"އަހަރެންނަށް ވާނެ!"

"އަހަރެންނަށް ވާނެ!"

މަސައްކަތްތައް ނިންމަންޖެހޭ ދުވަހަށް ނުނިންމި، ފަރުވާކުޑަ ކުރެވޭ ކަމުގެ އިހުސާސް ކުރެވޭ ހެއްޔެވެ؟ ތިމާ ކުރާ މަސައްކަތަށް ހައްގު ތައުރީފު ނުލިބޭ ކަމަށް ހިތަށް އަރައި، އެކަމާ މާޔޫސްވޭ ހެއްޔެވެ؟ އެ އިހުސާސުގެ ސަބަބުން މަސައްކަތަށް ހުރަސް އެޅޭ ހެއްޔެވެ؟ ވެގެން ތިޔަ އުޅޭ ގޮތަކީ ސެލްފް އެފިކަސީ ދަށްވުން، ނުވަތަ 'އަހަރެންނަށް ވާނެ' ކަމުގެ ގަބޫލުކުރުން ދަށްވުން ކަމަށް ވެދާނެ އެވެ.

ސެލްފް އެފިކަސީއަކީ އެންމެ ކުރުކޮށް ބުނާނަމަ ތިމާއަށް ވާނެ ކަމަށް ނުވަތަ ކުރެވޭނެ ކަމަށް ގަބޫލު ކުރާ މިންވަރެވެ. ދިރިއުޅުމުގައި ދިމާވާ ކަންކަމާއި ދިރިއުޅުމަށް އަންނަ ބަދަލުތަކާއި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލައި ދިރިއުޅުމުގައި ކަނޑައަޅާ ގޯލްތައް ކާމިޔާބުކުރުމުގެ ގާބިލުކަން ހުރި މިންވަރާ މެދު ގަބޫލުކުރާ ގަބޫލުކުރުންތަކެވެ. މީގެ ތެރޭގައި މުސްތަގުބަލުގައި ދިމާވެދާނެ ހާލަތުތަކާ ކުރިމަތިލުމުގެ ގާބިލުކަން ތިމާގެ ހުރިކަމަށް ދެކޭ މިންވަރު ވެސް ސެލްފް އެފިކަސީގެ މާނައިގެ ތެރޭގައި ހިމެނެ އެވެ.

'ސެލްފް އެފިކަސީ' މި ލަފްޒު އެންމެ ފުރަތަމަ ބޭނުން ކުރަން ފަށާފައި ވަނީ ސްޓޭންފޯޑް ޔުނިވަރސިޓީގެ ސައިކޮލޮޖީ ޕްރޮފެސަރެއްކަމަށްވާ އަލްބަރޓް ބަންޑޫރާ އެވެ. އެމެރިކާ އަދި ކެނެޑާއަށް ނިސްބަތްވާ ސައިކޮލޮޖިސްޓް އަލްބާރޓް ބަންޑޫރާ ދެކޭ ގޮތުގައި ސެލްފް އެފިކަސީ އަކީ މީހާގެ ދުޅަހެޔޮކަން ރަނގަޅުވެ ދިރިއުޅުމުގައި ކުރިއަށް ދާން ހިތްވަރު ލިބި މަސައްކަތުގައި ކާމިޔާބު މީހަކަށް މީހާވުމުގައި މުހިންމު ރޯލެއް ކުޅޭ އެއްޗެކެވެ.

Advertisement

ތިމާއަށް ވާނެ ކަމަށް ގަބޫލުކުރާ މިންވަރު ނުވަތަ ސެލްފް އެފިކަސީ މަތިވުމަކީ ނުހަނު ފައިދާ ހުރި ކަމެކެވެ. ސެލްފް އެފިކަސީ މަތިވުމުގެ ފައިދާތަކުގެ ތެރޭގައި ސްޓްރެސްވުމާއި ހިތްދަތި ކަންކަމާއި ގޮންޖެހުންތަކާއި ކުރިމަތިލައި އެކަމުން އަރައިގަތުމުގައި މީހާގެ ހިތްވަރާއި ފަންވަރު މަތިވުން ހިމެނެ އެވެ. މީގެ އިތުރުން ކިޔެވުމާއި މަސައްކަތުގެ މާހައުލުގައި ކާމިޔާބީއާއި ސިއްހީގޮތުން ނުރަނގަޅު އާދަތަކާއި ދުރުހެލިވުމާއި ސެލްފް އެފިކަސީ ވަނީ ގުޅިފަ އެވެ.

ބަންޑޫރާ ދެކޭ ގޮތުގައި ސެލްފް އެފިކަސީ އަންނަނީ ހަތަރު ކަމަކުންނެވެ. ފުރަތަމަ ކަމަކީ މީހާއަށް ދިރިއުޅުމުގައި ކުރެވޭ ތަފާތު ތަޖުރިބާ ތަކެވެ. ދެވަނަ ކަމަކީ ތިމާގެ ވަށައިގެން އުޅޭ މީހުންގެ ފަރާތުން ފެންނަ ކަންކަމެވެ. ތިންވަނަ ކަމަކީ މީހުންގެ ފަރާތުން ލިބޭ ހިތްވަރެވެ. ހަތަރު ވަނަ ކަމަކީ މީހާގެ ނަފްސާނީ ހާލަތެވެ.

ސެލްފް އެފިކަސީއަށް އެންމެ ފަސޭހައިން އެނގުންވަނީ ކުރެވޭ ތަޖުރިބާތަކާއި ހޯދޭ ކާމިޔާބީތަކާއި ކުރިމަތިވާ ނާކާމިޔާބީ ތަކުންނެވެ. ކަމެއް ކާމިޔާބު ކުރެވޭ ކޮންމެ ފަހަރަކު ނުވަތަ އާކަމެއް ދަސްވާ ކޮންމެ ފަހަރަކު އެ ލިބެނީ މީހާ ގާބިލު ކަމުގެ ހެއްކެކެވެ. ހަމަ އެގޮތަށް މީގެ އަނެއް ކޮޅުވެސް އެބަ އޮތެވެ. ކުރިމަތިވާ ނާކާމިޔާބީއެއްގެ ސަބަބުން ނުވަތަ ލިބޭ މާޔޫސްކަމަކުން ސެލް އެފިކަސީ ދައް ވެދާނެ ކަމަށް ސައިކޮލޮޖިސްޓް އަލްބާރޓް ބަންޑޫރާ ދެކެވަޑައިގަންނަވަ އެވެ. ކުރިމަތިވާ ނާކާމިޔާބީ ތަކުން ފިލާވަޅު ލިބިގަނެ ކުރިއަށް ދިއުމުގެ ވިސްނުން ގެންގުޅުމަކީ ސެލްފް އެފިކަސީ މަތި ކުރުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.

"ގުރޯވްތު މައިންޑް ސެޓް " މުހިންމު ވަނީ ވެސް މި ސަބަބާ ހެދިއެވެ. ސްޓޭންފޯރޑު ޔުނިވާރސިޓީގެ ސައިކޮލޮޖީ ޕުރޮފެސާރ ކެރޯލް ޑުވެކް އޭނާގެ މަޝްހޫރު ފޮތް "މައިންޑް ސެޓް" ގައި ބުނެފައިވާ ގޮތުގައި އެއްބަޔަކު ގެންގުޅެނީ "ގުރޯވްތު މައިންޑް ސެޓް" އެކެވެ. "ގުރޯވްތު މައިންޑް ސެޓް" ގެންގުޅޭ މީހުން ގަބޫލު ކުރަނީ މީހާއަށް ލިބިފައި ގާބިލު ކަމަކީ ބުރަ މަސައްކަތާއި ވަރުގަދަ އަޒުމާއި ތަޖުރިބާއިން އިތުރަށް ކުރިއަރުވާ ތަރައްގީ ކުރެވިދާނެ އެއްޗެއް ކަމަށެވެ. ގުރޯވްތު މައިންޑް ސެޓްގެ އިދިކޮޅަކީ "ފިކްސްޑް މައިންޑް ސެޓް" އެވެ. ފިކްސްޑް މައިންޑް ސެޓް ގެންގުޅޭ މީހުންނަށް، މީހާއަށް ލިބިފައިވާ ގާބިލުކަމަކީ ބަދަލު ނުކުރެވޭނެ އެއްޗެއް ކަމަށް ހީވެ އެވެ. ނާކާމިޔާބީއަކާ ކުރިމަތިވެ ވިސްނުން ކޮށި މީހެކޭ އެހެން މީހުންނަށް ހީވެދާނެތީ މިފަދަ މީހުން ވަރަށް ޖެހިލުންވެ އެވެ. މަސައްކަތާއި ތަޖުރިބާއިން ސެލްފް އެފިކަސީ މަތިކުރަން ބޭނުން ނަމަ ގުރޯވްތް މައިންޑް ސެޓެއް ގެންގުޅުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. މީގެ އިތުރުން ލިބޭ ކާމިޔާތައް ފާހަގަކޮށް ކާމިޔާބީތައް ހަނދާން ކުރުމަކީ އަމިއްލަ ނަފްސާ މެދު އޮންނަ ޔަގީންކަން އިތުރު ވާނެ ކަމެކެވެ.

ސެލްފް އެފިކަސީއަށް އެންމެ ބޮޑު ބާރެއް ލިބޭ ދެވަނަ ކަމަކީ ވަށައިގެން އުޅޭ މީހުންގެ ފަރާތުން ފެންނަ ކަންކަމެވެ. ހާއްސަކޮށް އެމީހަކާ އެއްގޮތް ކަންތައްތަކެއް ހުރި އެހެން މީހުންގެ ފަރާތުން ފެންނަ ކަންކަމެވެ. މިސާލަކަށް އެމީހެއްގެ އާއިލާ މީހެއް ނުވަތަ އެކުވެރި ކުލާސްމޭޓަކު ކަމެއް ކާމިޔާބު ކުރާތަން ފެނުމުން ތިމާއަށް ވެސް އެކަން ކުރެވިދާނެ ކަމަށް ގަބޫލުކުރަން ފަސޭހަ ވާނެ އެވެ. ސެލްފްއެފިކަސީ މަތި ރޯލް މޮޑެލުން ދިރިއުޅުމުގައި ހިމެނޭ ނަމަ އެމީހުންގެ ސިފަތައް ނަގައިގަނެވި ސެލްފްއެފިކަސީ މަތިވުމަށް ލިބޭ ބާރަކަށް އެކަން ވާނެ އެވެ. މި އެކާވީސް ވަނަ ގަރުނުގެ ޓެކްނޮލޮޖީތަކުގެ ސަބަބުން މީހުންނާ ބައްދަލު ނުވެ ފޫހިފިލުވާލުމަކީ އުނދަގޫ ކަމެއް ނޫނެވެ. މީހުންނާ ބައްދަލު ނުވާތީ މިޒަމާނުގައި ކުޑަކުދިން މައިންބަފައިންނަށް ޝަކުވާ ނުކޮށްފާނެ އެވެ. ނަމަވެސް އެއްފުރައިގެ ކުދިންނާއި އެނޫން މީހުންނާ ބައްދުލުވުމަކީ ވަރަށް މުހިންމު އަދި ފައިދާ ހުރި ކަމެކެވެ.

އެހެން މީހުންގެ ފަރާތުން ހިތްވަރާއި ތައުރީފުގެ ބަސްތައް އިވުމަކީ ސެލްފު އެފިކަސީ މަތިވުމަށް ލިބޭ ބާރެކެވެ. ކަމެއް ހާސިލް ކުރުމުގެ ގާބިލުކަން ތިބާގެ އެބަހުރި ކަމަށް ރަހުމަތްތެރިންނާއި އާއިލާ މީހުން ބުނުމުން އަމިއްލަ ނަފްސާ މެދު އޮންނަ ޔަގީންކަން އިތުރުވެ ކަންކަން ކާމިޔަބު ކުރުމަށް ފަސޭހަ ވާކަން ތިބާއަށް ފާހަގަ ވެފައި އޮވެދާނެ އެވެ. ކާމިޔާބީ ހޯދުމަށް ތައުރީފުގެ ބަސްތައް އިވުމަކީ މުހިންމު ކަމެކެވެ. ނަމަވެސް ތައުރީފު ކުރާއިރު މީހާގެ ވިސްނުންތޫނުކަމާއި މޮޅުކަށް ތައުރީފު ކުރުމުގެ ބަދަލުގައި ކުރާ މަސައްކަތުގެ ކޮލިޓީއަށާއި ހިތްވަރާއި އަޒުމަށް ސާބަސް ދޭށެވެ. ގުރޯވްތު މައިންޑް ސެޓަށް މަގުފަހިވާނީ އޭރުންނެވެ. ހަމައެކަނި ގުދުރަތުން މިންވަރު ކުރައްވާފައިވާފައި ގާބިލުކަމަށް ތައުރީފުކުރުމަކީ އިތުރަށް އެ ހުނަރު ތަރައްގީ ކުރުމުގެ ބޭނުމެއް ނެތް ކަމަށް ނުވަތަ ނުކުރެވޭނެ ކަމަށް ހީކުރެވޭ ފިކްސްޑް މައިންޑް ސެޓަކަށް ވާރުތަ ކޮށްފާނެ ކަމެކެވެ.

މީހާގެ ނަފްސާނީ ހާލަތުގެ އަސަރު ސެލްފް އެފިކަސީއަށް ކުރެ އެވެ. މޫޑު ގޯސްވުމާއި ސްޓްރެސްވުމާއި ހާސްވުމާއި ކަންބޮޑުވުން އަދި ޑިޕްރެޝަން ފަދަ މައްސަލަތަކުގެ ސަބަބުން ސެލްފް އެފިކަސީ ދަށްވެ އެވެ. އަލްބާރޓް ބަންޑޫރާ ދެކޭ ގޮތުގައި ސެލްފް އެފިކަސީއަށް އަސަރު ކުރަނީ ހަމައެކަނި މި ކަންކަމުގެ ސަބަބުން ކުރެވޭ އިހުސާސްތަކުގެ ސަބަބުން އެކަންޏެއް ނޫނެވެ. އެ އިހުސާސްތަކާ މެދު މީހާގެ ވިސްނުން ގެންގުޅޭ ގޮތުގެ ސަބަބުންވެސް ސެލްފް އެފިކަސީއަށް އަސަރު ކުރެ އެވެ. މިފަދަ ކަންކަން މެނޭޖުކޮށް ފަރުވާ ހޯދުމަކީ މުހިންމު ކަމެކެވެ.

ސެލްފު އެފިކަސީ މަތި މީހުން ކުރާކަމެއް ކުރަނީ ވަރަށް ޝައުގުވެރިކަމާއެކު އެވެ. އެމީހުން ގަދައަޅާ މަސައްކަތް މިންވަރާއި ކުރާ ކަމެއް ކުރުމުގައި ވަގުތު ހޭދަ ކުރާ މިންވަރު އިތުރެވެ. ކަމެއް ކުރުމުގެ ތެރޭގައި ދިމާވާ ގޮންޖެހުން ތަކާއި ލިބޭ މާޔޫސްކަމަކުން ފަސޭހައިން އަރައިގަނެ އެވެ. ކުރިމަތިވާ ހުރަސްތައް ގިރާކޮށް ގޮންޖެހުންތަކުން އަރައިގަތުމުގެ ތެރޭގައި ލިބޭ ފިލާވަޅުތަކީ އަގުހުރި އެއްޗެއް ކަމުގައި ދެކެ އެވެ.

މިއާ ހިލާފަށް ސެލްފް އެފިކަސީ ދަށް މީހުން ހުރަސްތަކާއި ގޮންޖެހުންތަކާއި ކުރިމަތި ލާން ޖެހިދާނެހެން ހީވާ ކަންކަމުން ދުރުވެގަނެ އެވެ. ދިމާވާ އުނދަގޫ ހާލަތްތަކާއި ކުރިމަތިވާ ހުރަސްތަކުގެ ކުރިމަތީ ފަސޭހައިން އަމާން ދެ އެވެ. އަމިއްލަ ގާބިލުކަމާ މެދު ޝައްކުކޮށް ގޯހުން ގޯހަށް ކަންކަން ގޮސްދާނެ ކަމަށް ވިސްނަ އެވެ. ފޭލްވި ކަންކަމުގެ މަތިން ގިނަގިނައިން ހަނދާންކޮށް އެ ކަންކަމަށް ފޯކަސް ކުރެ އެވެ.

ސެލްފް އެފިކަސީ ތަރައްގީވެގެން އަންނަނީ ޅައުމުރުން ފެށިގެންނެވެ. ކުޑައިރުން ފެށިގެން ދިމާވާ ތަފާތު ހާލަތްތަކާއި ލިބޭ ތަޖުރިބާތަކުން ސެލްފް އެފިކަސީއަށް އެކި ކަހަލަ އަސަރު ކުރި ނަމަވެސް ލިބޭ ހުނަރުތަކާއި ދަސްވާ ކަންކަމާއި އެކު ސެލްފް އެފިކަސީ އެކި ގޮތްގޮތަށް ބަދަލުވެ ތަރައްގީވުން މުޅި އުމުރަށް ދެމިގެން ދެ އެވެ. އިނގިރޭސި ބަހަށް އަހުލުވެރި ނަމަ "ބިލީވް އިން ޔުއާ ސެލްފް" މި ބަސްކޮޅު ވަރަށް ގިނައިން އިވިފައި އޮވެދާނެ އެވެ. ދިވެހި ބަހުގައި ވެސް "ކަލެޔަށް ވާނެ ކަމަށް ގަބޫލުކުރާށޭ" ކިޔުން ގިނަ ކުރަން ވެއްޖެ އެވެ.

ފަހުގެ ޚަބަރު

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

ރަސަލް ބްރޭންޑް އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދި

ރަސަލް ބްރޭންޑްގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، އޭނާގެ ކުރީގެ އެސިސްޓެންޓަކު ވަނީ އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދުމަށް ބްރޭންޑް އަންގާފައިވާ ކަމަށް ކޯޓުގައި ހެކިބަސް ދީފައެވެ. ބްރޭންޑަކީ ޖިންސީ ކަންކަމަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރަމުން، އޭނާގެ އަމަލުތައް ހުންނަ ގޮތުން ވަޒީފާއިން ވަކިވި ކަމަށްވެސް އެސިސްޓެންޓް ބުންޏެވެ. ނަމަވެސް، ބްރޭންޑް ވަނީ އޭނާގެ މައްޗަށް ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.

މީހަކަށް ހަމަލާދިނުމުން ކްރިސް ބްރައުންއަށް ޖަލު ހުކުމެއް

ލަންޑަނުގެ ނައިޓްކްލަބެއްގައި މީހަކަށް ހަމަލާދިން މައްސަލައިގައި މަޝްހޫރު ލަވަކިޔުންތެރިޔާ ކްރިސް ބްރައުންގެ މައްޗަށް އަށް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެ ހުކުމް ތަންފީޒުކުރުން 12 މަހަށް ފަސްކޮށްފިއެވެ. މި މާރާމާރީގައި ބައިވެރިވި އޭނާގެ ވޯކަލް ކޯޗަށް ވެސް ހަތަރު މަހުގެ ސަސްޕެންޑަޑް ހުކުމެއް އިއްވާފައިވާއިރު، ކޯޓުން ވަނީ މި ދެ މީހުން 1,500 ޕައުންޑުން ޖޫރިމަނާކުރުމަށް ވެސް އަމުރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox