މިހާތަނަށް ވެކްސިންގެ ހަތަރު ވަނަ ޑޯޒް ޖެހީ 405 މީހުން

ކޮވިޑް ވެކްސިން ޖެހުމަށްފަހު ދޭ ވެކްސިން ކާޑު ހިފައިގެން-- ފޮޓޯ: އަދަދު

ކޮވިޑް ވެކްސިން ޖެހުމަށްފަހު ދޭ ވެކްސިން ކާޑު ހިފައިގެން-- ފޮޓޯ: އަދަދު

ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިނުގެ ހަތަރު ވަނަ ޑޯޒް، މިހާތަނަށް ޖަހާފައި ވަނީ 405 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

ރާއްޖޭގައި ކޮވިޑުން ދިފާއުވުމަށް އިތުރު ޑޯޒެއް ޖަހަން ފަށާފައި ވަނީ މިދިޔަ މަހުގެ 22ގަ އެވެ. އެއީ 12 އަހަރާއި 17އަހަރާއި ދެމެދުގެ ކުދިންނަށް ކޮވިޑް ވެކްސިންގެ ތިން ވަނަ ޑޯޒަކާއި 18 އަހަރުން މަތީ މީހުންނަށް ކޮވިޑް ވެކްސިންގެ ހަތަރު ވަނަ ޑޯޒެކެވެ.

އެޗްޕީއޭން އެންމެ ފަހުން އާންމު ކޮށްފައިވާ ވެކްސިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފުރަތަމަ ޑޯޒް 398،910 މީހުން ޖަހާފައިވެ އެވެ. އެއީ ރާއްޖޭގެ އާބާދީގެ 88.10 ޕަސެންޓު މީހުންނެވެ.

ދެވަނަ ޑޯޒް 384،595 މީހުން ޖަހާފައި ވާއިރު އެއީ އާބާދީގެ 84.94 ޕަސެންޓް މީހުންނެވެ. އަދި ބޫސްޓާ ތިންވަނަ ޑޯޒް ޖަހާފައި ވަނީ އާބާދީގެ 36.34 ޕަސެންޓެވެ. އެއީ 164،555 މީހުންނެވެ. އަދި ބޫސްޓާގެ ދެވަނަ ޑޯޒް ޖެހީ 405 މީހުންނެވެ. އެއީ އާބާދީގެ 0.09 ޕަސެންޓް މީހުންނެވެ.

އީދު ބަންދުގައި ވެކްސިން ސެންޓަރުތައްވެސް ބަންދު

ކޮވިޑް ދިފާއު ވެކްސިން ޖެހުމުގެ ހިދުމަތް މިހާރު ދެމުންދަނީ މާލޭގެ ތިން ސެންޓަރެއްގަ އެވެ. އެއީ ހުޅުމާލެ ހޮސްޕިޓަލް، ދަމަނަވެށި އަދި ދަރުމަވަންތަ ހޮސްޕިޓަލުންނެވެ.

އީދު ބަންދުގައި ސަރުކާރު ބަންދުވުމާ ގުޅިގެން މިމަހުގެ 10ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހާ ހަމައަށް ވެކްސިން ސެންޓަރުތައް ބަންދުވާނެ ކަމަށް އެޗްޕީއޭން ބުނެ އެވެ. މިހާރު އޮންނަ ގޮތުންވެސް، ހަފްތާ ބަންދުގައި ވެކްސިން ސެންޓަރުތައް ބަންދުވާނެ އެވެ.

ދެން ކޯވިޑް ވެކްސިން ދޭން ފަށާނީ މިމަހުގެ 17 ވާ އާދިއްތަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox