ޔުކްރެއިނުން ރާއްޖެއަށް ކަނޑައަޅާފައި ހުރި އެމްބެސަޑަރު މަގާމުން ވަކިކޮށްފި

އީގޯ 2017 ވަނަ އަހަރު އެމްބެސަޑަރުކަމުގެ ފަތްކޮޅު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަރުވަނީ: އޭނާއާއެކު ހަ އެމްބެސަޑަރަކު މަގާމުން ވަކި ކުރި -- ފޮޓޯ: ރައީސް އޮފީސް

އީގޯ 2017 ވަނަ އަހަރު އެމްބެސަޑަރުކަމުގެ ފަތްކޮޅު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަރުވަނީ: އޭނާއާއެކު ހަ އެމްބެސަޑަރަކު މަގާމުން ވަކި ކުރި -- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖެއަށް ޔުކްރެއިނުން ކަނޑައަޅާފައި ހުރި އެމްބެސަޑަރު އީގޯ ޕޮލީކާ އޭނާގެ މަގާމުން ވަކިކޮށްފިި އެވެ.

ރާއްޖޭގެ އިތުރުން އިންޑިއާއަށް ވެސް ކަނޑައަޅާފައި ހުންނަ ސަފީރު އީގޯ ރޭގެ ވަގުތެއްގައި މަގާމުން ވަކި ކުރީ އެ ގައުމުގެ ރައީސް ވޮލޯޑިމީރް ޒެލެންސްކީ ނެރުއްވި ރިޔާސީ ގަރާރެއްގެ ދަށުންނެވެ.

އޭގެ އިތުރުން ޔުކްރެއިނުން ޖަރުމަނާއި ޗެކް ރިޕަބްލިކް އާއި ނޯވޭ އާއި ބަންގްލަދޭޝާއި ނޭޕާލާއި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނެވި ސަފީރުން ވެސް ވަނީ މަގާމުން ވަކިކޮށްފި އެވެ.

ރާއްޖޭގެ އެމްބެސަޑަރުކަމުގެ މަގާމަށް އީގޯ ވަޑައިގެންނެވީ މެއި 31، 2017 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.

ރަޝިޔާއިން ބާރުގެ ބޭނުންކޮށްގެން ހިފަމުން އަންނަ ޔޫކްރެއިނުން ބައެއް ގައުމުތަކަށް ކަނޑައަޅާފައި ހުރި އެމްބެސެޑަރުން ވަކި ކުރެއްވުމަށްފަހު ޒެލެންސްކީ ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވެފައި ވަނީ އެމްބެސަޑަރުން ވަކި ކުރީ ހާއްސަ ސަބަބުތަކާ ހުރެ ނޫން ކަމަށާއި އެއީ "އާންމު އުސޫލުގެ ތެރެއިން" ނިންމެވި ނިންމެވުމެއް ކަމަށެވެ.

ޔޫކްރެއިން ހިފުމަށް ދުނިޔޭގެ އެންމެ ބާރުގަދަ އަދި ނިއުކްލިޔާ ހަތިޔާރު ތަރައްގީކޮށްފައިވާ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ރަޝިޔާއިން ހަމަލާދޭން ފެށީ ފެބްރުއަރީ 20، 2022 ގަ އެވެ. އޭގެ ފަހުން ހަނގުރާމައަށް 100 އަށް ވުރެ ގިނަ ދުވަސް ފާއިތުވިއިރު، ޔުކްރެއިނުގެ މުހިންމު އަދި ބޮޑު ހުރިހާ ސިޓީއެއް ކަހަލަ ގޮތަކަށް ރަޝިޔާއިން ވަނީ ހިސޯރުކޮށްފަ އެވެ.

ރަޝިޔާއިން ދެމުންދާ ހަމަލާގެ ސަބަބުން މިހާތަކަށް ޔޫކްރެއިނުގެ އާންމުންގެ ތެރެއިން 4253 މީހަކު ވަނީ މަރުވެފަ އެވެ. އަދި އާންމުންގެ 5141 މީހަކު ވަނީ ޒަހަމްވެފަ އެވެ. އާންމުން މައިގަނޑު ގޮތެއްގައި މަރުވެފައި ވަނީ ބާރުގަދަ ގޮވާ ތަކެތި ރަޝިޔާއިން ހަނގުރާމައިގައި ބޭނުން ކުރުމުގެ ސަބަބުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox