަލްސާ މީގެ ކުރިން އެއް ފަހަރު ކޮވިޑާ ގުޅިގެން ވެސް ކެންސަލްކޮށްފައިވެ އެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވާނީ އަންނަ އަންގާރަ ދުވަހުގެ ހެނދުނު 6:00ގައި ޖުމްހޫރީ މައިދާނުގަ އެވެ.

ދައުލަތް ހިންގުމުގެ ހަރަދު ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން ފިނޭންސް މިނިސްޓްރީން ނިންމާފައި ވަނީ މިދިޔަ ޖޫން 19، ގަ އެވެ. އެ ފިޔަވަޅުތައް އަޅަން ނިންމީ ދުނިޔޭގެ އިގުތިސޯދަށް މިހާރު ކުރިމަތިވެފައިވާ ހީނަރުކަމުގެ ތެރެއިން ތެލާއި ކާބޯތަކެތީގެ އަގުތައް އުފުލެމުންދާތީ، ހަރަދުތައް ފޫބައްދަން ދަތިވެފައިވާތީ އެވެ.

ޖުމްލަ ހަތް ދާއިރާއަކުން ހަރަދުތައް ކުޑަކުރަން އަންގާފައިވާއިރު، އޭގެ ތެރޭގައި އާ މަގާމެއް ނުއުފެއްދުމާއި މުސާރައިގެ އޮނިގަނޑަށް ބަދަލު ނުގެނައުމާއި މިހާރު ދޭން ފަށާފައިނުވާ އާ އެލަވަންސެއް ދޭން ފެށުން މަޑުޖައްސާލުމަށް ވަނީ އަންގައިފަ އެވެ. އަދި މިނިސްޓްރީގެ ހުއްދަ ނުހޯދައި ޕްރޮމޯޝަން ނުދިނުމާއި ރަސްމީ ގަޑިއަށް ފައްތައިގެން އިތުރުގަޑީގައި މަސައްކަތްތައް ކުރަންނުޖެހޭ ގޮތަށް މަސައްކަތްތައް ރޭވުމަށް ވެސް އެ އިއުލާނުގައި އަންގާފައިވެ އެވެ.

ހަރަދު ކުޑަކުރަން އަންގާ ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި އިތުރަށް ވަނީ ރާއްޖޭން ބޭރަށް ދައުލަތުން އެއްވެސް ހަރަދެއް ކޮށްގެން ކުރާ ރަސްމީ ދަތުރުތައް މިވަގުތަށް ހުއްޓާލުމާއެކު ރާއްޖެތެރެއަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ވެސް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ބަދަލުކޮށްފަ އެވެ.

މީގެ އިތުރުން، ކެޕިޓަލް ހަރަދާއި، އޮފީސް ހިންގުމަށްދާ ހަރަދުތަކާއި ތަމްރީންތަކަށްދާ ހަރަދުތައް ވެސް 5،000ރ. އަށް ވުރެ އިތުރުވާ ނަމަ، މިނިސްޓްރީގެ ހުއްދަ ހޯދައިގެން މެނުވީ ނުކުރުމަށް ވަނީ އަންގައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox