ނާކާމިޔާބީތައް ހަޖަމުކުރަން މޮރިއޭރޯ އަށް އުނދަގޫ، ފަހު މެޗުން ލަންކާ އަތުން މޮޅެއް ބޭނުންވޭ

Jun 12, 2022, 3:12 AM
ގައުމީ ކޯޗު ފްރެެންޗެސްކޯ މޮރިއޭރޯ: ކޮލިފައިން ފުރަތަމަ ދެ މެޗުގައި ވީ ބަލިތައް ހަޖަމްކުރަން އުނދަގޫކަމަށް ބުނެފައިވޭ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ ކޯޗު ފްރެެންޗެސްކޯ މޮރިއޭރޯ: ކޮލިފައިން ފުރަތަމަ ދެ މެޗުގައި ވީ ބަލިތައް ހަޖަމްކުރަން އުނދަގޫކަމަށް ބުނެފައިވޭ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި ފުރަތަމަ ދެ މެޗުގައި ތައިލެންޑާއި އުޒްބެކިސްތާނާ ދެކޮޅަށް ރާއްޖޭން ރަނގަޅަށް ކުޅެފައި ތަފާތު ބޮޑުކޮށް ބަލިވާން ޖެހުމުން މި ދެ ބަލި ހަޖަމްކުރަން އުނދަގޫ ކަމަށާއި އެހެން ނަމަވެސް ފަހު މެޗުގައި މަސައްކަތް ކުރާނީ ރާއްޖޭގެ މީހުންނަށް ޓަކައި ގައުމަށް އެނބުރިދާއިރު ސްރީ ލަންކާ އަތުން މޮޅުވެގެން ދިއުމަށް ކަމަށް ގައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.

ސެންޓްރަލައިޒްކޮށް އުޒްބެކިސްތާންްގައި މިހާރު ކުރިއަށްދާ ކޮލިފައިން ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ވަނީ މިދިޔަ ބުދަ ދުވަހު ހަވީރު 3-0 އިން ތައިލެންޑް އަތުން ބަލިވެފަ އެވެ. އުޒްބެކިސްތާނުން ރޭ ވަނީ 4-0 އިން ރާއްޖެ ބަލިކޮށްފަ އެވެ. މި ދެ ނަތީޖާއާ އެކު ރާއްޖެ އަށް ބާކީ މެޗެއް އޮއްވައި ވަނީ އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ގެއްލިފަ އެވެ.

ރޭ އުޒްބެކިސްތާނާ ދެކޮޅަށް ވެސް ރާއްޖެ ކޮޅަށް ވަން ހަތަރު ގޯލުގެ ތެރެއިން ދެ ގޯލަކީ އިންޑިވިޖުއަލް ގޯސްތަކެއް ހެދިގެން ވަން ގޯލުތަކެކެވެ. ތައިލެންޑުން ޖެހި ގޯލުތަކުގައި ވެސް ގޯސްތަކެއް ހެދިފައިވާ ކަމަށް އެ މެޗަށް ފަހު މޮޮރިއޭރޯ ބުނެފައިވެ އެވެ.

ރޭގެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މޮރިއޭރޯ ބުނީ ތައިލެންޑް މެޗެކޭ އެއްގޮތަށް އުޒްބެކިސްތާނާ ދެކޮޅަށް ވެސް މެޗު ގެއްލުނީ ހެދޭ މަދު ގޯހަކުން ކަމަށެެެވެ. އަދި މި ލެވަލްގައި ހެދޭ ކޮންމެ ގޯހަކީ އިދިކޮޅު ޓީމުން ގޯލު ޖަހަން ދެވޭ ފުރުސަތެއް ކަމަށް މޮރިއޭރޯ ބުންޏެވެ.

މޮރިއޭރޯ ބުނީ ތައްޔާރުވާން ލިބުނު ވަގުތާއި އެކަން ކުރަން ޖެހުނު ހާލަތާ ހުރިހާ ކަމަކަށް ބަލާއިރު، ކުޅުންތެރިން ކުރާ މަަަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އެކަމަކު، ރަނގަޅު ގޭމެއް ކުޅެފައިި ތައިލެންޑާއި އުޒްބެކިސްތާން އަތުން ބަލިވި ގޮތުން މޮރިއޭރޯ ހުރީ މާޔޫސްކަމެއްގެ ތެރޭގަ އެވެ.

"ފުރަތަމަ ކަމަކަށް އަހަރެން ކުރަން ޖެހޭނެ ކަމަކީ މި ބަލި ހަޖަމުކުރުން. އެއީ ރަނގަޅު ދެ މެޗު ކުޅެފައި، މި ކަހަލަ ނަތީޖާތަކެއް މި ނުކުތީ، ބޭނުންވި ނަތީޖާއެއް ނޫން. ކުޅުންތެރިން މެންޓަލީ ރަނގަޅު ހާލަތެއްގައި ބަހައްޓަން ބޭނުން، އެއީ ރަނގަޅު ދެ މެޗަށް ފަހު، މި ކަަހަލަ ގޮތަކަށް ބަލިވީމަ ވަރަށް އުނދަގޫ، ކުޅުންތެރިން ކައިރީގައި އަހަރެމެން މި ދަނީ ރަނގަޅަށޭ ތަކުރާރުކޮށް ބުނަން،" ގައުމީ ޓީމުގެ ކޯޗަކަށް ހުރެ ޖެހިޖެގެން ދެ މެޗުން ބަލިވުމުން އެ މާޔޫސްކަމާ އެކު މޮރިއޭރޯ ބުންޏެވެ.

"އަހަރެން އިތުބާުރުކުރަން ކުޅުންތެރިންނަށް އެ މީހުން އަހަންނަށް ވެސް އިތުބާރުކުރޭ، ވަރަށް ބުރަކޮށް މަސައްކަތް މި ކުރަނީ. މި ވަގުތުގެ ހާލަތަކީ ޓީމުގެ ރޫހު ރަނގަޅުކުރަން ގޮންޖެހުން އެބަހުރި،"

މޮރިއޭރޯގެ ކޯޗުކަމުގައި ރާއްޖޭން ރަސްމީ މެޗެއްގައި ފުރަތަމަ ފަަހަރު ނުކުތީ މިދިޔަ ނޮވެމްބަރު މަހު ސްރީ ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕްގައި އެ ޓީމާ ދެކޮޅަށެވެ. އެ މެޗުގައި ރާއްޖޭން ގަޑިއިރެއްގެ ތެރޭގައި ހަތަރު ގޯލުގެ ލީޑެއް ނެގި ނަމަވެސް ލަންކާ އިން ފަހަތުން އަރައި 4-4 އިން އެއްވަރުކުރި އެވެ. އޭރުގެ ލަންކާ އާއި މިހާރު މި ފަހަރުގެ ކޮލިފައިންގައި ކުޅެމުން އަންނަ ލަންކާގެ ތަފާތުތަކެއް ހުރިކަން މޮރިއޭރޯ ފާހަގަކުރި އެވެ. އެކަމަކު، އޭނާ އެ މެޗާ ކުރިމަތިލާނީ ހާއްސަ އަޒުމެއްގަ އެވެ.

"ކުރިއަށް އޮތް މެޗަށް ވަރަށް ރަނގަޅަށް މަސައްކަތް ކުރާނަން. އެއީ ކޮލިފައިން ނިންމާލަން ބޭނުމީ ރަނގަޅު ނަތީޖާއަކާ އެކު، އަހަންނަށް އެނގޭ އެ މީހުން (ލަންކާ) ވަރަށް ވަރުގަދަ އަށް ކުޅޭކަން. ފަސޭހަ ނުވާނެ އެ މެޗު، އެނބުރި ގައުމަށް (ރާއްޖެ އަށް) ދިއުމުގެ ކުރިން ގައުމަށްޓަކައި ގައުމުގެ މީހުންނަށްޓަކައި މޮޅެއް ހޯދަން ވަރަށް ބޭނުން އެ މެޗުގައި،" މޮރިއޭރޯ ބުންޏެވެ.

ރޭގެ މެޗަށް ފަހު އުޒްބެކިސްތާންގެ ކޯޗު، ސްލޮވީނިއާގެ ސްރެކޯ ކަޓާނިއެކް ވަނީ ރާއްޖޭން ފަހަތުން ފަށައިގެން އެޓޭކެއް ބިލްޑްކުރަން ކުރި މަސައްކަތް ފާހަގަކޮށް ރާއްޖޭން ފުޓްބޯޅަ މެޗެއް ކުޅެން އުޅުނީތީވެ އެ ކަމަށް މަރުހަބާ ކިޔައިފަ އެވެ. މޮރިއޭރޯ ބުނީ އިދިކޮޅު ބެންޗުގައި ހުންނަ ކޯޗަކު އައިސް އެ ގޮތަށް ތައުރީފުކުރުމުން އެއީ ކުރާ މަސައްކަތަށް ލިބޭ ހިތްވަރެއް ކަމަށެވެ.

މޮރިއޭރޯ ބުނީ އޭނާގެ ވިސްނުމަކީ ކިތަންމެ ބޮޑު ޓީމަކާ ކުޅެން ޖެހުނު ކަމުގައި ވިޔަސް އަމިއްލަ ގޭމު ކުޅެން އުޅުމެވެ.

"ބޮޑެތި ޓީމުތަކާ ކެރިގެން ކުޅެން ބޭނުން. ޖެހިލުން ވެގެން 10 ކުޅުންތެރިން ފަހަތަށް ބާލުވައިގެން އަމިއްލަ އޭރިއާތެރޭގައި ކުޅުވަން ބޭނުމެއް ނޫން. އެހެންވެ، އަހަރެމެން މި މަސައްކަތް މިކުރަނީ ބޯޅަ ކުޅެން. ބައެއް ފަހަރު އަހަރެެމެން ރަނގަޅު، އަނެއް ބައި ފަހަރު މި ހަދަނީ މިސްޓޭކެއް، މި ލެވަލްގައި އެ ކަހަލަ މިސްޓޭކެއް އެއީ ގޯލެއް، އޭގެ އަގު މި ދައްކަންޖެހެނީ،" މޮރިއޭރޯ ބުންޏެވެ.

އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގެ، ގްރޫޕް ސީގެ އެއް ވަނައިގައި އޮތް އުޒްބެކިސްތާނާއި ދެ ވަނައިގައި އޮތް ތައިލެންޑަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ލަންކާ އާއި ފުލުގައި އޮތް ރާއްޖެ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. ރާއްޖެ ފުލުގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ލަންކާ ކޮޅަށް ފަސް ގޯލު ވަންއިރު، ރާއްޖެ ކޮޅަށް ވަނީ ހަތް ގޯލު ވަދެފަ އެވެ. ދެ ޓީމަށް ވެސް އަދި ގޯލެއް ނުޖެހެ އެވެ.

ރާއްޖެ އާއި ލަންކާ ކުޅޭ މެޗު އޮންނާނީ އަންގާރަ ދުވަހު ހަވީރު އެވެ. އެރޭ އުޒްބެކިސްތާނާއި ތައިލެންޑް ބައްދަލުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox