ރައްޓެހިންނާއެކު ދުއްވާލަން ދިޔަ ދަތުރު، ފަހު ދަތުރަށް

އެކްސިޑެންޓުގައި މަރުވި އަމާނީ، 24: އޭނާގެ ޖަނާޒާ މިއަދު އާސަހަރާގައި ކުރިއަށްދާނެ -- ފޮޓޯ: ސޯޝަލް މީޑިއާ

އެކްސިޑެންޓުގައި މަރުވި އަމާނީ، 24: އޭނާގެ ޖަނާޒާ މިއަދު އާސަހަރާގައި ކުރިއަށްދާނެ -- ފޮޓޯ: ސޯޝަލް މީޑިއާ

ރޭ އިރާކޮޅު މާލެ އެކުވެނި ޓްރެކް ކައިރިން ހިނގި އެކްސިޑެންޓަކީ، އެތައް ބަޔަކަށް ސިހުން ގެނުވި އެކްސިޑެންޓެކެވެ. ކޮންޓްރޯލުން ނެއްޓިގެން އައި ކާރެއް ބަހެއްގައި ޖެހި ހިނގި އެ އެކްސިޑެންޓުގައި މިހާތަނަށް އެކަކު މަރުވެފައިވާއިރު، ކާރުގައި ދެން ތިބި ތިން މީހުންގެ ހާލު ވަރަށް ގޯހެވެ. އެކްސިޑެންޓުގައި މަރުވީ ގއ. މާމެންދުއަށް އުފަން މަރިޔަމް އަމާނީ ރަޝީދެވެ.

މާމެންދުއަށް އުފަން ނަމަވެސް އަމާނީ ދިރިއުޅެމުން ދިޔައީ ބ. ތުޅާދޫގައި އޭނާގެ އާއިލާ ބައެއް ކައިރީގަ އެވެ. އޭނާ މާލެ އައީ ޑޮކްޓަރަށް ދައްކަން ކަމަށް ވާއިރު، އޭނާ ދިޔައީ މާދަމާ އަނބުރާ ރަށަށް ދިއުމަށް ތައްޔާރުވަމުންނެވެ. ނަމަވެސް މާލެ އައިސް، ރައްޓެހިންނާއެކު ދުއްވާލަން ނިކުތް ދަތުރު ވެގެން ދިޔައީ އަމާނީގެ ފަހު ދަތުރަށެވެ.

އުމުރުން އެންމެ 24 އަހަރުގައި އަމާނީ މަރުވީ އޭނާއަށް ލިބުނު ގިނަ އަނިޔާތަކުގެ ސަބަބުންނެވެ. އޭނާގެ ކޮނޑާއި ކަނދުރާ ބިންދައިގެން ގޮސްފައިވާއިރު، ވާތް ފަރާތުން ބޮލުގެ ނާށިގަނޑަށާއި ލޮލަށް ވެސް އެތައް ގެއްލުމެއް ލިބިފައިވެ އެވެ. ހަމައެއާއެކު ކާކުކަން ވަކިކުރަން ނޭނގޭ ވަރަށް އޭނާގެ މޫނު ވަނީ ދުޅަވެފަ އެވެ.

އެކްސިޑެންޓުގައި އަމާނީ މެން ތިބި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވާއިރު، އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އެ ކާރަކީ ދެ ދޮރުފަތް ހުންނަ ކާރަކަށް ވެފައި، ކާރުގެ ފަހަތުބައި އެއްކޮށް ފުނޑުފުނޑުވެފައި ވުމުން، ކާރުގެ ތެރޭގައި ތިބި މީހުން ނެރެން ޖެހުނީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ގޮސް އެހީތެރިކަން ފޯރުކޮށްދީ، ކާރުގެ ދޮރު ހަލާކުކޮށްލައިގެންނެވެ.

ރޭ އިރުއޮއްސި 6:09 ހާއިރު ހިނގި އެ އެކްސިޑެންޓުގައި އަމާނީއާއެކު ކާރުގައި ދެން ތިބި ތިން މީހުންނަށް ވެސް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފަ އެވެ. ސިކުނޑިއާއި ފުއްޕާމެއަށް ލޭ އެޅި، އެތެރެހައްޓަށް ސީރިއަސް އަނިޔާތަކެއް ލިބުމުގެ ސަބަބުން އޭގެ ތެރެއިން ދެ މީހުންނަށް ދަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

އެކްސިޑެންޓު ހިނގީ ކިހިނެތް؟

ޖުމްލަ ހަ މީހަކަށް އަނިޔާވި މި އެކްސިޑެންޓު ހިނގި މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖު މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އެއީ ބޮޑުތަކުރުފާނު މަގު ޓްރެކާ ދިމާލުން ހުރި ސީސީޓީވީގެ ފޫޓޭޖެވެ.

ސީސީޓީވީގެ ފުޓޭޖުން ފެންނަ ގޮތުގައި ބޯކޮށް ވާރޭވެހެމުން ދަނިކޮށް ކާރު އައީ ބޮޑުތަކުރުފާނު މަގުން އިރަށެވެ. އެވަގުތު ބަސް ދަތުރުކުރަމުން ދިޔައީ ބަސް ޓާމިނަލާ ދިމާލަށް ހުޅަނގަށެވެ. ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް ރަތް ކާރުގެ ކޮންޓްރޯލް ނެއްޓި ދެފަހަރަކު އެނބުރުމަށްފަހު ގޮސް އެންމެ ފުރަތަމަ ޖެހުނީ ބަހުގެ ކުރިން ދުއްވާފައި ދިޔަ ހުދު ކާރެއްގައެވެެެ. އެ ކާރުގެ ފަހަތު ބަމްޕަރަށް ގެއްލުންވި ނަމަވެސް ރަތްކާރު ކޮންޓްރޯލް ވާގޮތެއް ނުވި އެވެ.

ރަތް ކާރު ކޮންޓްރޯލް ކުރެވުނީ، ބާރު ސްޕީޑުގައި ގޮސް ބަހުގައި ޖެހުމުންނެވެ. ބަހުގައި ޖެހި، ކަރު މައިތިރިވުމާއެކު އެއިން ދުން އަރަން ފަށާ މަންޒަރު ސީސީޓީވީ ފޫޓޭޖުން ފެނެ އެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ކާރުގެ ފަހަތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އަދި، ބަހުގެ ވިންޑްޝީލްޑް ވެސް ވަނީ ތަޅައިގެން ގޮސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox