"ވިޒިޓް މޯލްޑިވްސް ޕްރޯ 2022" ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް "އަދަދު"

Jul 20, 2022, 3:21 PM
ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް "އަދަދު" ނޫސް ވަނީ ހަމަޖައްސާފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް "އަދަދު" ނޫސް ވަނީ ހަމަޖައްސާފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި މަހު ރާއްޖޭގައި ފަށާ އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ)ގެ ބޮޑީބޯޑިން ވޯލްޑް ޓުއާގެ އެއް ލެގު ކަމަށްވާ "ވިޒިޓް މޯލްޑިވްސް ޕްރޯ 2022" ގެ ޕާޓްނަރުން އިއުލާނުކުރިއިރު، މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް "އަދަދު" ނޫސް ހަމަޖައްސައިފި އެެވެ.

ރާޅުގަނޑު ސަރަހައްދުގައި، ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ބޮޑީބޯޑިން މުބާރާތް ކުރިއަށްދާނީ މި މަހު 29 އިން އަންނަ މަހު ހަތް ވަަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތާ ދިމާކޮށް ގިނަ އިވެންޓްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާއިރު، ގިނަ ސްޕޮންސަރުންތަކެއް ވެސް މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)އާ އެކު ހަރަކާތްތެރިވާނެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ އޮފީހުގައި މިއަދު ބޭއްވި ސްޕޮންސަރުން އިއުލާނުކުރުމުގެ ހާއްސަ އިވެންޓް ޝަރަފްވެރިކޮށްދެއްވީ އެމްބީބީއޭގެ ރައީސް އަބްދުﷲ އަރީފް (ފުކޫ) އާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު އެވެ.

Advertisement

ޓައިޓަލް ސްޕޮންސަރު، ޑެސްޓިނޭޝަން ޕާޓްނަރު، ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު (ވ) އާއި އެމްބީބީއޭގެ ރައީސް ފުކޫ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އޭޝިއާ ސަރަަހައްދުގައި ބޭއްވޭ ފުރަތަމަ އައިބީސީ ޓުއާގެ ލެގު ރާއްޖޭގައި ހޯސްޓްކުރުމުގެ ތައްޔާރީތައް މިހާރު ކުރިއަށްދާއިރު، އެ ކަންކަމާ ބެހޭގޮތުން އެންމެ ފަހުގެ މައުލޫމާތު އާންމުންނާ ހަމައަށް ފޯރުކޮށްދިނުމުގައި އެމްބީބީއޭގެ ވެސް ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރަނީ "އަދަދު" ނޫހެވެ.

މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ވެސް ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރި "އަދަދު" ނޫހަކީ، އެމްބީބީއޭގެ އިތުރުން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)، މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އަދި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ވެސް ޕާޓްނަރެކެވެ.

ވިޒިޓް މޯލްޑިވްސް ޕްރޯ 2022ގެ ޕާޓްނަރުންނަށް އެމްބީބީއޭގެ ރައީސް ފުކޫ ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވަައިފަ އެވެ. އަދި ދުނިޔޭގެ އެންމެ މަތީ ލެވަލްގެ ބޮޑީބޯޑަރުން ބައިވެރިވާ މި މުބާރާތް، ކާމިޔާބު ކަމާ އެކު ކުރިއަށް ގެންދަން ހުރިހާ ޕާޓްނަރުންގެ އެހީތެރިކަން ބޭނުންވާނެ ކަމަށް ފުކޫ ވަނީ ވިދާޅުވެފަ އެވެ.

މޯލްޑިވްސް ޕްރޯގެ ޓައިޓަލް ސްޕޮންސަރު ކަމާއި ޑެސްޓިނޭޝަން ޕާޓްނަރުގެ ރޯލު އަދާކުރަނީ ވިޒިޓް މޯލްޑިވްސް (އެމްއެމްޕީއާރްސީ) އެވެ. ޔޫތު މިނިސްޓްރީގެ އެހީތެރިކަމާ އެކު ކުރިއަށްގެންދާ ވިޒިޓް މޯލްޑިވްސް ޕްރޯ 2022ގެ އެކޮމަޑޭޝަން ޕާޓްނަރަކީ މަރުކަބް ޕްލާޒާ އެވެ. އޮފިޝަލް އިވެންޓްސް މުބާރާތުގެ އިވެންޓް ޕާޓްނަރަކަށް ހަމަޖެއްސިއިރު، ދިރާގު ހަަމަޖައްސާފައިވަނީ ޑިޖިޓަލް ޕާޓްނަރުގެ ގޮތުގަ އެވެ.

ކޭޓަރިން ޕާޓްނަރަކީ މޫޗަސް ގްރާސިއަސް އެވެ. ޕްރިންޓިން ޕާޓްނަރެއްގެ ގޮތުގައި ޕްރިންޓް ލެބް ހަމަޖެއްސިއިރު، ސަންކެއާ ޕާޓްނަރަކީ މުލަ މޯލްޑިވްްސް އެވެ.

މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ހަމަޖެއްސި ދިރާގުގެ އެސިސްޓަންޓް މެނޭޖާ ބްރޭންޑް، ނާއި (ކ) އާއި އެމްބީބީއޭގެ ރައީސް ފުކޫ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސަޕޯޓިން ޕާޓްނަރުންގެ ގޮތުގައި ވެސް އަށް ފަރާތެއް ހަރަކާތްތެރިވާނެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ، މިއުޒިޝަން ޔޫނިއަން އޮފް މޯލްޑިވްސް، މާފުށި ވޯޓާ ސްޕޯޓްސް، އެކްސްޓްރީމް ފިޓްނަސް، ސްޓެލްކޯ، މާލެ ސިޓީ ކައުންސިލް، މޯލްޑިވްސް ޕޮލިސް ސާވިސް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަދި ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އެވެ.

ބައިނަލްއަގުވާމީ މަތީ ފެންވަރުގެ މުބާރާތަކަށް ވާތީ ރާޅު ގަނޑު ސަރަހައްދުގައި މި މަހު 29 އިން އަންނަ މަހު 7 ވަނަ ދުވަހުގެ ނިޔަލަށް މުބާރާތް ބާއްވާއިރު، އެތަނުގައި ޖިމްގެ ހިދުމަތް ފޯރުކޮށްދޭނީ އެކްސްޓްރީމް ފިޓްނަސް އިން ކަމަށް އެމްބީބީއޭ އިން މައުލޫމާތު ދެ އެވެ.

މީގެ އިތުރުން މުބާރާތް ނިމުމުން މާލެ އަތޮޅު ރާޅު ސްޕޮޓްތައް ބަލާލުމަށް ބޭއްވޭ ހާއްސަ އިވެންޓެއްގެ އިންތިޒާމްތަކުގައި އެމްބީބީއޭ އަށް އެހީތެރިކަން ފޯރުކޮށްދޭނީ ބޯޓިން އެސޯސިއޭޝަނުންނެވެ.

ވިޒިޓް މޯލްޑިވްސް ޕްރޯ 2022 އަށް ރާއްޖެ އަންނަ ބައިނަލްއަގުވާމީ ތަރިންނާ ގުޅިގެން، ދިވެހި ބޮޑީބޯޑަރުންނާއި ކުޑަކުދިންނަށް ވެސް ހާއްސަ ހަރަކާތްތަކެއް ރޭވިފައިވާ ކަމަށް ބޮޑީބޯޑިން އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox