ރަށު ނޯޓު: ފެންކުޅި ނުހުއްޓުނު ގާދިއްފުށި

ގާދިއްފުށި: މި އަހަރުގެ ފެބްރުއަރީ ނިޔަލަށް މި ރަށުގެ އާބާދީއަކީ ޖުމުލަ 742 މީހުން. އެއީ 370 އަންހެން އަދި 372 ފިރިހެނުން --ފޮޓޯ: ފައިޒާން ފާއިޒު

ގާދިއްފުށި: މި އަހަރުގެ ފެބްރުއަރީ ނިޔަލަށް މި ރަށުގެ އާބާދީއަކީ ޖުމުލަ 742 މީހުން. އެއީ 370 އަންހެން އަދި 372 ފިރިހެނުން --ފޮޓޯ: ފައިޒާން ފާއިޒު

ޒަމާނާއެކު ފުރޮޅެމުން އައި މާ ހާއްސަ ވާހަކައެއް ގާދިއްފުށްޓާބެހޭ ގޮތުން ނެތެވެ. އެ ރަށުގެ މައުލޫމާތު ހޯދަން ސުވާލުކުރުމުން "މިއީ ފެންކުޅި ނުހުއްޓުނު ގާދިއްފުށި" ކަމަށް މީހުން ބުނެ އެވެ.

ފެންކުޅިއަކީ ރާއްޖޭގެ ވަކި ހިސާބަކަށް، ވަކި ރަށަކަށް ހާއްސަ ސަގާފީ ކުޅިވަރެއް ނޫނެވެ. ކޮންމެ ރަށެއްގެ ހުރިހާ އުމުރުފުރައެއްގެ މީހުން ބައިވެރިވެ މަޖާ ނަގާ ކުޅިވަރެކެވެ. ރާއްޖެއަށް މި ކުޅިވަރު ތައާރަފުވެ، ތާރީހު ފެށުނު ގޮތާއި ދުވަސްވަރެއް އެނގެން ނެތަސް، އެންމެ އިހުން ފެށިގެން ވެސް މިކަމެއް ކުރަމުން އަ އެވެ. ކުރިން ފެން ކުޅެނީ މި ޒަމާނުގައި މި ފެންނަ ގޮތަކަށް ނޫނެވެ. އަދި ކުޑައީދަށް ވެސް ހާއްސަ ކުޅިވަރެއް ނޫނެވެ. ކުރީ ޒަމާނުގައި ފެން ކުޅެން، ނުވަތަ ފެންޖެހުމަށް ބޭނުންކުރާ ފުޅިން ފިތާލައިގެން ދުއްވާލާ ފެންފޮދަކުން، ނުވަތަ ޖަގަކުން، ތެއްޔަކުން ނުވަތަ އެހެން ކަންވާރަކުން ބުރުވާލާ ފެން އެއްޗަކުން ހިތް ފުރޭ ވަރަށް ތެއްމައިނުލެވިގެން، ބައެއް ފަހަރު މީހުން މޫދަށް، ނުވަތަ ވަޅަށް ލަ އެވެ. ގާދިއްފުށީގައި މި ދަރަޖަ އަށް ފެންކުޅީގެ ފޯރި ގޮސް، އެންމެ ފަހުން ވިހަވީ އެވެ. ނުވެސް ހުއްޓުނެވެ. މިކަމެއް ހިނގާފައިވާ ވަކި ދުވަސްވަރެއް އެނގެން ނެތަސް އެ ރަށުގެ މީހުން ބުނާ ގޮތުން ނުހުއްޓުނު ފެންކުޅި ހުއްޓުވަން މާލެއިން ވެސް މީހުން އައެވެ.

ހައްދޫ ކަނޑުގެ އަނގަ މައްޗަށް އޮތް ބިޔަ ތ. އަތޮޅުގެ ކުޑަކުޑަ މި ރަށަކީ އާބާދީ ގޮތުން ވެސް ކުޑަ ރަށެކެވެ. އެންމެ 13.4 ހެކްޓަރުގެ ގާދިއްފުއްޓަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ އެން-9 އެވެ. ރަށްރަށަށް އާންމުކޮށް ނަންބަރު ދީފައި ވަނީ މީހުން ދިރިއުޅޭ ރަށުގެ ތަރުތީބުންނެވެ. ތ. އަތޮޅުގައި ބުރުންޏަކީ އެން-1 އެވެ. އެ ތަރުތީބުން ގާދިއްފުއްޓަކީ ހަ ވަނަ ރަށެވެ. ނަމަވެސް، އެ ރަށަށް އެން-9 ދެވުނު ގޮތެއް ނޭނގެ އެވެ.

Advertisement

ބޯހިމެނުމަށް ބަލާއިރު، 1985 ވަނަ އަހަރު ގާދިއްފުށީގައި 156 އަންހެނުންނާއި 144 ފިރިހެނުންނާއެކު ޖުމުލަ 300 މީހުންގެ އާބާދީއެއް އޮތެވެ. ރާއްޖޭގެ ބައެއް އެހެން ރަށްރަށެކޭ އެއްފަދައިން އާބާދީ ކުރިއަރާ ނިސްބަތް މި ރަށުގައި ވެސް ހުރީ ދަށުގައިކަން 2017 ގެ ބޯހިމެނުމުން އެނގެ އެވެ. އާބާދީ ދެގުނަވީ ބައްތިރީސް އަހަރުންނެވެ. ދެހާސް ސަތާރައިގައި މި ރަށުގެ އާބާދީއަކީ 356 އަންހެނުންނާއި 341 ފިރިހެނުންނާއެކު ޖުމުލަ 697 މީހުންނެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް އާބާދީއަކީ ޖުމުލަ 742 އެވެ. އެއީ 370 އަންހެނުން އަދި، 372 ފިރިހެނުންނެވެ.

ގާދިއްފުށީ މީހަކު ފަންގި ވިންނަނީ
ގާދިއްފުށީ މީހަކު ފަންގި ވިންނަނީ

ގާދިއްފުށީ މީހަކު ފަންގި ވިންނަނީ - ފޮޓޯ: ފައިޒާން ފާއިޒު / އިންސްޓަގްރާމް

ތ. އަތޮޅުގައި އެންމެ އާބާދީ ބޮޑު ދެ ރަށުގެ މެދުގައި އޮތް ގާދިއްފުށީގައި އާންމުކޮށް ކޮށްއުޅޭ މަސައްކަތްތަކަކީ ފަންގިވިނުމާއި ހުއިފިލަނޑާ ނެގުމެވެ. ކަނޑުމަހުގެ މަސްވެރިކަމެއް ނުކުރެ އެވެ. އާމްދަނީ ލިބޭ މައިގަނޑު މަސައްކަތަކީ ސަރުކާރުގެ ވަޒީފާތަކެވެ. ރަށުގެ 95 ޕަސެންޓް މީހުން މަސައްކަތް ކުރަނީ ސަރުކާރުގެ ވަޒީފާ ތަކުގަ އެވެ.

އާންމު ވިޔަފާރިކުރާ އަށް ފިހާރަ އާއި ތިން ރެސްޓޯރެންޓާއި ދެ ގަރާޖު އެބަ ހުއްޓެވެ. އަދި ގެސްޓްހައުސްއެއް ހިންގަމުން އެބަދެ އެވެ. މިރަށުގައި ހުޅުވާފައިވާ ހަ ކޮޓަރީގެ "ބަނބުކެޔޮ ވިލާ" އަކީ ތ. އަތޮޅުގައި ވެސް ހުޅުވި ފުރަތަމަ ގެސްޓް ހައުސް އެވެ.

ރަށަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަ (ފެނާއި ނަރުދަމާގެ މައްސަލަ) އަށް ވަރަށް އަވަހަށް ހައްލު އަންނާނެ އެވެ. އެ ދެ މަޝްރޫއުގެ މަސައްކަތް މިހާރު ހިންގަމުންދެ އެވެ. ގިރާ ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި، ރިވެޓްމަންޓުގެ މަސައްކަތް ކުރިއަށް ދެ އެވެ.

މި ލިޔުމާއެކު ގާދިއްފުށްޓާ ގުޅޭ ހާއްސަ ވާހަކައެއްގެ ގޮތުގައި، ފެންކުޅީގެ ވާހަކަ ދައްކާނެ އެވެ. އޭގެ އިތުރަށް ރަށުގެ ރީތިކަމުގެ ވާހަކަ ވެސް ދައްކާލަންޖެހެ އެވެ. ރަށުގެ ތުނޑި އާއި ފަޅުތެރޭގައި ބަރިބަރިއަށް އެތުރިފައި އެވާ ދޮންވެލި ފިނޮޅުތަކަކީ އެހެން ސަރަހައްދަކުން ނުފެންނާނެހާ ރީތި ފިނޮޅުތަކެކެވެ. ރަށުގެ ވަށައިގެން ހެދިފައިވާ ރުއް ގަހުން މަލަމަތި ނަލަވެ ޗާލެވެ. ހިތްގައިމެވެ. ރަށް ކިތަންމެ ކުޑަވެ، މީހުން މަދުވިޔަސް ދިރިއުޅެނީ ވެސް ހީވާގި ބަޔެކެވެ. ހިތްހެޔޮ ރައްޔިތެކެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox