އޭޑީކޭގެ ކޮންސަލްޓޭޝަން މެމޯ ޕްރިންޓްކުރުން ހުއްޓާލައި ފޯނަށް؛ ކުޑަ ކަމަކުން ބޮޑު އަސަރެއް!

May 26, 2022, 5:58 AM
އޭޑީކޭގެ ކޮންސަލްޓޭޝަން މެމޯ ޕްރިންޓްކުރުން ހުއްޓާލައި ފޯނަށް؛ ކުޑަ ކަމަކުން ބޮޑު އަސަރެއް!

މެމޯ ހައްދަން ހޮސްޕިޓަލްގެ ކިޔޫގައި ޖެހުމުގައި ހުރި ދަތިތަކަށް ލުއި ގެނެސް ތިމާވެއްޓާ ރަހުމަތްތެރި ގޮތް އިހުތިޔާރުކުރުމުގެ ސިޔާސަތާއެކު އޭޑީކޭ ހޮސްޕިޓަލުން އިއްޔެއިން ފެށިގެން ކޮންސަލްޓޭޝަން މެމޯ ޕްރިންޓްކުރުން ހުއްޓާލައި، ބަލި މީހާގެ ފޯނު ނަންބަރަށް އެސްއެމްއެސް ފޮނުވަން ވަނީ ފަށައިފަ އެވެ. ކުޑަ ކަމަކަށް ވިޔަސް، މި ވާހަކަ ގެނެސް މި ދެނީ މި ބަދަލުގެ އަސަރާއި ނަތީޖާ ބޮޑުވުމުންނެވެ.

"އެންމެ ބޮޑު އަސަރަކީ ކިޔޫގައި ޖެހެން ނުޖެހި މެމޯ ހެއްދުން. މީހުންނަށް ލިބިގެން އެ ދަނީ ވަރަށް ބޮޑު ފަސޭހަ ކަމެއް. ލުޔެއް،" އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވި އެވެ.

ރާއްޖޭގައި ހުޅުވި އެންމެ ފުރަތަމަ އަމިއްލަ ހޮސްޕިޓަލް، އޭޑީކޭއިން އެވްރެޖުކޮށް ދުވާލަކަށް 1000 އަށް ވުރެ ގިނަ ކޮންސަލްޓޭޝަން މެމޯ ހައްދާ ކަމަށް އަފްއާލް ވިދާޅުވި އެވެ. އެ މިންވަރުން އެއީ ދުވާލަކަށް 500 ގަނޑުގެ އޭ4 ކަރުދާހެވެ. ނުވަތަ ކަރުދާސް ރީމެކެވެ. ކޮންސަލްޓޭޝަން މެމޯ ހެއްދުން ހުއްޓާލުމުން، އެ ސަލާމަތް ކުރެވުނީ 182,500 ގަނޑެެވެ. ނުވަތަ 365 ކަރުދާސް ރީމެވެ. އަދި އެއާއެކު ބޭކާރުވެދާ ދެއްޔެވެ.

"މިވަގުތަށް ހަމައެކަނި ކޮންސަލްޓޭޝަން މެމޯ ޕްރިންޓްކުރުން ހުއްޓާލިޔަސް، ކުރިއަށް އޮތްތަނުގައި އެހެން މެމޯތަކާއި ރިކްއެސްޓްތައް ޕްރިންޓްކުރުން ހުއްޓާލާނަން،" އަފްއާލް ތިމާވެއްޓާ ރަހުމަތްތެރި ޕްލޭން ކިޔައިދެއްވަމުން ވިދާޅުވި އެވެ.

ހޮސްޕިޓަލުގެ ހިދުމަތްތަކުގެ ތެރެއިން އެންމެ ގިނަ ވަގުތު ހޭދަ ވަނީ ވެސް ކޮންސަލްޓޭޝަން މެމޯ ހެއްދުމަށެވެ. މި ގެނައި ބަދަލާއެކު، ފޯނުން ގުޅައިގެން އެޕޮއިންޓްމެންޓް ލިބި، އޮންލައިންކޮށް ފައިސާ ދެއްކުމާއެކު، އެޕޮއިންޓްމެންޓް ހަމަޖެހިފައިވާކަމުގެ މެސެޖް ފޯނަށް ލިބޭނެ އެވެ. މި ހިދުމަތުގެ ނަތީޖާއަކީ، ހޮސްޕިޓަލްގެ އެހެން ހިދުމަތްތަކަށް ވެސް އަވަސް ކަމެއް ލިބިގެން އަންނާނެ ކަމެކެވެ.

ބަލި މީހާ، ނުވަތަ އެހީތެރިޔާ ވިސްނާލަންޖެހޭނެ މުހިންމު ކަމެއް އެބަ އޮތެވެ. އެސްއެމްއެސް ދާނީ ބަލި މީހާގެ ނަންބަރުގެ ގޮތުގައި އޭޑީކޭ ހޮސްޕިޓަލްގެ ރަޖިސްޓްރީގައިވާ ނަންބަރަށެވެ. ނަންބަރު ޗެކްކޮށް، އަޕްޑޭޓްކުރަން ބޭނުންވާ ނަމަ އެ ބަދަލު ގެންނާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox