އަމާނީގެ ޖަނާޒާ ބާއްވައިފި، އާއިލާ ސިހުމެއްގައި

ރޭ އެކުވެނި ޓްރެކްގައި ހިނގި އެކްސިޑެންޓުގައި މަރުވި އަމާނީގެ މަހާނަ -- ފޮޓޯ: މުހައްމަދު ޝާބިން /އަދަދު

ރޭ އެކުވެނި ޓްރެކްގައި ހިނގި އެކްސިޑެންޓުގައި މަރުވި އަމާނީގެ މަހާނަ -- ފޮޓޯ: މުހައްމަދު ޝާބިން /އަދަދު

މާލެ އެކުވެނި ޓްރެކު ކައިރީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަރުވި މަރިޔަމް އަމާނީ ރަޝީދުގެ ޖަނާޒާ ބާއްވައިފި އެވެ.

ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިފައިވާ މި އެކްސިޑެންޓްގައި އަމާނީ މަރުވިއިރު، އޭނާގެ ހަށިގަނޑު ވަޅުލާން ގެންދިޔައިރު ވެސް އާއިލާ އާއި ގާތް ތިމާގެ މީހުން އަދި ގިނަ ރައްޓެހިން ތިބި އެވެ. އެ އެންމެންގެ މޫނުމަތިން އަމާނީގެ މި ކުއްލި ވަކިވުމުގެ "ސިހުން ކެނޑިގެން" ނުދެ އެވެ. އެ މީހުން ތިބީ އަމާނީގެ ކުއްލި ވަކިވުން ގަބޫލުކުރަން ދަތިވެފަ އެވެ.

ކަށުނަމާދަށް ފަހު އަމާނީގެ ހަށިގަނޑު ވަޅުލާން ގެންދިޔަ މަންޒަރު ބަލަން ހުރި އޭނާގެ ދައްތަ އަށް ވެސް ބުނެވުނީ "ދެން އަމާނީއެއް ނުފެންނާނެ"އޭ މިހެނެވެ. ކޮއްކޮގެ ކުއްލި ވަކިވުން ގަބޫލުކުރަން ދަތިވެ، އޭނާ ވެސް ހުރީ ލޮލުން ކަރުނަ ނުހިކޭ ހާލުގަ އެވެ.

އަމާނީއާ އެކު އެކްސިޑެންޓުވި ކާރުގައި އޭނާގެ ގާތް ރައްޓެހިން ތިބިއިރު، އެ މީހުންގެ ހާލު ވަރަށް ގޯހެވެ. އައިސީޔޫގައި ވެންޓިލޭޓަރު ގުޅައިގެން ފަރުވާ ދެމުންދާއިރު، އެމީހުންގެ އާއިލާއިން ވެސް އަމާނީގެ ޖަނާޒާގައި ބައިވެރިވެ، އޭނާގެ އާއިލާ އަށް ހިތްވަރުދެމުން ދިޔަކަން ފެނިގެންދިޔަ އެވެ.

ރޭ އެކުވެނި ޓްރެކް ކައިޜީ ހިނގި އެކްސިޑެންޓުގައި މަރުވި އަމާނީގެ ޖަނާޒާގެ ތެރެއިން -- ފޮޓޯ: މުހައްމަދު ޝާބިން/ އަަދަދު
ރޭ އެކުވެނި ޓްރެކް ކައިޜީ ހިނގި އެކްސިޑެންޓުގައި މަރުވި އަމާނީގެ ޖަނާޒާގެ ތެރެއިން -- ފޮޓޯ: މުހައްމަދު ޝާބިން/ އަަދަދު

ރޭ އެކުވެނި ޓްރެކް ކައިޜީ ހިނގި އެކްސިޑެންޓުގައި މަރުވި އަމާނީގެ ޖަނާޒާގެ ތެރެއިން -- ފޮޓޯ: މުހައްމަދު ޝާބިން/ އަަދަދު

ގއ. މާމެންދު އަށް އުފަން އުމުރުން 24 އަހަރުގެ އަމާނީ މަރުވީ އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުމުގެ ސަބަބުންނެވެ. އަމާނީގެ ކޮނޑާއި ކަނދުރާ ބިންދައިގެން ދިއުމުގެ އިތުރަށް ވާތްފަރާތުން ބޮލުގެ ނާށިގަނޑަށާއި ލޮލަށް ވެސް އެތައް ގެއްލުމެއް ލިބިފައި ވެއެވެ.

އެކްސިޑެންޓު ހިނގީ ކިހިނެތް؟

ޖުމްލަ ހަ މީހަކަށް އަނިޔާވި މި އެކްސިޑެންޓު ހިނގި މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖު މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އެއީ ކުޅިވަރު އެކުވެނި ދަނޑާ ދިމާލުން ބޭރު، ބޮޑުތަކުރުފާނު މަގުގައި ހުރި ސީސީޓީވީގެ ފޫޓޭޖެކެވެ.

ސީސީޓީވީގެ ފުޓޭޖުން ފެންނަ ގޮތުގައި ބޯކޮށް ވާރޭވެހެމުން ދަނިކޮށް ކާރު އައީ ބޮޑުތަކުރުފާނު މަގުން އިރަށެވެ. އެ ވަގުތު ބަސް ދަތުރުކުރަމުން ދިޔައީ ބަސް ޓާމިނަލާ ދިމާލަށް ހުޅަނގަށެވެ. ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް ރަތް ކާރުގެ ކޮންޓްރޯލް ނެއްޓި ދެ ފަހަރަކު އެނބުރުމަށް ފަހު ގޮސް އެންމެ ފުރަތަމަ ޖެހުނީ ބަހުގެ ކުރިން ދުއްވާފައި ދިޔަ ހުދު ކާރެއްގަ އެވެެެ. އެ ކާރުގެ ފަހަތު ބަމްޕަރަށް ގެއްލުންވި ނަމަވެސް ރަތްކާރު ކޮންޓްރޯލް ވާގޮތެއް ނުވި އެވެ.

ރަތް ކާރު ކޮންޓްރޯލް ކުރެވުނީ، ބާރު ސްޕީޑުގައި ގޮސް ބަހުގެ ކުރީކޮޅުގައި ޖެހުމުންނެވެ. ބަހުގައި ޖެހި، ކަރު މައިތިރިވުމާ އެކު އެއިން ދުން އަރަން ފަށާ މަންޒަރު ސީސީޓީވީ ފޫޓޭޖުން ފެނެ އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ކާރުގެ ފަހަތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އަދި، ބަހުގެ ވިންޑްޝީލްޑް ވެސް ވަނީ ތަޅައިގެން ގޮސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox