ގަލޮޅު ސްކޫލުން ހެދީ ދޮގު، ޖިންސީ ގޯނާގެ މައްސަލަ ރިވިއުކޮށްދޭން ޕީޖީގައި އެދިއްޖެ

ގަލޮޅު ސްކޫލްގައި 4 އަހަރުގެ ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ވަނީ ވަރަށް ބޮޑަށް ހޫނުވެފައި---- -ފޮޓޯ: އަދަދު

ގަލޮޅު ސްކޫލްގައި 4 އަހަރުގެ ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ވަނީ ވަރަށް ބޮޑަށް ހޫނުވެފައި---- -ފޮޓޯ: އަދަދު

ގަލޮޅު ސްކޫލްގައި ކިޔަވަމުންދިޔަ އުމުރުން އެންމެ ހަތަރު އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ އަނިޔާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާއަށް ދައުވާ ނުކުރަން ނިންމި ނިންމުން އަލުން މުރަޖައާކޮށްދޭން އެ ކުއްޖާގެ މައިންބަފައިން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)އަށް ހުށަހަޅައިފި އެވެ.

ހަތަރު އަހަރުގެ އަންހެން ކުއްޖާއަށް އަނިޔާ ކުރި މައްސަލައިގައި ހައްޔަރު ކުރީ ސްކޫލް ސާފު ކުރުމުގެ ވަޒީފާގައި އުޅޭ އުމުރުން 63 އަހަރުގެ އަންހެނެކެވެ.

ނަމަވެސް، އެ މީހާ ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ލަފާ ދިނުމުން، އޭގެ އަނެއް ދުވަހު އޭނާ ވަނީ ދޫކޮށްލާފަ އެވެ.

މައްސަލަ ފައިލްކުރިކަން ގަލޮޅު ސްކޫލަށް އެޑިއުކޭޝަން މިނިސްޓްރީން އެންގީ މި މަހުގެ އަށްވަނަ ދުވަހު އެވެ. އެ ތުހުމަތު ކުރެވުނު މީހާގެ މައްޗަށް ދައުވާ ނުކުރަން ނިންމީ، ތަހުގީގުން އޭނާއާ މެދު އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާތީ ކަމަށް ޕީޖީން ބުނެފައިވެ އެވެ.

ކުއްޖާގެ މައިންބަފައިންގެ ވަކީލުންގެ ފަރާތުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ގަލޮޅު ސްކޫލުން ބަޔާން ނެރުނީ ދޮގު މައުލޫމާތުތަކެއް ހިމަނައިގެން ކަމަށް ކުއްޖާގެ އާއިލާއިން ދެކޭ ކަމަށެވެ.

"އެ ހާދިސާގައި ކަން ހިނގި ގޮތް ހާމަކުރުމަކީ މުހިންމު ކަމެއް. ނަމަވެސް މައްސަލަ ރިޕޯޓުކުރުމުން އެކަށީގެންވާ އަވަސް މިނެއްގައި ސްކޫލުން އެއްވެސް ފިޔަވަޅެއް އެޅިކަން އެނގެން ނެތް،" އާއިލާގެ ފަރާތުން ނެރުނު ބަޔާނުގައިވެ އެވެ.

އާއިލާއިން ވަނީ ސަކޫލުން ކުރި މަސައްކަތުގެ މައުލޫމާތު ހާމަ ކުރުމަށްވެސް ގޮވާލާފަ އެވެ. ސަބަބަކީ އެ ހާދިސާއާ ގުޅޭ ހުރިހާ މަރުހަލާއެއްގައި ސްކޫލުން މަސައްކަތް ކުރީ ކިހިނެތްކަން އެ ސްކޫލުން ނެރުނު ބަޔާނުން އެނގެން ނެތުމުން ކަމަށްވެސް އާއިލާއިން ބުންޏެވެ.

ކުއްޖާގެ އާއިލާއިން ވަނީ ސްކޫލުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށާއި މިއަދާ ހަމައަށް ވެސް ބައްދަލުކޮށް އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައި ނުވާތީ އެކަމާވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"މި ހާދިސާއާ ގުޅިގެން ވަކި މީހަކަށް ޖިނާއީ ދައުވާ އެއް ކުރެވޭ ވަރަށް ހެކި ހޯދިފައި ނެތުމަކީ ސްކޫލުން ކުއްޖާއަށް އަނިޔާ ނުލިބޭ ކަމަށް ނިންމޭނެ ކަމެއް ނޫން. އެކަމުން ދޭހަވަނީ ދައުވާ ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައި ނުވާކަން. އެއީ އެެއްވެސް ހާލަތެއްގައި ސްކޫލުގެ އެއްވެސް މުވައްޒަފެއްގެ އިހުމާލު މި ހާދިސާގައި ނެތްކަން ނުވަތަ ސަކޫލުގެ މުވައްޒަފެއްގެ ބައިވެރިވުން ނެތްކަން ދަލީލުކޮށްދޭ ކަމެއް ނޫން،" އެ ބަޔާނުގައިވެ އެވެ.

އޭގައި އިތުރަށް ބުނީ ދައުވާ ކުރެވޭ މިންވަރަށް ހެކި ހޯދިފައި ނުވަނީ ކީއްވެކަމާއި ތުހުމަތު ކުރެވުނު މުވައްޒަފާއި ސްކޫލާ މެދު އެއްވެސް އިދާރާއެއްގެ ކަންބޮޑުވުމެއް ނެތް ކަމަށް އަންގާފައި ނުވާ ކަމަށެވެ.

އެހެންކަމުން ކުއްޖާގެ މައިންބަފައިން ވަނީ އެ މައްސަލަ ރިވިއުކޮށްދޭން ޕީޖީގައި އެދިފަ އެވެ.

"ސްކޫލުގެ ޒިންމާ ސްކޫލުން އަދާކޮށްފައެއް ނުވޭ. އެފަދަ އަނިޔާއެއް ދީފައިވާ މުވައްޒަފަކާ މެދު ކަންބޮޑުވުމެއް ނެތް ކަމަށް ނިންމުމަކީ މިފަދަ ހާދިސާއެއް ތަކުރާރުވުމުގެ ފުރުސަތު ބޮޑުވާނެ ކަމެއް. މިފަދަ ހާދިސާއެއް ހިނގި ގޮތް އެންމެނަށް އެނގުމަކީ މުހިންމު ކަމެއް،" ބަޔާނުގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox