ރަޝިއާގެ ގޭސް ގަންނަން ސާބިއާއިން އެއްބަސްވުމެއްގައި ސޮއިކުރަނީ

ސާބިއާގެ ރައީސް އެލެކްޒެންޑާ ވުސިޗް އަދި ރަޝިއާގެ ރައީސް ލެޑިމިއާ ޕުޓިން --- ފޮޓޯ: އޭޕީ

ސާބިއާގެ ރައީސް އެލެކްޒެންޑާ ވުސިޗް އަދި ރަޝިއާގެ ރައީސް ލެޑިމިއާ ޕުޓިން --- ފޮޓޯ: އޭޕީ

ޔޫރަޕިއަން ޔޫނިއަނުން ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށް ރަޝިއާ އިން ގޭސް ގަތުމުގެ އެއްބަސްވުމެއްގައި ސާބިއާ އިން ރަޝިއާއާއެކު ސޮއިކޮށްފި އެވެ.

ރަޝިއާ އިން ޔޫކްރެއިނަށް ހަމަލާދީ ހަނގުރާމަ ފެށުމާ ގުޅިގެން އެ ގައުމާ ދެކޮޅަށް ޔޫރަޕިއަން ޔޫނިއަނުން ވަނީ ދަތިކުރުމުގެ ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. މައިގަނޑު ގޮތެއްގައި އެ ފިޔަވަޅުތައް އަމާޒުކުރީ އެ ގައުމުގެ ހަކަތަ އުފައްދާ އިންޑަސްޓްރީއަށެވެ.

އިއްޔެ ސާބިއާގެ ރައީސް އެލެކްޒެންޑާ ވުސިޗް ވަނީ ރަޝިއާ އެކު ސޮއިކުރި އެއްބަސްވުމަކީ ސާބިއާ އަށް ހުރިހާ ގޮތަކުން ވެސް ފައިދާވާ ގޮތަށް އެކުލަވާލާފައިވާ އެއްބަސްވުމެއް ކަމަށް ހާމަކުރައްވާފަ އެވެ. ވުސިޗް ވަނީ މި އެއްބަސްވުން ގާއިމުކުރުމުގެ މަޝްވަރާތައް ރަޝިއާގެ ރައީސް ލެޑިމިއާ ޕުޓިންއާ އެކު އިއްޔެ ފޯނުން ކުރައްވާފަ އެވެ.

ވުސިޗް އަކީ ޕުޓިންގެ ސަރުކާރަށް ތާއިދުކުރައްވާ ބޭފުޅެކެވެ. ސާބިއާއަށް ޔޫރަޕިއަން ޔޫނިއަނުން ފުރުސަތު ހޯދައިދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް, މިފަހުން ގެންދަވަނީ ރަޝިއާ އާއެކު ގުޅުން ބަދަހި ކުރައްވަމުންނެވެ.

ރަޝިއާ އިން ޔޫކްރެއިނަށް ހަމަލާ ދޭން ފެށުމުން އެކަން ސާބިއާ އިން ކުށްވެރި ކޮށްފައެއް ނުވެ އެވެ. އަދި، ހުޅަނގުގެ ގައުމުތަކުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގައި ވެސް އެގައުމުން ބައިވެރިވެފައެއް ނުވެ އެވެ.

ސާބިއާއަށް ގޭސް ސަޕްލައި ކުރަން ރަޝިއާއިން އެއްބަސްވިއިރު އެ ގައުމުން ވަނީ ޕޮލެންޑް، ބަލްގޭރިއާ އަދި ފިންލޭންޑަށް ގުދުރަތީ ގޭސް ސަޕްލައި ކުރުން ހުއްޓާލާފަ އެވެ. އަންނަ ޖޫން މަހުގެ ތެރޭގައި ސާބިއާ އާއެކު މި އެއްބަސްވުމުގައި ރަޝިއާއިން ރަސްމީކޮށް ސޮއިކުރާނެ އެވެ.

ސާބިއާއިން ގޭސް ހޯދުމަށް ބަރޯސާ ވަނީ ރަޝިއާއަށެވެ. އަދި، ސާބިއާގެ ހަކަތަ އުފައްދާ ކުންފުނިތަކުގެ މެޖޯރިޓީ ހިއްސާ ކޮންޓްރޯލް ކުރަނީ ރަޝިއާގެ ކުންފުނިތަކުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox