ޒުވާނުންނަށް މަސައްކަތް ދަސްކޮށްދޭން އެޗްޑީސީން 100 ފުރުސަތު ހުޅުވާލައިފި

ހުޅުމާލޭގައި ހުންނަ އެޗްޑީސީގެ ހެޑްއޮފީސް. ޒުވާނުންނަށް މަސައްކަތް ދަސްކުރަން އެޗްޑީސީން ވަނީ 100 ފުރުސަތު ހުޅުވާލާފައި.

ހުޅުމާލޭގައި ހުންނަ އެޗްޑީސީގެ ހެޑްއޮފީސް. ޒުވާނުންނަށް މަސައްކަތް ދަސްކުރަން އެޗްޑީސީން ވަނީ 100 ފުރުސަތު ހުޅުވާލާފައި.

ޒުވާނުންނަށް މަސައްކަތް ދަސްކޮށްދޭން ސަރުކާރުން ގެންގުޅޭ ސިޔާސަތާ އެއްގޮތަށް، އެޗްޑީސީން 100 ފަރާތަކަށް ފުރުސަތު ލިބޭ އެޕަރެންޓިޝިޕް ޕްރޮގްރާމެއް، 6،000.ރ ގެ އެލަވަންސަކާ އެކު ހުޅުވާލައިފި އެވެ.

އެޗްޑީސީން މިއަދު ބުނީ މިއަދު އިއުލާނު ކުރި މިއަހަރުގެ އެޕަރެންޓިޝިޕް ޕްރޮގްރާމްގައި އެކުންފުނީގެ ވަޒީފާގައި ނޫޅޭ 100 ފަރާތެއްގެ އިތުރުން އެކުންފުނީގައި މަސައްކަތް ކުރާ 30 ފަރާތެއް ވެސް ބައިވެރިކުރާނެ ކަމަށެވެ. އެ ޕްރޮގްރާމް ހިންގާނީ ރާއްޖޭގައި އެފަދަ ޕްރޮގްރާމްތަކުގެ ފެންވަރު ބަލާ އިދާރާ، މޯލްޑިވްސް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ވެސް އެކޯޕަރޭޝަނުން ބުންޏެވެ.

އެޗްޑީސީގެ އެޕަރެންޓިޝިޕް ޕްރޮގްރާމްގައި ބައިވެރިވެ މަސައްކަތް ދަސްކުރާ ޒުވާނުންނަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ނެޝަނަލް ލެވެލް03 ގެ ސަނަދެއް ދޭނެ އެވެ. އިކޮނޮމިކް މިނިސްޓްރީއާއި ޔޫތު މިނިސްޓްރީގެ އެއްބާރުލުމާއި އެކު ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި 10 ދާއިރާއަކުން މަސައްކަތް ދަސްކޮށްދޭނެ އެވެ. އަދި އެ ޕްރޮގްރާމްގައި ބައިވެރިވެ މަސައްކަތް ދަސްކުރާ ފަރާތްތަކަށް ފުރުސަތު އޮތް ވަރަކުން ވަޒީފާގެ ފުރުސަތުވެސް ދޭނެ ކަމަށް އެޗްޑީސީން ބުންޏެވެ. އެއީ ހަމަސްދުވަހުގެ ޕްރޮގްރާމެކެވެ.

މަސައްކަތް ދަސްކޮށްދޭ ދާއިރާތައް

  1. ހެވީ ވެހިކަލް އޮޕަރޭޓްކުރުން
  2. ވެލްޑިން
  3. ރޭނުމާއި ސިމެންތިޖެހުން
  4. ކަރަންޓް ވައިރުކުރުން
  5. ފެން ވައިރުކުރުން
  6. ވަޑާންކުރުން
  7. ރެފްރިޖަރޭޝަން އެންޑް އެއާކޮންޑިޝަނިން މެކޭނިކްސް
  8. އިމާރާތްކުރުމުގެ ސައިޓް ސުޕަވާއިޒްކުރުން
  9. އިމާރާތްތަކުގެ މެއިންޓެނެންސް ބެލެހެއްޓުން
  10. ގާޑެނިން

އެޗްޑީސީން ބުނިގޮތުގައި މިއަހަރުގެ އެޕަރެންޓިޝިޕް ޕްރޮގްރާމްގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން، އެ ޕްރޮގްރާމްގެ ޖާގައިގެ 20 ޕަސެންޓް ވަނީ އަންހެނުންނަށްް ހާއްސަކޮށްފަ އެވެ. ސަަރުކާރުން ފަށާފައިވާ މަސައްކަތްތެރި 3،000 ޒުވާނުން ބިނާކުރުމުގެ މަސައްކަތަށް އެކޯޕަރޭޝަނުން އެއްބާރުލުން ދޭނެ ކަމަށާއި ޒުވާނުން ބިނާކުރަން ގިނަގުނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox