ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ މުސާރަ ބޮޑުކުރުމުގެ ފަންނީ މަޝްވަރާތައް ނިންމާލައިފި

އައިޖީއެމްއެޗުގައި މަސައްކަތްކުރާ ނަރުހެއް: ސިއްހީ ދާއިރާގެ މުސާރަތައް ބޮޑުކުރުމުގެ މަސައްކަތް ކުރިޔަށްދާއިރު، ތައުލީމީ ދާއިރާގެ މަސައްކަތްތެރިންގެ މުސާރަތައް މިހާރު ވަނީ ބޮޑުކޮށްފަ. ފޮޓޯ: ފައިލް

އައިޖީއެމްއެޗުގައި މަސައްކަތްކުރާ ނަރުހެއް: ސިއްހީ ދާއިރާގެ މުސާރަތައް ބޮޑުކުރުމުގެ މަސައްކަތް ކުރިޔަށްދާއިރު، ތައުލީމީ ދާއިރާގެ މަސައްކަތްތެރިންގެ މުސާރަތައް މިހާރު ވަނީ ބޮޑުކޮށްފަ. ފޮޓޯ: ފައިލް

ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސް، މުސާރަތައް ބޮޑުކުރުމުގެ ފަންނީ މަޝްވަރާތަައް ނެޝަނަލް ޕޭ ކޮމިޝަނުން ނިންމާލައިފި އެވެ.

ނެޝަނަލް ޕޭ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް "އަދަދު" އަށް ވިދާޅުވީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ މުސާރަތައް ބޮޑުކުރުމަށް އެ ދާއިރާގެ ފަންނީ ފަރާތްތަކާއެކު ކުރިޔަށްގެންދިޔަ މަޝްވަރާތައް ނިމުމަކަށް އައިސްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި އެކި ޖަމިއްޔާތަކާއި އެސޯސިއޭޝަންތަކާއެކު ޕޭ ކޮމިޝަނުން ބައްދަލުކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

"ދެން އޮންނާނީ ޖޮބް މެޓްރިކްސްގެ ކަންކަން ނިންމުން. އެއީ އަނެއްހެން ބުނަންޏާ އޮނިގަނޑު. ދެން އޭގެ އިތުރުން ބަޖެޓް ކަނޑައެޅުމުގެ މަސައްކަތް ވެސް ފިނޭންސް މިނިސްޓްރީން ކުރާނެ،" ފައިޒަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަދިވެސް ޕޭ ކޮމިޝަނުގެ ފަޅިން ކުރަން ހުރި ބައެއް މަސައްކަތްތައް އެބަ ހުރި ކަމަށެވެ. އޭގެ ތެރޭގައި ފަންނީ ފަރާތްތަކުގެ ކިބައިން ލިބުނު ލަފާ އަދި ހުށަހެޅުންތައް ދިރާސާކޮށް ހިމެނުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މަސައްކަތްތައް ނިމުމުން އެ އޮނިގަނޑު ފާސްކޮށް، އިއުލާންކޮށް އަދި ތަންފީޒުކުރުމަށް ފޮނުވާނެ ކަމަށެވެ. ނަމަވެސް އަދި އެ މަސައްކަތް ނިމޭނެ ވަކި ދުވަހެއް ޑރ. ފައިޒަލް ވިދާޅެއް ނުވެ އެވެ. އަދި މުސާރައަށް އަންނާނެ ބަދަލުތަކުގެ ތަފްސީލެއް ވެސް އަދި ނިމިފައި ނުވާތީވެ އެކަން ހާމައެއް ނުކުރައްވަ އެވެ.

ހެލްތު މިނިސްޓްރީން ވަނީ ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ މުސާރައިގެ އޮނިގަނޑަށް ގެންނަ ބަދަލުތަކުގެ ހުށަހެޅުންތަކެއް މިދިޔަ އަހަރު ތެރޭ ފިނޭންސް މިނިސްޓްރީއަށް ފޮނުވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox