ރަޝިއާއިން ތެޔޮ ގަތުން ހުއްޓާލުމަށް އީޔޫއަށް އެއްބަސްނުވެވުނު

ރަޝިއާއިން ތެޔޮ ގަތުން ހުއްޓާލުމަށް އީޔޫއަށް އެއްބަސްނުވެވުނު

ޔޫކްރެއިނަށް ހަމަލާދީ ހަނގުރާމަ ފެށުމާއި ގުޅިގެން ރަޝިއާ އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން އެ ގައުމުގެ ތެޔޮ މުސްތަގުބަލުގައި ގަތުން ހުއްޓާލުމަށް ޔޫރަޕިއަން ޔޫނިއަން އިން ކުރި މަޝްވަރާތައް ނާކާމިޔާބުވެއްޖެ އެވެ.

ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ރަޝިއާއިން ހަނގުރާމަ ކުރަމުންދާއިރު އެކަމާ ގުޅިގެން އެގައުމާ ދެކޮޅަށް ދުނިޔޭގެ ގިނަ ގައުމުތަކަކުން ވަނީ ހަރުކަށި ފިޔަަވަޅުތަކެއް އަޅާފަ އެވެ. ނަމަވެސް، ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް ގައުމުތަކުން އެ ފިޔަވަޅުތަކަށް އެއްބަސް ނުވެވޭ މަންޒަރު ދަނީ ފެންނަމުންނެވެ.

އީޔޫގެ ސަމިޓުގައި އެ ފިޔަވަޅު އެޅުމަށް ދެކޮޅު ހެދީ ހަންގޭރީންނެވެ. އެ ގައުމަކީ ރަޝިއާގެ ތެޔޮ އެންމެ ގިނައިން ގަންނަ އެއް ގައުމެވެ. އެ ގައުމުގެ ރައީސް އަކީ ރަޝިއާގެ ރައީސް ލެޑިމިއާ ޕުޓިންއާ ގާތް ގުޅުމެއް ބާއްްވަވާ ބޭފުޅެކެވެ.

ހަންގޭރީން ބުނާ ގޮތުގައި ރަޝިއާގެ ތެޔޮ ގަތުން ހުއްޓާލައިފިނަމަ އެ ގައުމުގައި މުދަލުގެ އަގުތައް މަތިވެ އިގްތިސާދު ފުން ވަޅުގަނޑަށް ވެއްޓިގެންދާނެ އެވެ. ރަޝިއާގެ ތެޔޮ ގަތުން ހުއްޓާލުން ވެގެންދާނީ އިގްތިސާދަށް ވައްޓާލާ "އެޓޮމިކް ބޮމެއް" ގެ ގޮތުގައި ހަންގޭރީ ސަރުކާރުން ސިފަކުރެ އެވެ.

ބްރަސަލްސްގައި މިހާރު ކުރިއަށްދާ ސަމިޓުގައި އެ ފިޔަވަޅު ތަންފީޒުކުރަން ނިންމޭނީ އީޔޫގެ މެމްބަރު 27 ގައުމުން ވެސް އެއްބަސްވުމުންނެވެ.

މި ސަމިޓުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވާހަކަ ދައްކަވަމުން ޔޫކްރެއިންގެ ރައީސް ޒިލެންސްކީ ވަނީ އެތެރޭގެ ބައިބަވުންތައް ނައްތާލައި އެއްބައިވުމަށް ގައުމުތަކުގެ ލީޑަރުންނަށް ގޮވާލާފަ އެވެ.

ރަޝިއާގެ ސިފައިން ގެންދަނީ ޔޫކްރެއިންގެ އިރުމަތީގެ ސިޓީތަކަށް ވަރުގަދަ ހަމަލާތަކެއް މިހާރު ވެސް ދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox