ނޭޝަންސް ލީގު: ޕޯޗުގަލް އިން ސްޕެއިނާ އެއްވަރުކޮށްފި

Jun 2, 2022, 9:46 PM
ނޭޝަންސް ލީގު: ޕޯޗުގަލް އިން ސްޕެއިނާ އެއްވަރުކޮށްފި

ސެވިލް، ސްޕެއިން (ޖޫން 2) - ޔުއެފާ ނޭޝަންސް ލީގުގެ ޑިވިޝަން އޭގެ ގްރޫޕް ދޭއްގައި ކުޅުނު މެޗުން ސްޕެއިނުން ގޯލު ޖަހާފައިވަނިކޮށް ޕޯޗުގަލް އިން 1-1 އިން އެއްވަރުކޮށްފި އެވެ.

ސްޕެއިނާއި ޕޯޗުގަލް ކުޅުނު މެޗަކުން އެންމެ ފަހުން ޓީމެއް މޮޅުވީ 10 އަހަރު ކުރިންނެވެ. މި ދެ ޓީމުގެ އެންމެ ފަހުގެ ފަސް ކުރިމަތިލުން ވެސް ނިމުނީ އެއްވަރުވެގެންނެވެ.

ޕޯޗުގަލް އަކީ ޔުއެފާ އިން މީގެ ތިން ވަރަކަށް އަހަރު ކުރިން މުޅިން އަލަށް ފެށި ނޭޝަންސް ލީގުގެ އެންމެ ފުރަތަމަ ޗެމްޕިއަނެވެ. އެންމެ ފަހުން ނޭޝަންސް ލީގު ކާމިޔާބުކުރީ މިދިޔަ އަހަރު ފްރާންސް އެވެ. އެއީ ފައިނަލުގައި 2-1 އިން ސްޕެއިން ބަލިކުރުމަށް ފަހު އެވެ.

ސެވިލްގެ އެސްޓަޑިއޯ ބެނީޓޯ ވިލަމަރީން ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން 25 ވަނަ މިނިޓްގައި ސްޕެއިނުން ލީޑުނެގީ ކައުންޓަ އެޓޭކެއްގައި އަލްވާރޯ މޮރާޓާ ޖެހި ގޯލުންނެވެ. ގޯލު ކުރިމައްޗަށް ޕަބްލޯ ސަރާބިއާ ހުސްކޮށްލާފައި ނަގައިދިން ބޯޅަ މޮރާޓާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ސްޕެއިނަށް ލީޑުފުޅާކޮށްދޭން ކާލޮސް ސޮލެއާ އަށް ރަނގަޅު ފުރުސަތެއް ލިބި ބޭނުމެއް ނުކުރެވުނެވެ.

ޕޯޗުގަލް އަށް އެއްވަރުކޮށްދޭން އެ ޓީމުގެ ހުނަރުވެރި ވިންގް، ރަފައެލް ލެއާއޯ ޖެހި ބޯޅަ ސްޕެއިންގެ ކީޕަރު އުނާއި ސިމޯން ވަނީ މަތަކޮށްފަ އެވެ.

ޕޯޗުގަލް އިން ދެ ވަނަ ހާފުގައި ނަތީޖާ ހަމަހަމަކުރަން ކުރަމުން އައި މަސައްކަތުގައި ހައްލެއް ހޯދަން ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެން އެރުވި އެވެ. ޕޯޗުގަލް އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ވެސް ބަދަލަކަށް ކުޅެން ނުކުތް ކުޅުންތެރިއެކެވެ.

މެޗުގެ 82 ވަނަ މިނިޓްގައި ސްޕެއިންގެ ޑިފެންޑަރުންގެ އޮފްސައިޑް މަޅިން ސަލާމަތްވެ، ޕޯޗުގަލްގެ ފުލްބެކް، ޔާއޯ ކަންސޭލޯ ނެގި ހުރަހަކުން ޕޯޗުގަލްގެ ގޯލު ޖެހީ ރިކާޑޯ ހޯރްޓާ އެެވެ. އެންމެ ފުރަތަމަ ޒުވާން ކުޅުންތެރިއެއްގެ ގޮތުގައި 2014 ވަަނަ އަަހަރު ޕޯޗުގަލް ޓީމުން ފުރުސަތު ހޯދި ހޯރްޓާ ޖެހި މި ލަނޑަކީ ގައުމީ ޓީމަށް އޭނާ ޖަހައިދިން ފުރަތަމަ ގޯލެވެ.

ސްޕެއިން މޮޅުކޮށްދޭން މެޗުގެ ފަހު ވަގުތުގައި ޖޯޑީ އަލްބާ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ޕޯޗުގަލްގެ ކީޕަރު ޑިއޯގޯ ކޮސްޓާ އަތުގައި ޖެހިފައި އޭރިއާތެރެއިން މުޅިން ހުސްކޮށް ކަހަލަ ގޮތަކަށް ޖޯޑީ އަލްބާ އަށް ލިބުނު ބޯޅަ ބޮލުން ޖެހި ނަމަވެސް ދިޔައީ އަރިމަތިން ބޭރުންނެވެ.

މި ގްރޫޕްގައި މިރޭ ކުޅުނު އަނެއް މެޗުން ޗެކް ރިޕަބްލިކް ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ސްވިޒަލެންޑް ބަލިކޮށްފަ އެވެ. އާދިއްތަ ދުވަހުގެރޭ ޗެކް ރިޕަބްލިކް ކުޅޭނީ ސްޕެއިނާ އެވެ. އަދި ޕޯޗުގަލް އިން އަމިއްލަ ދަނޑުގައި ސްވިޒަލެންޑާ ބައްދަލުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox