މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރޭތީ، އީދު ފާހަގަ ކުރުމަށް ހުޅުމާލޭގައި ހަވާ ނޭރުވުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މިއަދު ނިންމައިފި އެވެ.
އެ އޮފީހުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ހަވާ އަރުވާ މަންޒަރު ބަލަން ގިނަ ބަޔަކު އެއްވާނެ ކަމަށް ބެލެވޭތީ، އަންނަ ޖުލައި 9، ގައި މުސްލިމުން ފާހަގަ ކުރާ އަލްހާ އީދުގައި އެކަން ނުކުރުމަށް ނިންމާފައިވާ ކަމަށެވެ.
"އަލްހާ އީދު ހުޅުމާލޭގައި ކުލަގަދަކޮށް ފާހަގަ ކުރުމަށް ރާވާފައިވާވީއިރު، މި ދުވަސްވަރަކީ ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި އިތުރުވެފައިވާ ދުވަސްވަރަކަށްވާތީ ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅޭ ހަރަކާތްތައް މި ކޯޕަރޭޝަނުން ވަނީ ނިންމާފައި،" އެޗްޑީސީން ބުނެފައިވެ އެވެ.
ކޮވިޑް-19 ޖެހިގެން މިދިޔަ ހަފްތާގައި 20 އަހަރުގެ ޒުވާނަކާއި އުމުރުން ދުވަސްވީ މީހަކު މަރުވެފައިވާއިރު 1202 މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އަދި ކޮވިޑު ޖެހި ހާލުބޮޑުވެގެން 51 މީހަކު އެނދުމަތިކޮށް ދަނީ ފަރުވާދެމުންނެވެ.
އޭގެ އިތުރުން، ތަހުލީލު ކުރާ ސާމްޕަލްތަކުގެ ނަތީޖާ ޕޮޒިޓިވްވާ ޕަސެންޓޭޖު ވަނީ 35 ޕސެންޓަށް އަރައިފަ އެވެ. މިދިޔަ އޭޕްރީލް މަހު ޕޮޒިޓިވިޓީ ރޭޓު އުޅުނީ ހަ ޕަސެންޓުގަ އެވެ.

ޗައިނާގައި ދިރިއުޅުނު ވާލެއްގެ ގައިން 2019 ވަނަ އަހަރު އިންސާނަކަށް ޖެހުނު ކޮވިޑު ބަލީގެ 181،586 ކޭސް ވަނީ ފެނިފަ އެވެ. އަދި އެ ބަލި ޖެހިގެން މިހާތަނަށް 305 މީހަކު ވަނީ މަރުވެފަ އެވެ. އެއީ ދިވެހިރާއްޖޭގެ އާބާދީގެ 0.05 މީހުންނެވެ.











