ބާ ކައުންސިލުގެ މެންބަރުކަމަށް އަލީ، ދީނާ އަދި މުނީޒާ ހޮވައިފި

ބާ ކައުންސިލޔގެ އެކްސްކޯ މެންބަރުން ހޮވުމަށް މިއަދު ބޭއްވި އަހަރީ އާންމު ޖަލްސާ - ފޮޓޯ: ބާ ކައުންސިލް

ބާ ކައުންސިލޔގެ އެކްސްކޯ މެންބަރުން ހޮވުމަށް މިއަދު ބޭއްވި އަހަރީ އާންމު ޖަލްސާ - ފޮޓޯ: ބާ ކައުންސިލް

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެކްސްކޯއަށް ތިން މެންބަރުން ހޮވައިފި އެވެ.

އެކަމަސް ހާއްސަކޮށް މިއަދު ބޭއްވި އެ ކައުންސިލުގެ އަހަރީ އާންމު ޖަލްސާގައި، އެކްސްކޯ މެންބަރުންގެ ގޮތުގައި ހޮވާފައި ވަނީ އަލީ އަބްދުއްލަތީފް، ދީނާ ހުސެއިން އަދި އައިޝަތު މުނީޒާ އެވެ. އެ މެންބަެުން އިންތިހާބު ވެފައި ވަނީ ކުރިއަށް އޮތް ތިން އަހަރު ދުވަހަށެވެ.

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް އަލީ އަބްދުއްލަތީފް ހޮވުނީ 234 ވޯޓުންނެވެ. އަދި ދީނާ ހުސެއިނަށް 241 ވޯޓު ލިބިފައި ވާއިރު، މއައިޝަތު މުނީޒާއަށް ލިބުނީ 171 ވޯޓެވެ.

އެ އިންތިހާބުގައި ވޯޓުލުމަށް ޖުމްލަ 884 މެންބަރުން ރަޖިސްޓްރީވެފައިވާއިރު، ވޯޓުގައި ބައިވެރިވީ 402 މެންބަރުންނެވެ.

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ހޮވުމަށް ބޭއްވުނު އިންތިހާބުގެ ދެވަނަ ބުރަށް ވާދަކުރީ ޖުމްލަ ފަސް ވަކީލުންނެވެ. އޭގެ ތެރޭގައި ހިމެނެނީ، އެކްސްކޯއަށް ހޮވުނު ތިން ވަކީލުންގެ އިތުރުން މަރްޔަމް ނިހާޔަތާއި، ހަސަން ފަލާހު އެވެ.

ގާނޫނުގައި އޮންނަ ގޮތުން، ބާ ކައުންސިލްގެ އެކްސްކޯގައި ތިބެނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ރައީސްއަކާއި ނައިބު ރައީސްއަކާއި މެންބަރުންގެ ގޮތުގައި ހަ ވަކީލެކެވެ. އޭގެ އިތުރަށް ބަންޑާރަ ނައިބު ވެސް އެކްސްކޯގައި އިންނަވާނެ އެވެ.

މި މަހުގެ 11 ވަނަ ދުވަހު ބޭއްވި ފުރަތަމަ ބުރުގައި ބާ ކައުންސިލްގެ ރައީސަކަށް ވަކީލު އިސްމާއީލް ވިޝާމް އަދި ނައިބު ރައީސަކަށް މިޒްނާ އަހްމަދު ވަނީ އިންތިހާބުކޮށްފަ އެވެ.

އެންމެ ގިނަ ވޯޓު ހޯދައިގެން އެކްސްކޯގެ މެންބަރުންނަށް އެ ދުވަހު އިންތިހާބު ކުރީ، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒުއާއި، އިބްރާހިމް ޝަމީލް އަދި ސާދިހު ނަސީރު އެވެ.

ބާ ކައުންސިލް ވުޖޫދަށް އައީ 2019 ގަ އެވެ. މިއީ ބާ ކައުންސިލްގެ އެކްސްކޯއަށް މެންބަރުން އިންތިހާބު ކުރާ ދެވަނަ ފަހަރެވެ. އެކްސްކޯ މެންބަރުންގެ ދައުރަކަށް އޮންނަނީ ތިން އަހަރު ދުވަހުގެ މުއްދަތެކެވެ.

ބާ ކައުންސިލް ވުޖޫދު ކުރުމުގެ ކުރިން ވަކީލުންގެ ކަންކަން ބަލަހައްޓަމުން ގެެންދިޔައީ ސުޕްރީމް ކޯޓުންނެވެ. އަދި ބަންޑާރަ ނައިބުގެ އޮފީހުން ވެސް ވަކީލުން ރެގިއުލޭޓް ކުރި ދުވަސްވަރެއް ވެސް ދިޔަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox