ރަށު ނޯޓު: ފިނޭގެ އާބާދީ މަދުވި ގޮތާއި ދިރުން ލިބުން

ހދ. ފިނޭ: މާލެއާ 290 ކިލޯމީޓަރު ދުރުގައި އޮތް 118 ހެކްޓަރުގެ މި ރަށުގެ މައިގަނޑު އިގުތިސޯދީ ހަރަކާތަކީ ދަނޑިވެރިކަން. -- ފޮޓޯ: މުހައްމަދު ނަޒީހު/ އަދަދު

ހދ. ފިނޭ: މާލެއާ 290 ކިލޯމީޓަރު ދުރުގައި އޮތް 118 ހެކްޓަރުގެ މި ރަށުގެ މައިގަނޑު އިގުތިސޯދީ ހަރަކާތަކީ ދަނޑިވެރިކަން. -- ފޮޓޯ: މުހައްމަދު ނަޒީހު/ އަދަދު

ހދ. އަތޮޅު މެދުގައި އެކަހެރިކޮށް އޮތް 118 ހެކްޓަރުގެ ފިނޭގެ އާބާދީއާ ގުޅޭ ގޮތުން އިހުގެ ޒަމާންތަކެއްގައި ހިނގާފައިވާ ކަމަށް ބުނާ އާދަޔާ ހިލާފު ކަމެއްގެ ވާހަކަ ތުންތުން މަތިން ދެކެވެމުން އައިސްފައިވެ އެވެ. ކޮންމެ ހަތަރު އަހަރަކުން އެއްއަހަރު އެރަށުގައި ވިހާ ހުރިހާ ކުދިން، ހަތްރޭފެނުގައި މަރުވުމެވެ.

މި ވާހަކަ މި ގެނެސްދެނީ ފިނޭގެ މަޝްހޫރު ކަތީބު ކަލޭފާނުގެ މުނިކާފަ ދަރިއެއް ކަމުގައިވާ ފާރޫގު އަހުމަދު ލިޔުއްވާފައިވާ ގޮތަށެވެ. ކުދިން މަރުވުމުގެ މުސީބާތް ފެށުނު ކަމަށް ބުނެ އުޅެނީ މީގެ ޒަމާންތަކެއް ކުރިން އެރަށަށް ކަނޑުން އެއްޗެއް އެރި ހިސާބުންނެވެ. އޭރު ރަށުގެ ކަތީބަކީ ކަލޭފާނެ ވެ. އެ އެރި އެއްޗެއް ރަށު ތެރެއަށް އަރައިގެން އަންނަ ތަން ފެނި ރައްޔިތުން، ކަތީބު ކަލޭފާނަށް ދެންނެވި އެވެ. ކަތީބު ކަލޭފާނު ގެއިން ނުކުމެ ބަލާލިއިރު އޭތި ހުރީ އެއްގަމަށް އަރައިގެން އައިސް ވަރަށް ކައިރިވެފަ އެވެ. ކިޔެވުނު އެއްޗެއް އަޑުހަރުކޮށް ކިޔަވަމުން، އެ އެއްޗާ ދިމާއަށް ކޮނޑުގައި އޮތް ކަތީބުގެ ފޮށައި ހޫރަމުން، ބައެއް ފަހަރު ތަޅަމުން އުރަފަށަށް ގެންދިޔަ އެވެ. އެ އެއްޗެއް ގެނބެމުން ދިޔަ ވަގުތު "ހަތަރު އަހަރުން އެއް އަހަރު އަންނާނެމޭ" ބުނި އަޑު އިވުނު ކަމަށް ބުނެ އުޅެ އެވެ. އެއަށް ފަހު ކޮންމެ ހަތަރު އަހަރުން އެއް އަހަރު އެ ރަށުން ކުދިން މަރުވާ ކަމަށްވެ އެވެ.

ކަތީބު ކަލޭފާނު އުޅުނީ އަށާރަ ސަތޭކައިގެ އަހަރުތަކުގެ ކުރީކޮޅު އެވެ. ފާރޫގު ބައްޕަ، ފިނޭ އަލްޚަތީބު އަހުމަދު އިސްމާއީލް (ފިނޭގެ އަހުމަދު ކަތީބު) އުފަންވެފައި ވަނީ 1919 ގަ އެވެ. ފާރޫގު ވިދާޅުވި ގޮތުގައި ފިނޭގައި އިހުޒަމާނުގައި 40 ހަމަނުވެގެން ހުކުރު ނުކުރެވޭ ތަންވެސް އާދެއެވެ.

"ފިނޭގެ އާބާދީއަށް ހެޔޮ ބަދަލެއް އައީ، ދިމާމަގުގައި މިހާރު އެހުންނަ ކުރީގެ ހުކުރު މިސްކިތުގެ ބިންގާ އެޅުނު ހިސާބުންނެވެ. އެމިސްކިތުގެ ބިންގާ އެޅުނީ 1960 ގެ ކުރީކޮޅުގަ އެވެ. ބިންގާ އަޅުއްވައި ދެއްވީ، އޭރުގެ ފަނޑިޔާރު މަނިކުފާނު، ފަޟީލަތުއްޝައިޚުލް އުސްތާޛު މުޙައްމަދު ޖަމީލުދީދީއެވެ.،" ފާރޫގު އާފަތިސް ނޫހުގައި ލިޔުއްވާފައިވެ އެވެ.

ފިނޭގެ އަތިރިމަތީގައި ހުރި ބިޔަ ގަހެއްގެ ހިޔަލުގައި ހުރި ޖޯލިފަތިތަކެއްގައި ބަޔަކު އިށީނދެލައިގެން. -- ފޮޓޯ: މުހައްމަދު ނަޒީހު/އަދަދު
ފިނޭގެ އަތިރިމަތީގައި ހުރި ބިޔަ ގަހެއްގެ ހިޔަލުގައި ހުރި ޖޯލިފަތިތަކެއްގައި ބަޔަކު އިށީނދެލައިގެން. -- ފޮޓޯ: މުހައްމަދު ނަޒީހު/އަދަދު

ފިނޭގެ އަތިރިމަތީގައި ހުރި ބިޔަ ގަހެއްގެ ހިޔަލުގައި ހުރި ޖޯލިފަތިތަކެއްގައި ބަޔަކު އިށީނދެލައިގެން. -- ފޮޓޯ: މުހައްމަދު ނަޒީހު/އަދަދު

މީގެ 37 އަހަރު ކުރިން 1985 ގެ ބޯހިމެނުމަށް ބަލާއިރު ފިނޭގެ އާބާދީ އަކީ 261 މީހުންނެވެ. އެއީ 115 އަންހެނުންނާއި 146 ފިރިހެނުންނެވެ. މިހާރު އާބާދީއަކީ 703 އެވެ. ރަށުގައި ދިރިއުޅެނީ ގާތްގަނޑަކަށް 600 މީހުންނެވެ. ގިނަ ޒުވާނުން އުޅެނީ ރިސޯޓު ވަޒީފާތަކުގަ އެވެ.

ފިނެޔަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ ބީ-4 އެވެ. މާލެއާ 290 ކިލޯމީޓަރު ދުރުގައި އޮތް ދަނޑުވެރިކަމަށް މަޝްހޫރު މި ރަށުގައި 200 ގެ ހުރިއިރު 170 ގޭގައި މީހުން ދިރިއުޅެ އެވެ. އިގުތިސޯދީ މައިގަނޑު ހަރަކާތަކީ ދަނޑުވެރިކަމެވެ. ނިމިގެން ދިޔަ ރޯދަ މަހު ވެސް 86 ދަނޑެއްގައި މޭވާ އާއި ތަރުކާރީގެ ބާވަތް ހެއްދި އެވެ. ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރުމުގައި ތިން ކުންފުންޏަކުން ހަރަކާތްތެރިވާއިރު، ރަށުން އުފައްދާ ދަނޑުވެރިކަމުގެ ސާމާނު ގިނައިން ވިއްކަނީ ރިސޯޓްތަކެވެ.

އިގުތިސޯދީ އެހެން ހަރަކާތްތަކަށް ބަލާއިރު، ކަނޑުމަހުގެ މަސްވެރިކަން ނުކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ. ނަމަވެސް ހައެއްކަ ޑިންގީ އޮވެ އެވެ. ރަށުގައި ހުރީ ހަތަރު ފިހާރަ އާއި ދެ ކެފޭ އެވެ. ގެސްޓް ހައުސްއެއް ނެތެވެ. ނަމަވެސް އަލަށް އެކުލަވާލާ ބިނާވެށި ޕްލޭންގައި ރަށުގެ އަތިރިމަތިން ލޯކަލް ޓޫރިޒަމަށް ޒޯނެއް ހާއްސަކުރަން ނިންމާފައިވާ ކަމަށް ކައުންސިލްގެ އިދާރާއިން ބުނެ އެވެ.

ރަށުގެ ރައްޔިތުންގެ ތިޔާގި ދިރިއުޅުމާއި، ރަށުގެ އާންމު ހާލަތު ރަނގަޅުވުން ރައްޔިތުންނަށް ލިބިފައިވަނީ އުފާވެރި ދިރިއުޅުމެކެވެ.

"ރަށުގައި މާބޮޑު މައްސަލައެއް ނެތް" ކައުންސިލްގެ ރައީސް އަދުނާނު އަބްދުﷲ ވިދާޅުވި އެވެ.

އޭނާ އެހެން އެ ވިދާޅުވީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ބަނދަރު އޮތީ ހަދާފަ އެވެ. ސިއްހީ މަރުކަޒުގައި ޑޮކްޓަރުންނާއި ނަރުހުން ތިބެ، ދޭ ހިދުމަތް ރަނގަޅެވެ. ރަށު ސްކޫލުގައި ގްރޭޑް 10 އަށް ކިޔަވައިދެ އެވެ. ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް ނިމުމުން މިވަގުތަށް ހުރި ހުރިހާ ކަމެއް ހައްލުވީ ކަމަށް އަދުނާން ގަބޫލުކުރައްވަ އެވެ.

މި ރަށުގައި ހުރި 200 ގޭގެ ތެރެއިން މީހުން ދިރިއުޅެނީ 170 ގޭގައި. ގިނަ ޒުވާނުން އުޅެނީ ރިސޯޓް ވަޒީފާތަކުގައި. --ފޮޓޯ: މުހައްމަދު ނަޒީހު/އަދަދު
މި ރަށުގައި ހުރި 200 ގޭގެ ތެރެއިން މީހުން ދިރިއުޅެނީ 170 ގޭގައި. ގިނަ ޒުވާނުން އުޅެނީ ރިސޯޓް ވަޒީފާތަކުގައި. --ފޮޓޯ: މުހައްމަދު ނަޒީހު/އަދަދު

ފިނޭގައި ހުރި 200 ގޭގެ ތެރެއިން މީހުން ދިރިއުޅެނީ 170 ގޭގައި. ގިނަ ޒުވާނުން އުޅެނީ ރިސޯޓް ވަޒީފާތަކުގައި. --ފޮޓޯ: މުހައްމަދު ނަޒީހު/އަދަދު

މި ރަށުގެ ހިތްގައިމު މާހައުލާއި އިހުގެ ދިރިއުޅުން ތަޖުރިބާކޮށްލަން މާލެއިން ޒިޔާރަތްކުރަން ބޭނުންވާނަމަ، އެންމެ ފަސޭހަ ގޮތަކީ ހަނިމާދުއަށް ގޮސް، ލޯންޗެއްގައި ދިއުމެވެ. ހަނިމާދޫ އެއާޕޯޓާއި ފިނޭއާ ދެމެދު ދުރުމިނަކީ 12 ކިލޯމީޓަރެވެ. އުތުރު އަތޮޅުތަކުގައި ހައި ސްޕީޑް ފެރީގެ ހިދުމަތް މިހާރު ފަށާފައިވާއިރު އަތޮޅުގެ އެހެން ރަށްރަށުން އަދި ސަރަހައްދުގެ ރަށްރަށުން ވެސް ފިނޭއަށް ޒިޔާރަތްކުރުން ފަސޭހަ ވާނެ އެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox