މިއުޒިކްފަދަ މާއްދާތައް ކިޔަވައިދޭ ގޮތަށް މޮޑެލް ސްކޫލުތަކެއް ގާއިމްކުރަނީ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އައިޝަތު އަލީ-- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އައިޝަތު އަލީ-- ފޮޓޯ: މަޖިލިސް

މިހާތަނަށް ރާއްޖޭން ނުލިބޭ ފަދަ ތައުލީމު ލިބޭ ގޮތަށް، ރާއްޖޭގެ ފަސް ސަރަހައްދެއްގައި މޮޑެލް ކޮންސެޕްޓުގެ ސުކޫލުތަކެއް ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އައިޝަތު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމުގެ މަތިން ތަރައްގީކުރާ ފަސް މޮޑެލް ސުކޫލުގެ ތެރެއިން ދެ ސުކޫލެއްގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

"މި ސުކޫލުތައް ވާނެ މިހާތަނަށް ރާއްޖޭގައި ދިވެހިރާއްޖެއިން ނުލިބޭ ފަދަ ތައުލީމު ލިބޭ ތަންތަަނަށް، އަޅުގަނޑު މިހެން މިދަންނަވާލީ މިހާރު އަޅުގަނޑުމެންގެ ސުކޫލުތަކުގައި ނުކިޔަވައިދޭ ބައެއް ތަކެތި ވެސް މި ސުކޫލުތަކުގައި ކިޔެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިގޮތުން، ސްޓެމް އެޑިއުކޭޝަން (ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި ހިސާބު) އާއި ވޮކޭޝަނަލް އެޑިއުކޭޝަންގެ އިތުރުން މިއުޒިކާއި އާޓްސް ފަދަ މާއްދާތައް މި ސުކޫލުގައި ކިޔަަވައިދޭނެ ކަމަށް ވިދާޅުވި އެވެ.

މި ސުކޫލުތައް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ފުވައްމުލައް ސިޓީ އާއި ކުޅުދުއްފުށީ ސިޓީގެ ދެ ސުކޫލެއްގަ އެވެ. ބާކީ ތިން ސުކޫލު ގާއިމް ކުރަނީ ކޮން ރަށްރަށެއްގައި ކަމެއް މިނިސްޓަރު ވިދާޅެެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނާޒިމްގެ ތުހުމަތާ ގުޅިގެން ޖަވާބުދާރީވާން އިންޑިއާއިން އަންގައިފި

މިކަމާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ ރާއްޖޭގެ ހައިކޮމިޝަނަށް ސިޓީއެއް ފޮނުވައިފައެވެ. ނާޒިމްގެ މި ވާހަކަތައް ހާމަވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގެ އޯޑިއޯ ލީކުވުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓަށް ސަމީރު އައްޔަނުކުރަން މަޖިލީހުގެ ރުހުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު އިއްތިފާގުން ފާސްކޮށްފިއެވެ. ސަމީރު މި މަގާމަށް އައްޔަނުކުރަން ނިންމީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ރިޓަޔާ ކުރައްވާތީ ހުސްވާ މަގާމަށެވެ.

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދިން މައްސަލައެއް

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދީ، އެ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ލަފާކުރެވޭ ގޮތުގައި މިއީ އޭޓީއެމް ފަޅާލައިގެން ފައިސާ ނަގަން ކުރި މަސައްކަތެއް ނަމަވެސް، އެއްވެސް ފައިސާއެއް ގެއްލިފައި ނުވާކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

"މުއިއްޒު ސަރުކާރުން ދަނީ ރައްޔިތުންނަށް ވަޒީފާގެ ބިރު ދައްކަމުން

ރައީސް މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ސީދާކޮށްނާއި ނުސީދާކޮށް ވަޒީފާގެ ބިރުދައްކަމުންދާ ކަމަށް މެންބަރު ހުސައިން ޒިޔާދު ތުހުމަތުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ވެމްކޯ އާއި ފެނަކަ ފަދަ ކުންފުނިތަކުގެ މުވައްޒަފުންގެ އިތުރުން، މަޖިލިސް މެންބަރުންވެސް މިއަދު ތިއްބެވީ ސަރުކާރުގެ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ސީއެސްސީގެ އަށްވަނަ ބައްދަލުވުން ރާއްޖޭގައި ބާއްވައިފި

ރާއްޖެއާއި އިންޑިއާ ހިމެނޭހެން މެންބަރު ގައުމުތަކުގެ އިސްވެރިން ބައިވެރިވި މި ބައްދަލުވުމުގައި، ކަނޑުގެ ސަލާމަތާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

މަޖިލީހުގެ ތިންވަނަ ދައުަރު ދަންމާލަން ފާސްކޮށްފި

ރަސްމާލެ މަޝްރޫއާ ގުޅޭ ބިލުތަކާއި އެހެނިހެން މުހިންމު ބިލުތަކުގެ މަސައްކަތް ނިންމުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު ޑިސެމްބަރު 15 ގެ ނިޔަލަށް ދަންމާލަން މިއަދު ފާސްކޮށްފި އެވެ.

10 އަހަރު ތެރޭ ދުވަސްނުފުރާ އުފަންވި 41 ކުދިން ސަލާމަތްކޮށްފި

ވޭތުވެދިޔަ 10 އަހަރު ތެރޭގައި މާބަނޑުވިތާ 23 ހަފުތާއާއި 26 ހަފުތާއާ ދެމެދު ދުވަސްނުފުރާ އުފަންވި 41 ކުދިންގެ ފުރާނަ އައިޖީއެމްއެޗްގެ އެންއައިސީޔޫއިން ވަނީ ސަލާމަތްކޮށްފައެވެ. މީގެ ތެރޭގައި އެންމެ 500 ގްރާމްގެ ބަރުދަނުގައި އުފަންވި ކުދިން ހިމެނޭއިރު، މިއީ އެ ހޮސްޕިޓަލުގެ ފަރުވާގެ ފެންވަރު ރަނގަޅުވަމުންދާކަން ހާމަކޮށްދޭ ތަފާސްހިސާބުތަކެކެވެ. އައިޖީއެމްއެޗުން ބުނިގޮތުގައި މިފަދަ ކުދިން ސަލާމަތްކުރުމުގައި އިންފެކްޝަނުން ރައްކާތެރިކުރުމާއި، ރަނގަޅު ކާނާ އަދި ގަވާއިދުން ފޮލޯއަޕް ހެދުން ނުހަނު މުހިންމެވެ.

Newsletter

Get the latest news delivered straight to your inbox