އިތުބާރު ނެތްކަމުގެ ވޯޓުން ބޮރިސް ސަލާމަތްވެއްޖެ

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން، ވޯޓުގެ 59 ޕަސެންޓު ކާމިޔާބު ކުރެއްވި.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން، ވޯޓުގެ 59 ޕަސެންޓު ކާމިޔާބު ކުރެއްވި.

އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް ޕާޓީގެ ލީޑާޝިޕުން މިހާރުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ދުރުކުރުމަށް ނެގި އިތުބާރު ނެތް ކަމުގެ ވޯޓު އޭނާ ކާމިޔާބު ކުރައްވައިފި އެވެ.

ބޮރިސްގެ އިތުބާރު އޮތް ކަމަށް ކޮންޒަވޭޓިވް ޕާޓީގެ 211 މެމްބަރުން ވޯޓު ދެއްވި އެވެ. އޭނާ އާ ދެކޮޅަށް 148 މެމްބަރުން ވޯޓު ދެއްވި އެވެ. އެހެންކަމުން އޭނާ ވޯޓު ކާމިޔާބު ކުރެއްވީ 59 ޕަސެންޓުގެ ތާއިދާ އެކު އެވެ.

މި ވޯޓުން މޮޅުވުމުން ބޮރިސްގެ ލީޑާޝިޕްގެ އިތުބާރު ނެތް ކަމަށް ދެން ހުށަހެޅޭނީ ވެސް އެއް އަހަރު ދުވަސް ފަހުންނެވެ.

މިއީ މީޑިއާގައި ދައްކާ ވާހަކަތައް ހަނދާން ނައްތާލައި އެންމެން އެކުގައި ކުރިއަށް ދާން ޖެހޭ ވަގުތު ކަމަށް ބޮރިސް ވަނީ ވޯޓަށް ފަހު ވިދާޅުވެފަ އެވެ.

މި ނަތީޖާއާ އެކު ބޮޑުވަޒީރުގެ މަގާމުގައި ވެސް ބޮރިސް ދެމިހުންނަވާނެ އެވެ. ބޮރިސްގެ އިސްތިއުފާ އަށް ވެސް ބައެއް މެމްބަރުން ގޮވާލެއްވި އެވެ.

މީގެކުރިން ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ތެރޭސާ މޭ އަށް ވެސް ޕާޓީގެ އެެތެރޭގައި ނެގި އިތުބާރު ނެތް ކަމުގެ ވޯޓުން 63 ޕަސެންޓު ލިބިވަޑައިގަތެވެ. އެކަމަކު އޭގާ ހަ މަސް ފަހުން މޭ އިސްތިއުފާ ދެއްވި އެވެ.

ކޮވިޑް-19 ގެ ތެރޭގައި ބޮރިސް ގެންގުޅުއްވި ސިޔާސަތުތަކާ ބައެއް މެމްބަރުން ދެކޮޅެވެ. އަދި، ތަކެތީގެ އަގު ބޮޑުވަމުންދާ ދަނޑިވަޅެއްގައި ޓެކްސް ރޭޓުތައް މަތިކުރާތީ ވެސް ދެބަސްވުންތަކެއް ވަނީ އުފެދިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox