ބާ އިމްތިހާނަށް ރަޖިސްޓްރީވުމަށް އިތުރު ފުރުސަތެއް

ބާ ކައުންސިލްގެ ރަައީސް މައުމޫން ހަމީދު: ބާ ކައުންސިލުން ވަނީ މިދިޔަ އަހަރު ވަގުތީ ލައިސަންސް ދޫކުރި ފަރާތްތަކުން މި އަހަރުގެ ބާ އިމްތިހާނުގައި ބައިވެރިވުމަށް ބާރު އަޅައިފަ. ފޮޓޯ: އަދަދު ފައިލް

ބާ ކައުންސިލްގެ ރަައީސް މައުމޫން ހަމީދު: ބާ ކައުންސިލުން ވަނީ މިދިޔަ އަހަރު ވަގުތީ ލައިސަންސް ދޫކުރި ފަރާތްތަކުން މި އަހަރުގެ ބާ އިމްތިހާނުގައި ބައިވެރިވުމަށް ބާރު އަޅައިފަ. ފޮޓޯ: އަދަދު ފައިލް

މަގުބޫލު ހާލަތެއް މެދުވެރިވެގެން މި އަހަރު ބާއްވަން ހަމަޖެހިފައިވާ ބާ އިމްތިހާނަށް ރެޖިސްޓާ ނުކުރެވުނު ފަރާތްތަކަށް ރެޖިސްޓާާކުރަން ފަހު ފުރުސަތު މޯލްޑިވްސް ބާ ކައުންސިލުން ހުޅުވާލައިފި އެވެ.

ބާ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ އަންނަ ޖޫން މަހުގެ 25 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ބާ އިމްތިހާނަށް ރެޖިސްޓާ ކުރަން ވަގުތު ހަމަވިއިރު، މަގުބޫލު ސަބަބަކާހުރެ ރެޖިސްޓާ ނުކުރެވުނު ފަރާތްތަކަށް އިތުރު ފުރުސަތެއް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

އެފަދަ ހާލަތެއް މެދުވެރިވި ފަރާތްތަކުން އަންނަ ބުދަ ދުވަހުގެ 12:00 ގެ ކުރިން ބާ ކައުންސިލްގެ ރެޖިސްޓްރޭޝަން ލިންކް މެދުވެރިކޮށް ރެޖިސްޓާކުރަން އެ ކައުންސިލުން ވަނީ އިރުޝާދު ދީފަ އެވެ.

ބާ އިމްތިހާނުގައި ބައިވެރިވޭނީ ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށް ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކަށެވެ. ބާ ކައުންސިލުން ބުނީ އިމްތިހާނަށް ރެޖިސްޓްރީވެވުނު ކަމަށް ބަލާނީ އިމްތިހާނުގެ ކެންޑިޑެޓް ނަމްބަރު އެ ކެންޑިޑޭޓަކަށް ލިބުމުންނެވެ.

ބާ ކައުންސިލުން އިތުރަށް ބުނީ މިދިޔަ އަހަރު އެ ކައުންސިލުން ގާނޫނީ ވަކީލުންނަށް ދޫކުރި ވަގުތީ ލައިސަންސް، މިފަހަރުގެ ބާ އިމްތިހާނުގައި ބައިވެރިނުވާނަމަ ހިފެހެއްޓޭނެ ކަމަށެވެ.

އެހެންކަމުން އެ ވަގުތީ ލައިސަންސް އޮތް ފަރާތްތަކުން މިފަހަރުގެ ބާ އިމްތިހާނުގައި ބައިވެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ ކައުންސިލުން އެދެ އެވެ.

މިދިޔަ އަހަރު ވަގުތީ ލައިސަންސް ދޫކުރީ، އޭރު ބާ އިމްތިހާނުގެ ތައްޔާރީތައް ނިމިފައިނުވާތީވެ، އެ އަހަރު ގްރެޖުއޭޓްވި ގާނޫނީ ފަންނުގެ ދަރިވަރުންނަށެވެ.

ބާ އިމްތިހާނުގައި ބައިވެރިވުމަށް މި އަހަރު 10،000ރ. ގެ ފީ އެއް ނަގަން ބާ ކައުންސިލުން ނިންމާފައިވާއިރު، އަންނަ އަހަރުން ފެށިގެން 20،000ރ. ގެ ފީއެއް ނަގަން އެ ކައުންސިލުން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox