އީދު މަޅިޖަހަން އުޅުމުގެ ތެރޭގައި ދާންދޫގެ 2 ޒުވާނުން ފިހިއްޖެ

ދާންދޫއިން ފިހުނު އެއް ޒުވާނަކު--

ދާންދޫއިން ފިހުނު އެއް ޒުވާނަކު--

ގއ. ދާންދޫގައި އީދުމަޅި ރޯކުރަން އުޅުނު ދެ ޒުވާނަކު ފިހިއްޖެ އެވެ.

ދާންދޫ ކައުންސިލް ރައީސް މުހައްމަދު އާސިފު "އަދަދު"އަށް ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ މިރޭ ކަމަށެވެ. އަދި އެ ދެ ޒުވާނުންގެ ތެރެއިން އެކަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަ އިރު އިތުރު ޒުވާނަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޭގެ ތެރެއިން އެއް ޒުވާނެއްގެ އަތުގެ އެކި ތަންތަން ފިހިފައި ވާއިރު އަނެއް ޒުވާނާގެ ފައިގެ އެކި ތަންތަން ވަނީ ފިހިފަ އެވެ.

"އީދު މަޅިޖަހަން ޕެޓްރޯލް އަޅަން ތިއްބާ އެހެން ކުއްޖަކު ދުރުން އައިސް އެކުދިން އެތާ ތިބިކަން ނޭނގި އަލިފާން ރޯކޮށްލެވުނީ،" އާސިފް ވިދާޅުވި އެވެ.

އީދު މަޅި ޖެހުމުގެ ތެރޭގައި ފިހުނު އިތުރު ޒުވާނެއް--
އީދު މަޅި ޖެހުމުގެ ތެރޭގައި ފިހުނު އިތުރު ޒުވާނެއް--

އީދު މަޅި ޖެހުމުގެ ތެރޭގައި ފިހުނު އިތުރު ޒުވާނެއް--

އީދު މަޅިޔަކީ ހާއްސަކޮށް ހުވަދު އަތޮޅުގައި ކުރާ ކަމެކެވެ.

އީދުގެ ކުޅިވަރުތައް ފެށިއްޖެ ކަމުގެ ހަބަރު ދެނީ އީދުމަޅި ރޯކުރުމުންނެވެ. ދުނބުރި ގަހާއި ކަށިގެޔޮ ގަހުގެ ގޮފިތަކާ އެކު އުސްކޮށް ހަދާ އީދުމަޅި ރޯކުރަނީ އީދު ވިލޭރެ އަށް އިރުއޮއްސުމުގެ ކުރިންނެވެ. އެ މަންޒަރު ބެލުމަށް ރަށުގެ ކުދިބޮޑު އެންމެން މަގުތަކަށް ނުކުންނާނެ އެވެ. ބުރަ މަސައްކަތުން ހަދާ އީދުމަޅި އަނދާ ހުލިވަމުންދާ އިރު، އެ އަލިފާނުގެ އަލިކަމުގައި އެއްބަޔަކު މަޖާ ނަގަމުންދާނެ އެވެ.

އީދުމަޅި ފެށިގެން އައީ ކިހިނެތްކަން ނޭނގޭ ނަމަވެސް އެ ހަރަކާތަކީ ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ އީދު ކުޅިވަރެއް އެ ރަށްރަށުގެ މީހުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox