ކާރު އެކްސިޑެންޓް: ހަތަރު މީހުންނަށް އައިސީޔޫގައި ފަރުވާދެނީ

ކާރަކާއި ބަހެއް ޖެހި ހިނގި އެކްސިޑެންޓުގައި ގެއްލުން ލިބުނު ބަހާއި ކާރު: އަނިޔާވި 4 މީހަކަށް ދނަީ އައިސީޔޫގައި ފަރުވާދެމުން -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކާރަކާއި ބަހެއް ޖެހި ހިނގި އެކްސިޑެންޓުގައި ގެއްލުން ލިބުނު ބަހާއި ކާރު: އަނިޔާވި 4 މީހަކަށް ދނަީ އައިސީޔޫގައި ފަރުވާދެމުން -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ރޭ އެކުވެނި ޓްރެކު ސަރަހައްދުން ބޮޑުތަކުރުފާނު މަގުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން ހަތަރު މީހަކަށް އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

އައިޖީއެމްއެޗުގެ އޮފިޝަލަކު "އަދަދު"އަށް ބުނީ، އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން އެ ހޮސްޕިޓަލަށް ގެންދިޔައީ ފަސް މީހުން ކަމަށެވެ. އޭގެ ތެރެއިން އެކަކު މަރުވެފައިވާއިރު، ދެން ތިބި ހަތަރު މީހުންނަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައި ކަމަށް އޭނާ ބުންޏެވެ.

އަދި އައިސީޔޫގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ތިން މީހުން ތިބީ ވެންޓިލޭޓަރުގައި ކަމަށް ވެސް ހޮސްޕިޓަލުން ބުނެ އެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ސިކުނޑި އާއި ފުއްޕާމެއަށް ލޭ އެޅި، އެތެރެހައްޓަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް އެނގިފައިވެ އެވެ.

އެ އެކްސިޑެންޓުގައި އަނިޔާ ލިބުނު މީހުންގެ ތެރެއިން މަރުވީ ގއ. މާމެންދުއަށް އުފަން މަރިޔަމް އަމާނީ ރަޝީދެވެ. އެ އެކްސިޑެންޓުގައި އުމުރުން 24 އަހަރުގެ އަމާނީގެ ކޮނޑާއި ކަނދުރާ ބިންދައިގެން ދިއުމުގެ އިތުރަށް ވާތްފަރާތުން ބޮލުގެ ނާށިގަނޑަށާއި ލޮލަށް ވެސް އެތައް ގެއްލުމެއް ލިބިފައި ވެއެވެ. އަދި ކާކުކަން ވަކިކުރަން ނޭނގޭ ވަރަށް އޭނާގެ މޫނު އޮތީ ދުޅަވެފަ އެވެ.

އެކްސިޑެންޓު ހިނގީ ކިހިނެތް؟

ޖުމްލަ ހަ މީހަކަށް އަނިޔާވި މި އެކްސިޑެންޓު ހިނގި މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖު މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އެއީ ބޮޑުތަކުރުފާނު މަގު ޓްރެކާ ދިމާލުން ހުރި ސީސީޓީވީގެ ފޫޓޭޖެވެ.

ސީސީޓީވީގެ ފުޓޭޖުން ފެންނަ ގޮތުގައި ބޯކޮށް ވާރޭވެހެމުން ދަނިކޮށް ކާރު އައީ ބޮޑުތަކުރުފާނު މަގުން އިރަށެވެ. އެވަގުތު ބަސް ދަތުރުކުރަމުން ދިޔައީ ބަސް ޓާމިނަލާ ދިމާލަށް ހުޅަނގަށެވެ. ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް ރަތް ކާރުގެ ކޮންޓްރޯލް ނެއްޓި ދެފަހަރަކު އެނބުރުމަށްފަހު ގޮސް އެންމެ ފުރަތަމަ ޖެހުނީ ބަހުގެ ކުރިން ދުއްވާފައި ދިޔަ ހުދު ކާރެއްގައެވެެެ. އެ ކާރުގެ ފަހަތު ބަމްޕަރަށް ގެއްލުންވި ނަމަވެސް ރަތްކާރު ކޮންޓްރޯލް ވާގޮތެއް ނުވި އެވެ.

ރަތް ކާރު ކޮންޓްރޯލް ކުރެވުނީ، ބާރު ސްޕީޑުގައި ގޮސް ބަހުގައި ޖެހުމުންނެވެ. ބަހުގައި ޖެހި، ކަރު މައިތިރިވުމާއެކު އެއިން ދުން އަރަން ފަށާ މަންޒަރު ސީސީޓީވީ ފޫޓޭޖުން ފެނެ އެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ކާރުގެ ފަހަތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އަދި، ބަހުގެ ވިންޑްޝީލްޑް ވެސް ވަނީ ތަޅައިގެން ގޮސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox