އީޔޫ ސަމިޓާ ދިމާކޮށް ރަޝިއާގެ ހަމަލާތައް ވަރުގަދަ ކުރާނެ: ޒިލެންސްކީ

އީޔޫ ސަމިޓާ ދިމާކޮށް ރަޝިއާގެ ހަމަލާތައް ވަރުގަދަ ކުރާނެ: ޒިލެންސްކީ

ޔޫކްރެއިނަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ މެމްބަރުކަން ދިނުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ހަމަޖެހިފައިވާ ސަމިޓާ ދިމާކޮށް ރަޝިއާ އިން ދެމުންދާ ހަމަލާތައް ވަރުގަދަ ކުރާނެ ކަމަށް އެ ޔޫކްރެއިންގެ ރައީސް ވޮލްޑިމިރް ޒިލެންސްކީ ވިދާޅުވެއްޖެ އެވެ.

މި ހަފްތާގެ ތެރޭގައި ބާއްވާ އީޔޫ ސަމިޓުގައި ޔޫކްރެއިނަށް މެމްބަރުކަން ދޭން ވޯޓަށް އަހާނެ އެވެ. އެ ގައުމަށް މެމްބަރުކަން ދޭން ފެންނަ ކަމަށް ފާސްކުރި ނަމަވެސް އީޔޫގެ މެމްބަރަކަށް ވާން ފުރިހަމަކުރަން ޖެހޭ ކަންކަން ނިންމަން އެތައް އަހަރެއް ފާއިތުވާނެ އެވެ.

މި ވޯޓާ ގުޅިގެން މޮސްކޯގެ ހަމަލާތައް ވަރުގަދަ ކުރާނެ ކަން އެނގޭ ކަމަށާއި އެކަމަށް އެގައުމުގެ ސިފައިން ވަރަށް ރަނގަޅަށް ތައްޔާރުވަމުންދާ ކަމަށް ވެސް ޒިލެންސްކީ ވިދާޅުވި އެވެ.

Advertisement

ޔޫރަޕިއަން ކޮމިޝަނުން ވެސް ޔޫކްރެއިނަށް މެމްބަރުކަން ދޭން ތާއިދުކޮށްފައިވާއިރު އެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދަވާނެ ކަމަށް ޒިލެންސްކީ ވަނީ ވައުދުވެވަޑައިގެންފަ އެވެ.

މިވަގުތު ޔޫކްރެއިނަށް މެމްބަރުކަން ދިނުމުގެ ހުރިހާ ކަމެއް އޮތީ ޔޫރަޕިއަން ކައުންސިލްގެ އަތްމަތީގަ އެވެ. އެ ކައުންސިލްގައި ތިއްބަވަނީ އީޔޫގެ މެމްބަރު ގައުމުތަކުގެ ލީޑަރުންނެވެ. އެ ހުރިހާ ބޭފުޅުން ވެސް މި ހަފްތާ ބަންދުގައި ބްރަސަލްސްގައި ބައްދަލުކުރައްވާނެ އެވެ.

ރަޝިއާ އިން ވަނީ އެ ގައުމަށް މިކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ބުނެފަ އެވެ.

"އަޅުގަނޑުމެން އެކަމާ އެއްވެސް ވަރަކަށް ދެކޮޅެއް ނޫން. އެއީ އެ މީހުންނަށް ލިބިފައިވާ އިސްތިގްލާލްގެ ދަށުން ނިންމޭނެ ނިންމުމެއް، އިގްތިސާދީ ޔޫނިއަންތަކުގައި ބައިވެރިވާނީތޯ ނުވަތަ ނުވާނީތޯ. އެއީ އެ މީހުންގެ އަމިއްލަ ކަމެއް، ޔޫކްރެއިން ރައްޔިތުންގެ ކަމެއް،" ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން ދިނުމާ ގުޅޭގޮތުން ރަޝިއާގެ ރައީސް ލެޑިމިއާ ޕުޓިން ވިދާޅުވި އެވެ.

ޔޫކްރެއިނުން އީޔޫގެ މެމްބަރަކަށް ވާން އެދި ހުށަހެޅީ ފެބްރުއަރީ 24 ގައި ރަޝިއާ އިން އެގައުމަށް އަރައި ހަނގުރާމަ ފެށިތާ ހަތަރު ދުވަސް ފަހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox