"ހަވީރު"ގެ މިލްކުވެރިކަން ކަށަވަރުކުރުން މުހިންމުވާތީ އިސްތިއުނާފުގެ ހުއްދަ ސުޕްރީމް ކޯޓުން ދީފި

ހަވީރު ނޫހުގެ މަސްއޫލުވެރިޔާ ޑރ. ޒާހިރު އަދި އެ ނޫހުގެ އެޑިޓަރު މޫސާ ލަތީފް: އިސްތިއުނާފުގެ ހުއްދަ ވަނީ ދީފައި

ހަވީރު ނޫހުގެ މަސްއޫލުވެރިޔާ ޑރ. ޒާހިރު އަދި އެ ނޫހުގެ އެޑިޓަރު މޫސާ ލަތީފް: އިސްތިއުނާފުގެ ހުއްދަ ވަނީ ދީފައި

"ހަވީރު" ނޫހާއި ލޯމާފާނު ޕްރިންޓްގެ މިލްކްވެރިކަން ކަށަވަރު ކުރުމަކީ މުހިންމު ކަމެއް ކަމަށް ބުނެ, މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ އެ ނޫހުގެ މަސްއޫލުވެރިޔާ ޑރ. މުހައްމަދު ޒާހިރު ހުސެއިންނަށް ސުޕްރީމް ކޯޓުން ދީފި އެވެ.

ސުޕްރީމް ކޯޓާ ހަމާގައި އޮތް މި މައްސަލަ ފެށުނީ ސިވިލް ކޯޓަށް 2016 ވަނަ އަހަރު "ހަވީރު" ގެ މިލްކުވެރިކަމާ ގުޅޭ ގޮތުން އިބްރާހިމް ރަޝީދު މޫސާ އާއި ފާރޫގް ހަސަން އަދި މުހައްމަދު ނައީމް މައްސަލައެއް ހުށަހެޅުމުންނެވެ. އެންމެ ދުވަސްވީ ނޫސް, ހަވީރު ނޫސް ބަންދުކުރީ އެ މައްސަލާގައި ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރާ ގުޅިގެންނެވެ.

ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އިބްރާހިމް ރަޝީދާއި ފާރޫގް އަދި ނައީމް އެދިފައި އޮތީ, ހަވީރުގެ އާމްދަނީން އެ ތިން މީހުންނަށް ލިބެންޖެހޭ ބައި ހޯދުމަށާއި ނޫސް ހިންގުމުގައި ބައިވެރިވެވޭނެ އިންތިޒާމް ހަމަޖެއްސުމަށެވެ. ނަމަވެސް, މައްސަލާގެ ހުކުމް އޭރު ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް ނެރުއްވިއިރު, ދައުވާގައި އެދިފައި ނެތް ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެ އެވެ. އެގޮތުން, ހަވީރުގެ އެއްވެސް މުވައްޒަފަކަށް ދެ އަހަރު ވަންދެން އެހެން އެއްވެސް ނޫހެއްގައި މަސައްކަތް ނުކުރެވޭނެ ގޮތަށް އަމުރު ނެރުނެވެ.

ނަމަވެސް, މުވައްޒަފުންގެ އެ މައްސަލަ ވަކި އިސްތިއުނާފުކޮށް ހައިކޯޓުގައި ހިންގިިއިރު, އެ އަމުރު ވަނީ ބާތިލްކޮށްފަ އެވެ. "ހަވީރު" ބަންދުކުރަން މަޖުބޫރު މައްސަލާގެ ސިވިލް ކޯޓުގެ ހުކުމް ހައިކޯޓުގައި ޑރ. މުހައްމަދު ޒާހިރު ހުސެއިން އިސްތިއުނާފުކުރެއްވި އެވެ. އެ މައްސަލާގައި ހައިކޯޓުން ހުކުމްކުރީ ސިވިލް ކޯޓުން މައްސަލަ ބަލާފައިވަނީ ގޯސްކޮށް ކަމާއި މައްސަލާގައި ހިމެނޭ ފަރާތްތަކުގެ ބަހެއް ވެސް ހޯދާފައި ނެތް ކަމަށެވެ.

އަދި, ދައުވާގައި ނެތް ކަންކަމުގެ މައްޗަށް ހުކުމްކޮށް, ދައުވާގައިވާ ކަންކަމުގެ މައްޗަށް ގޮތެއް ކަނޑައަޅާފައިނުވާތީ އެކަންކަން ބަލައި އަލުން ގޮތެއް ކަނޑައަޅަން ސިވިލް ކޯޓަށް މައްސަލަ ތަހުވީލްކުރަން ހައިކޯޓުގެ ތިން ފަނޑިޔާރެއްގެ އިއްތިފާގުން އޭރު ހުކުމް ނެރުނެވެ. ނަމަވެސް, އެ ހުކުމް ވެސް ޑރ. ޒާހިރުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި އެވެ.

އެ މައްސަލާގައި 2019 ވަަނަ އަހަރު ނިންމީ ސުޕްރީމް ކޯޓުން އިސްތިއުނާފުގެ ހުއްދަ ދޭން ނުޖެހޭ ކަމަށެވެ. އެކަމަކު, އެ ނިންމުން ރިވިއުކޮށްދިނުމަށް އެދި އަނެއްކާވެސް ޑރ, ޒާހިރުގެ ފަރާތުން ސުޕްރީމް ކޯޓުގައި އޮތީ އެދިފަ އެވެ. އެހެންވެ, ކުރިއަށް ގެންދިޔަ މައްސަލާގައި ފަނޑިޔާރު މަހާޒު އަލީ ވަނީ ހުކުމް އިއްވަވާފަ އެވެ.

ފަނޑިޔާރު މަހާޒު ވިދާޅުވި ގޮތުގައި, މައްސަލައެއް ރިވިއު ކުރުމަކީ ނާދިރު ހާލަތްތަކެއްގައި, ފާޅުކަން ބޮޑު ގޮތެއްގައި ބޭއިންސާފެއް އޮތް ކަމަށް ގަބޫލު ކުރެވޭ ހާލަތުގައި ކުރާ ކަމެއް ކަމަށާއި އެހެންކަމުން މި މައްސަލާގައި ވެސް ބަލަން ޖެހެނީ އެފަދަ ހާލަތެއް އޮތްތޯ ކަމަށެވެ. އެކަމަށް ބަލާއިރު, "ހަވީރު" ނޫހާއި ލޯމާފާނު ޕްރިންޓްގެ މިލްކުވެރިކަން ޔަގީން ކުރެވިފައި ނެތް ކަމާއި އޭގެ ސަބަބުން ދަށު ކޯޓުގެ ހުކުމް ތަންފީޒު ކުރުމަށް ހުރަސްތައް އެޅޭނެ ކަމަށެވެ.

އިބްރާހިމް ރަޝީދާއި ފާރޫގް އަދި ނައީމްގެ ހިއްސާ އޮންނަ ހަވީރު ނޫސް އެޖެންސީން އެ މުދަލުގެ މިލްކުވެރިކަމަށް ދައުވާކުރާއިރު, އެ މުދަލަކީ އެ އެޖެންސީގެ މުދަލެއް ކަމަށް ބަޔާންކުރާ ލިޔެކިޔުމެއް ނެތް ކަމާއި އެ މުދަލުގެ ވެރި ފަރާތަކީ ޑރ. ޒާހިރު ޗެއާކުރައްވާ ހަވީރު މީޑިއާ ގްރޫޕްގެ ކަމަށް އެ ކުންފުނިން ބުނާކަން ހުކުމްގައި ފާހަގަކުރި އެވެ. ނަމަވެސް, މައްސަލަ ނިންމުމުގައި ހަވީރު މީޑިއާ ގްރޫޕްގެ ބަހެއް ހޯދާފައިނެތުމަކީ, އެ ކުންފުނީގެ މުދަލެއް ކަމަށް ބުނާ މުދަލަކާ ގުޅޭ ގޮތުން އެ ފަރާތުގެ ބަހެއް ނެތި ގޮތްތަކެއް ނިންމުން ކަމަށެވެ. އެއީ, ބޭއިންސާފެއްގެ ގޮތުގައި ފާހަގަކޮށް, މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ ދޭން ފެންނަ ކަމަށް ފަނޑިޔާރު މަހާޒު ނިންމެވި އެވެ.

މި ނިންމެވުމަށް މައްސަލާގެ ބެންޗުގައި އިންނެވި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ތާއިދު ކުރެއްވި އެވެ. ހުކުމްގައި އެންގީ, ކުރިއަށް އޮތް 30 ދުވަސް ތެރޭ މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅުމަށެވެ. އަދި, މައްސަލާގައި ހިމެނޭ މުދަލުގެ މިލްކުވެރިކަން ސުޕްރީމް ކޯޓުން ކަށަވަރު ކުރަން ބޭނުންވާތީ, މައްސަލާގެ ތެރެއަށް ހަވީރު މީޑިއާ ގުރޫޕަށް މައްސަލައިގެ ތެރެއަށް ވަނުމުގެ ހުއްދަ ވެސް ވަނީ ދީފަ އެވެ.

އެންމެ ފުރަތަމަ 1983 ވަނަ ހަވީރު ނޫސް އެޖެންސީ އުފައްދައި, ހަވީރު ނޫސް ނެރެމުން ދިޔަ އެވެ. އޭރު އެ ކުންފުނީގައި ޑރ. ޒާހިރުގެ ހިއްސާ ނެތެވެ. އަނެއް ތިން ބޭފުޅުން ވިދާޅުވާ ގޮތުގައި ޒާހިރުގެ ހިއްސާއެއް ނެތީ އޭރު ޒާހިރު ދައުލަތުގައި އަދާކުރައްވަމުން ގެންދެވި ވަޒީފާގެ ސަބަބުންނެވެ. ނަމަވެސް, ފައުންޑަރުންގެ އެއްބަސްވުމެއް ކަމަށް ބުނެ, ހަތަރު ބޭފުޅުން ނޫސް ހިންގުމަށް އެއްބަސްވެފައިވާ ލިޔުމެއް އެ ބޭފުޅުން ގެންގުޅުއްވަ އެވެ.

އޭގެ ފަހުން ހަވީރު ނޫހުގެ މަސްއޫލުވެރިއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައި އޮތީ ހަވީރު ނޫސް އެޖެންސީގެ ބަދަލުގައި ޑރ. ޒާހިރު ހުސެއިންގެ ނަމެވެ. އޭގެ ފަހުން ހަވީރު މީޑިއާ ގުރޫޕަށް ރަޖިސްޓްރީ ބަދަލުކޮށްފައިވެ އެވެ. ނަމަވެސް, ޑރ. ޒާހިރު ހުސެއިން ހަވީރު ނޫހުގެ މިލްކުވެރިކަން އެގޮތަށް ބަދަލުކޮށްފައިވަނީ އިބްރާހިމް ރަޝީދާއި ފާރޫގް އަދި ނައީމަށް އޮޅުވާލައިގެން ކަމަށް އެ ފަރާތްތަކުން ދައުވާ ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox