ހުލާސާކޮށް އިއްޔެ: ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަންހެނަކު މަރުވުން

ހުލާސާކޮށް އިއްޔެ: ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަންހެނަކު މަރުވުން

މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޒަހަމްވި ހަ މީހުންގެ ތެރެއިން އެކަކު މަރުވެއްޖެ އެވެ.

އައިޖީއެމްއެޗުން ބުނީ އެކްސިޑެންޓްގައި އަނިޔާވި އެކަކު އެ ހޮސްޕިޓަލުގައި މަރުވީ އިމަޖެންސީ ރޫމްގައި އޭނާއަށް ފަރުވާދެމުން ދަނިކޮށް ކަމަށެވެ. މަރުވެފައި ވަނީ އަންހެނެއް ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި މަރުވީ ގއ. މާމެންދޫ އަށް ނިސްބަތްވާ 22 އަހަރުގެ އަންހެނެކެވެ. މުޅި ޖުމްލަ ހަ މީހަކަށް އަނިޔާ ލިބުނުއިރު އޭގެ ތެރޭގައި ހިމެނެނީ ހަތަރު އަންހެނުންނާއި ދެ ފިރިހެނުން ކަމަށް ފުލުހުން ބުނެ އެވެ.

މިހާތަނަށް ބެލި ބެލުމުން މި އެކްސިޑެންޓު ހިނގާފައި ވަނީ ބޮޑުތަކުރުފާނު މަގުގައި އެކުވެނި ދަނޑު ކައިރިން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް އެމްޓީސީސީގެ ބަހުގައި ޖެހިގެންނެވެ.

ސީސީޓީވީގެ ފުޓޭޖުން ފެންނަ ގޮތުގައި ކާރު އައީ ބޮޑުތަކުރުފާނު މަގުން އިރަށެވެ. ބަސް ދަތުރުކުރަމުން ދިޔައީ ބަސް ޓާމިނަލާ ދިމާލަށް ހުޅަނގަށެވެ. އެވަގުތު ދިޔައީ ބޯކޮށް ވާރޭ ވެހެމުންނެވެ.

ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް ރަތް ކާރުގެ ކޮންޓްރޯލް ނެއްޓި އެނބުރެމުން އައިސް އެންމެ ފުރަތަމަ ޖެހުނީ ހުޅަނގަށް ދުއްވާފައި ދިޔަ ހުދު ކާރެއްގަ އެވެ. އެއްފަހުން އެނބުރެމުން އެނބުރެމުން ގޮސް ރަތް ކާރު ހުއްޓުމަކަށް އައީ ވަރަށް ބާރަށް އައިސް، ޑަބަލް ޓެކް ބަހުގައި ޖެހުމުންނެވެ.

އެކްސިޑެންޓްގައި އަނިޔާ ލިބުނު އެންމެން ތިބީ ރަތް ކުލައިގެ ކާރުގަ އެވެ. އަނިޔާ ލިބުނު މީހުން ކާރުން ނެރުމަށްޓަކައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ އޮފިސަރުން ވެސް ހަރަކާތްތެރިވި އެވެ. އަދި، ގިނަ އަދަދެއްގެ މީހުން ވެސް އެތަނަށް އެއްވެ އެހީތެރިކަން ފޯރުކޮށްދިނެވެ. އަނިޔާވި ބައެއް މީހުން ހޮސްޕިޓަލަށް ގެންދިޔައީ ކުޑަ ޕިކަޕެއްގަ އެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ކާރުގެ ފަހަތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އަދި، ބަހުގެ ވިންޑްޝީލްޑް ވެސް ވަނީ ތަޅައިގެން ގޮސްފަ އެވެ. ރަތް ކާރުން އައިސް ޖެހުނު ހުދު ކުލައިގެ ކާރުގެ ފަހަތު ބަމްޕަރަށް ވަނީ ގެއްލުން ވެފަ އެވެ.

އެކްސިޑެންޓުގައި އެންމެ ބޮޑު ގެއްލުމެއްވި ކާރަކީ ދެ ދޮރުފަތް ހުންނަ ކާރެކެވެ. ފަހަތު ސީޓުގައި މީހުން ތިބެން ހުންނަނީ ވަރަށް ކުޑަ ޖާގައެކެވެ. އެހެންކަމުން ފަހަތުން ގޮސް އެހެން އުޅަނދެއް ބާރު ސްޕީޑުގައި ޖެހޭއިރު ފަހަތު ސީޓުގައި ތިބޭ މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބޭނެ އެވެ.

މި އެކްސިޑެންޓުގެ މައުލޫމާތު ލިބުނީ އިރުއޮއްސި 18:09 ހާއިރު ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ. މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. މިއީ މިފަހުގެ ތާރީހެއްގައި މާލޭގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި އެކްސިޑެންޓެވެ.

ބައެއް މުހިންމު ހަބަރުތައް

  • އަތޮޅު ތެރެއަށް ތެޔޮ ވިއްކާ ބައެއް ފަރާތްތަކުން، ނަހަމަ ގޮތުގައި ރިސޯޓުތަކަށް ތެޔޮ ވިއްކުން ހުއްޓުވަން އެ ފަރާތްތަކަށް ތެޔޮ ސަޕްލައި ކޮންޓްރޯލްކުރާ މިންވަރު އެސްޓީއޯއިން ކޮންޓްރޯލްކުރީ އިއްޔެ އެވެ.
  • ވަޒީފާ ނެތް މީހުންނަށް ހާއްސަ އިންޝުއަރެންސް ސްކީމަކާއި ވަޒީފާގެ ހިދުމަތުގެ ސްކީމެއް ރާއްޖޭގައި ތައާރަފް ކުރުމަށް ދިވެހި ސަރުކާރާ އެކު ވޯލްޑް ބޭންކުން ސޮއިކުރީ އިއްޔެ އެވެ.
  • މާލޭގެ އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކުރީ ސިޓީ ކައުންސިލުން އެ މަސައްކަތް ހަވާލުކުރަން އުޅުނު އަގަށް ވުރެ 45 މިލިއަން ރުފިޔާ ބޮޑު ކޮށް ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

މާލޭ ސްޓްރީޓްސްކޭޕިން މަޝްރޫއުއާ ގުޅޭގޮތުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ:

ރޯޝަނީ މަގުގެ ވަކި ހިސާބަކުން ފައިސާ ދޫކުރުން ހުއްޓާލައިފި، މަސައްކަތް ނިމުނީ، ފައިސާ ނުލިބުނު، އާރްޑީސީއަށް ވެސް ބޮޑު ގެއްލުމެއް ލިބުނީ، ކުންފުންޏެއްގެ ހައިސިއްތުން އެ ބޭފުޅުން ވެސް މަސައްކަތް ކުރިއަކަށް ނުގެންދާނެ، މަސައްކަތް ހުއްޓުނީ އެ ހިސާބުން،

ދުވަހުގެ ފޮޓޯ

ގައުމީ ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުގައި މިއަދު ހަވީރު ކްލަބް ވެމްކޯ އަތުން ސީދާ ތިން ސެޓުން މޮޅުވެ، ޕޮލިސް ކްލަބް މުބާރާތުގެ ތިން ވަނަ ސެމީން ފުރުސަތު ހޯދި މެޗުގެ ތެރެއިން. --- ފޮޓޯ: އިމޭޖަސް އެމްވީ
ގައުމީ ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުގައި މިއަދު ހަވީރު ކްލަބް ވެމްކޯ އަތުން ސީދާ ތިން ސެޓުން މޮޅުވެ، ޕޮލިސް ކްލަބް މުބާރާތުގެ ތިން ވަނަ ސެމީން ފުރުސަތު ހޯދި މެޗުގެ ތެރެއިން. --- ފޮޓޯ: އިމޭޖަސް އެމްވީ

ގައުމީ ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުގައި މިއަދު ހަވީރު ކްލަބް ވެމްކޯ އަތުން ސީދާ ތިން ސެޓުން މޮޅުވެ، ޕޮލިސް ކްލަބް މުބާރާތުގެ ތިން ވަނަ ސެމީން ފުރުސަތު ހޯދި މެޗުގެ ތެރެއިން. --- ފޮޓޯ: އިމޭޖަސް އެމްވީ

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox