ލަންކާގައި ދިރިއުޅޭ ދިވެހިން ސަމާލުވާން ފޮރިން މިނިސްޓްރީން އިލްތިމާސް ކޮށްފި

ސްރީލަންކާގެ ސިފައިން އެ ގައުމުގެ ވެރިރަށް ކޮލަމްބޯގެ މަގުތަކުގައި ހަރަކާތްތެރިވަނީ ---

ސްރީލަންކާގެ ސިފައިން އެ ގައުމުގެ ވެރިރަށް ކޮލަމްބޯގެ މަގުތަކުގައި ހަރަކާތްތެރިވަނީ ---

ސްރީލަންކާގެ ހާލަތު ގޯސްވެ ގިނަ ހިސާބުތަކުގައި ހަމަނުޖެހުން ހިނގަމުން ދިއުމާއި ގުޅިގެން އެގައުމުގައި ދިރިއުޅެމުން އަންނަ ދިވެހިން ސަމާލުވެ ތިބުމަށް ފޮރިން މިނިސްޓްރީން އިލްތިމާސް ކޮށްފި އެވެ.

މުޅި ސްރީލަންކާ ހިމެނޭ ގޮތަށް މިވަގުތު ސްރީލަންކާގައި ވަނީ ކާފިއު އިއުލާނު ކޮށްފަ އެވެ. އަދި، މިއަދު ސްރީލަންކާގެ ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

މިނިސްޓްރީން ވަނީ ލަންކާގައި ދިރިއުޅޭ ދިވެހިންނާއި ލަންކާއަށް ދަތުރުކުރާ ދިވެހިން އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ސަމާލުކަންދިނުމަށް އިލްތިމާސް ކޮށްފަ އެވެ.

ފޮރިން މިނިސްޓްރީން އިތުރަށް ބުނީ، އެގައުމުގައި ދިރިއުޅެމުންދާ މީހުންގެ ތެރެއިން ފަރާތަކަށް އިމަޖެންސީ ހާލަތެއް ދިމާވެއްޖެނަމަ، ހައިކޮމިޝަނުގެ ހޮޓްލައިން ނަމްބަރު 0768816666 އަށް ގުޅުއްވާ އެކަމަށް ވީ އެންމެ އަވަހަކަށް ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.

މިއަދު ހެނދުނު އޭއެފްޕީން ވަނީ ދަގަނޑު ހޮޅިބުރި އާއި ލަޓިބުރި ފަދަ ތަކެތި ބޭނުންކޮށްގެން ރައީސް އޮފީސް ބޭރުގައި ޓެންޓު ޖަހައިގެން ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރަމުންދިޔަ ރައްޔިތުންނަށް ގޮތަބަޔާގެ ސަޕޯޓަރުން ހަމަލާ ދީފައިވާ ކަމަށް ރިޕޯޓުކޮށްފަ އެވެ.

އެއަށްފަހު، ސަރުކާރަށް ތާއިދުކުރާ މީހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހަމަނުޖެހުންތައް އުފެދި ބައެއް ތަންތަނުގައި ވަނީ ހުޅުޖަހާފަ އެވެ. އޭގެ ތެރޭގައި ވެރިކަންކުރާ އެސްއެލްޕީޕީގެ މަޖިލިސް މެމްބަރުންގެ ގެތައް ހިމެނެ އެވެ. ކުރީގެ ކެބިނެޓު ވަޒީރުން ވެސް އޭގެ ތެރޭގައި ހިމެނޭއިރު އެމީހުން ދުއްވާ ވެހިކަލްތަކަށް ވެސް ވަނީ ގެއްލުން ދީފަ އެވެ.

މި ހަމަނުޖެހުންތައް ހުއްޓުވުމަށް ލަންކާގެ ފުލުހުން ކުރަމުންދާ މަސައްކަތަށް އެއްވެސް ވަރެއްގެ ކުރިއެރުމެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ. ކަރުނަ ގޭހާއި ޕްރެޝަރުގައި ފެން ޖަހައިގެން ވެސް މުޒާހަރާތައް މައިތިރި ނުކުރެވި ހަމަނުޖެހުންތަކަށް ވަނީ ބަދަލުވެފަ އެވެ.

މިހާތަނަށް މި ހަމަނުޖެހުންތަކުގައި 100 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. މަރުވި މީހުންގެ ޔަގީން އަދަދެއް މިހާތަނަށް ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox