ވިޔަފާރި ގިންތި ކުރަން އާމްދަނީ، ފައިދާގެ މިންގަނޑަށް ބަދަލު ގެންނަން ފާސްކޮށްފި

މާލޭގައި އެންމެ ގިނަ ފިހާރަތައް ހުންނަ މަޖީދީމަގުގައި ބާރުބޮޑު ވަގުތެއް. -ފައިލް ފޮޓޯ: އަދަދު

މާލޭގައި އެންމެ ގިނަ ފިހާރަތައް ހުންނަ މަޖީދީމަގުގައި ބާރުބޮޑު ވަގުތެއް. -ފައިލް ފޮޓޯ: އަދަދު

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތައް ގިންތި ކުރުމުގައި ބަލާ މިންގަނޑަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު އިސްލާހުކުރަން ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ހުށަހެޅުއްވި ބިލު ދިރާސާކުރި މަޖިލީހުގެ އިގުތިސޯދީ ކޮމިޓީން ވަނީ މުހިންމު ބަދަލުތަކެއް އެ ބިލަށް ގެނެސްފަ އެވެ.

މިގޮތުން، އެންމެ ބޮޑު ބަދަލެއް ގެނެސްފައިވަނީ ވިޔަފާރިތައް ގިންތި ކުރުމުގައި މިހާރު ގާނޫނުގައި ބަޔާންކޮށްފައިވާ މިންގަނޑަށެވެ.

ގާނޫނުގެ ދަށުން ވިޔަފާރިތައް ގިންތި ކުރަނީ މުވައްޒަފުންގެ އަދަދާއި، ޖުމްލަ އާމްދަނީގެ އިތުރުން ސާފު ފާދައިގެ މިންވަރަށް ބަލައިގެންނެވެ.

އެންމެ ކުދި ވިޔަފާރި ގާނޫނުގައި ގިންތިކުރާ މިންގަނޑު

މުވައްޒަފުންގެ އަދަދު - 5-0

  • ޓޯޓަލް ރެވެނިޔު - 500،000ރ.
  • ނެޓް ޕްރޮފިޓް - 75،000ރ.

ކުދި ވިޔަފާރި ގިންތިކުރާ މިންގަނޑު

މުވައްޒަފުންގެ އަދަދު - 30-6

  • ޓޯޓަލް ރެވެނިޔު - 500،000ރ. - 5،000،000ރ.
  • ނެޓް ޕްރޮފިޓް - 75،000ރ. - 750،000ރ.

މެދު ވިޔަފާރި ގިންތިކުރާ މިންގަނޑު

މުވައްޒަފުންގެ އަދަދު - 100-31

  • ޓޯޓަލް ރެވެނިޔު - 5،000،000ރ. - 20،000،000ރ.
  • ނެޓް ޕްރޮފިޓް - 750،000ރ. - 3،000،000ރ.

މި ގިންތިކުރުން ބަދަލުކޮށް މިއަދު ފާސްކުރި ބިލު ގާނޫނަކަށް ބަދަލުވުމުން ކުދި ވިޔަފާރިއެއްގެ ބަލާނީ ޖުމްލަ އާމްދަނީ 1،000،000ރ އާ ހަމައަށް ލިބި، ސާފު ފައިދާ އަށް 250،000ރ. ލިބޭ ވިޔަފާރި ތަކެވެ.

ކުދި ވިޔަފާރިތަކުގެ ގޮތުގައި ގިންތިކުރަން ބަލާނީ ޖުމްލަ އާމްދަނީ 1،000،001ރ. އިން ފެށިގެން 10،000،000ރ. ދެމެދުން ލިބި، ސާފު ފައިދާ 250،001ރ. އިން 2،500،000ރ. ދެމެދު ލިބޭ ވިޔަފާރިތަކެވެ.

އޭގެ އިތުރުން މެދު ވިޔަފާރިއެއްގެ ގޮތުގައި ދެން ގިންތި ކުރެވޭނީ 10،000،001ރ. އާ 30،000،000ރ. ދެމެދުގެ ޖުމްލަ އާމްދަނީއެއް އަދި 2،500،001ރ. އާ 5،000،000ރ. އާ ދެމެދުގެ ސާފު ފައިދާއެއް ލިބޭނަމަ އެވެ.

ވިޔަފާރި ގިންތި ކުރުމުގެ މިންގަނޑު ބަދަލުކުރަން ޖެހުނު ސަބަބެއް ކަމަށް ކޮމިޓީން ބުނެފައިވަނީ ވަރަށް ކުޑަ އާމްދަނީ އެއް ލިބޭ ވިޔަފާރިއަކަށް ވެސް އާމްދަނީއަށް އަންނަ ކުޑަ ބަދަލެއްގެ ސަބަބުން ވިޔަފާރީގެ ގިންތި ބަދަލުވާތީ ކަމަށެވެ.

މިގޮތުން، ޓެކުހާއި އެންމެ ކުޑަމިނުންދޭ އުޖޫރަ ފަދަ ކަންކަން ވިޔަފާރީގެ ގިންތިއާ ގުޅިފައި އޮންނާތީ، އާމްދަނީއަށް އަންނަ ކުޑަ ފަރަގެއްގެ ސަބަބުން ގިންތި ބަދަލުވާ ގޮތަށް އޮތުމުގެ ކަންބޮޑުވުން ވިޔަފާރިތަކުގެ އިތުރުން ކަމާގުޅޭ އިދާރާތަކުން ވެސް ފާހަގަކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

މި ބަދަލާ ގުޅިގެން ގާނޫނުގެ އެހެން ބައެއް މާއްދާތައް އަންނަ ކުދި ބަދަލުތައް ވެސް ކޮމިޓީން ގެނެސްފައިވާއިރު، މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ އިސްލާހުތައް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox